ވީ.އޭ.އެމް އިންޓަރ ކޮލެޖް / ޔުނިވަރސިޓީ ވޮލީ ބޯޅަ މުބާރާތުގައި ބައިވެރިވާ އެމް.އެން.ޔޫ ވޮލީ ޓީމުތަކުގެ ފަރިތަކުރުންތައް ބާއްވާ ގަޑިތަކަށް ބަދަލު އަތުވެއްޖެއެވެ.
މިހާރު ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
އަންހެން ޓީމު: 2019 ފެބުރުވަރީ 15، 16 އަދި 17 ވަނަ ދުވަހުގެ ރޭގަނޑު 07.00 ން 08.30 އަށް
ފިރިހެން ޓީމު: 2019 ފެބުރުވަރީ 15، 16 އަދި 17 ވަނަ ދުވަހުގެ ރޭގަނޑު 08.30 ން 10.00 އަށް
ޕްރެކްޓިސްތައް އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެފް.އީ ޕީ.އީ ހޯލުގައެވެ. (ބީ-ބްލޮކް)
ޕްރެކްޓިސްތަކުގައި އެމް.އެން.ޔޫގެ ކޯހެއްގައި މި ފެށޭ ޓާރމުގައި (ޓާރމް 1 – 2019) އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.
ލިޔުނީ:
މުޙައްމަދު ޝާން ޢާމިރު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ