ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2019“ ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ، އެމް.އެން.ޔޫގެ ފެކަލްޓީ/ސެންޓަރ/ކެމްޕަސްތަކަށެވެ. ޓީމަށް ބައިވެރިވެވޭނީ އެ ފެކަލްޓީ/ކެމްޕަސް/ސެންޓަރއެއްގައި ޤާއިމުކުރެވިފައިވާ އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފީގެ ހިންގާ ކޮމިޓީގެ ފަރާތުންނެވެ.
މުބާރާތުގެ ހިންގާ ކޮމިޓީގައި ހިމެނެނީ:
- އަލްފާޟިލް ޙަސަން ޝާހު (ރައީސް)
- އަލްފާޟިލް ޙުސައިން ޢަލީ (ނައިބު ރައީސް)
- އަލްފާޟިލް ޚާލިދު މުޙައްމަދު
- އަލްފާޟިލް މުޙައްމަދު ޝާން ޢާމިރު އެވެ.
މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 22 – 27 އޭޕްރީލް 2019 އާ ދެމެދެވެ. މުބާރާތުގައި ބައިވެރިވުމުގެ ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ 11 އޭޕްރީލް 2019ވާ ބުރާސްފަތި ދުވަހުގެ ހަވީރު 06.00 އެވެ. ޓީމު ލިސްޓު ހުށަހެޅުމުގެ ސުންގަޑި އަކީ 18 އޭޕްރީލް 2019ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02.00 އެވެ. ފޯމުތައް ހުށަހަޅާނީ އެމް.އެން.ޔޫ.އެސް.ޔޫ އޮފީހަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (އަމަލީ) ޙަސަން ޝާހު (9566766)އަށް، ނުވަތަ އެމް.އެން.ޔޫ.އެސް.ޔޫގެ ރަސްމީ ނަންބަރ (7973377)އަށް ގުޅުއްވުން އެދެމެވެ.
މި މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމު، ޓީމް ލިސްޓް ފޯމު އަދި ޤަވާއިދު އެމް.އެން.ޔޫ.އެސް.ޔޫ ވެބްސައިޓްގެ ޑައުންލޯޑްސް ޕޭޖުން ލިބެން ހުންނާނެއެވެ.
ލިޔުނީ: މުޙައްމަދު ޝާން ޢާމިރު
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ