1440 ވަނަ އަހަރުގެ ރަމަޟާންމަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފަރާތުން އިންތިޒާމްކޮށްގެން، ތަފާތު 3 މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އެގޮތުން، ”އެމް.އެން.ޔޫ.އެސް.ޔޫ ދީނީ ސުވާލު މުބާރާތް 2019″ގެ ނަމުގައި ބޭއްވޭ ސުވާލު މުބާރާތް ކުރިއަށް ދާނީ ކޮންމެ ހަފްތާއަކުވެސް 3 ސުވާލުގެ ޕޯސްޓެއް އެމް.އެން.ޔޫ.އެސް.ޔޫގެ ފޭސްބުކް ޕޭޖުގައި ޝާއިޢު ކުރެވިގެންނެވެ. މި މުބާރާތް އެންމެ ފުރަތަމަ ކުރިއަށް ގެންދެވުނީ 2018 ވަނަ އަހަރުކަމަށްވާއިރު، މިއީ މި މުބާރާތް ބޭއްވޭ 2 ވަނަ ފަހަރެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މި މުބާރާތަކީ ޢާންމުންނަށް ހުޅުވާލައިގެން ބޭއްވޭ މުބާރާތެކެވެ.
ދެން ކުރިއަށްދާނީ، އެމް.އެން.ޔޫ.އެސް.ޔޫ އާއި އެ ޖަމިއްޔާގެ ގޮތްޕެއްކަމަށްވާ ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސް.އެސް.އެލް) ގުޅިގެން ބޭއްވުމަށް ނިންމާފައިވާ ”އެމް.އެން.ޔޫ.އެސް.ޔޫ އެސް.އެސް.އެލް އިންޓަރ ފެކަލްޓީ ޤުރުއާން މުބާރާތް 2019“ އަދި ”އެމް.އެން.ޔޫ.އެސް.ޔޫ އެސް.އެސް.އެލް އިންޓަރ ފެކަލްޓީ މަދަޙަ މުބާރާތް 2019“ އެވެ. މިގޮތުން ބަލާއިރު، މިއީ ޤުރުއާން މުބާރާތް ބޭއްވޭ 4 ވަނަ ފަހަރުކަމަށްވާއިރު، މަދަޙަ މުބާރާތް ބޭއްވޭ 2 ވަނަ ފަހަރެވެ. މި 2 މުބާރާތް ވެސް ކުރިއަށް ދާނީ މެއި 17 އަދި 18 ވަނަ ދުވަހެވެ. މި 2 މުބާރާތުގައިވެސް ބައިވެރިވުމަށް އެދޭ ދަރިވަރުން ޖެހޭނީ މި ލިންކުގައިވާ ފޯމު ފުރާލާށެވެ. މުބާރާތްތަކާބެހޭ އިތުރު މަޢުލޫމާތު އެ ފޯމުން ލިބިވަޑައިގަންނަވާނެއެވެ.
ލިޔުނީ: މުޙައްމަދު ޝާން ޢާމިރު
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ