އެމްޑަބްލިއުއެސްސީ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2019 ގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ފެކަލްޓި އޮފް އެޑިއުޭޝަނުގެ ޓީމު ކަށަވަރު ކޮށްފިއެވެ.
ސެޕްޓެމްބަރު 20 ވަނަ ދުވަހުގެރޭ 20:00 ގައި ޓީމު ނުކުންނާނީ ސްކޫލް އޮފް ނާސިންގއާ ދެކޮޅަށެވެ.


ޓީމުގެ ކޯޗު ފާހަގަ ކުރެއްވި ގޮތުގައި މެޗަށް ޓީމު ނުކުންނާނީ ފައިނަލް މެޗެއް ކަމަށް ދެކި ސެމީގެ ޖާގައެއް ކަށަވަރު ކުރުމަށެވެ.


ފުޓްސަލް ފިއެސްޓާގައި މިއަހަރު ފެކަލްޓީ އޮފް އެޑިއުކޭޝަނުން ބައިވެރިވީ އަންހެން ޑިވިޟަންގައި އެކަނިއެވެ. ކުއާޓަރ ފައިނަލަށް ޓީމު ދަތުރުކުރީ ގުރޫޕްގެ ދެވަނައިގައި އޮވެގެންނެވެ.


ގުރޫޕުގައި ދެން ކުޅުނީ ވިލާ ކޮލެޖާއި އެމްއެންޔޫ ފެކަލްޓީ އޮފް އާރޓްސްގެ ޓީމެވެ. ގުރޫޕުގެ އެއްވަނައިގައި އޮތީ ވިލާ ކޮލެޖެވެ.
ލިޔުނީ: އިބްރާހީމް ޢުމަރު،
މީޑިއާ ކޯޑިނޭޓަރ، ފެސާ، އެމް.އެން.ޔޫ.އެސް.ޔޫ