Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް ފުޓްސަލް ފިއެސްޓާ

ފެސްޓު، އެފް.އެޗް.ޓީ.އެސް އަދި ކްލިކަށް ރަނގަޅު ފެށުމެއް

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2022-10-08
in ފުޓްސަލް ފިއެސްޓާ, ހަރަކާތް, ޚަބަރު
ފެސްޓު، އެފް.އެޗް.ޓީ.އެސް އަދި ކްލިކަށް ރަނގަޅު ފެށުމެއް

ލެކްނޯ އެމް.އެމް.ޔޫ.އެސް.ޔޫ ފުޓްސެލް ފިއެސްޓާ 2022 ގެ ފިރިހެން ޑިވިޝަނުގައި ކުޅުނު މެޗުތައް ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސަސް އެންޑް ޓެކްނޮލޮޖީ (ފެސްޓު)، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) އަދި ކްލިކް ކޮލެޖުން ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ހުކުރު ދުވަހުގެރޭ ފިރިހެން ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ މައްޗަށް ފެސްޓުން ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެސްޓުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝުޖާއުއެވެ.

އެފް.އެޗް.އެސް އާއި ފެސްޓު ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މީގެ އިތުރުން ހުކުރު ދުވަހުގެރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ ދެވަނަ މެޗުގައި ސްކޫލް އޮފް ނާސިންގ (އެސް.އެން)ގެ މައްޗަށް އެފް.އެޗް.ޓީ.އެސް އިން ކުރިހޯދީ 5-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 12 ވަނަ މިނެޓުގައި އެފް.އެޗް.ޓީ.އެސް އިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އުލްވާންއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެސް.އެން އިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނޫރު ޔޫސުފްއެވެ.

ދެވަނަ ހާފުގައި އެފް.އެޗް.ޓީ.އެސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި އުލްވާން ވަނީ އިތުރު ލަނޑެއް ޖަހައި އެފް.އެޗް.ޓީ.އެސްއަށް އަލުން ލީޑު ނަގައިދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން އަޙްމަދު އީވާން މުޙައްމަދު ވަނީ ލަނޑު ޖަހާ ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ އެއް މިނެޓު ފަހުން އަޙްމަދު ހުނައިފް ވަނީ އެފް.އެޗް.ޓީ.އެސް ގެ ހަތަރުވަނަ ލަނޑު ޖަހައިފައެވެ. މި މެޗުގައި އެފް.އެޗް.ޓީ.އެސް އިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އީވާންއެވެ.

އެފް.އެޗް.ޓީ.އެސް އާއި އެސް.އެން ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

ފިރިހެން ޑިވިޝަނުގެ ތިންވަނަ މެޗުގައި ފަހަތުން އަރައި ފެކަލްޓީ އޮފް އާޓްސް (އެފް.އޭ)ގެ މައްޗަށް ކްލިކް ކޮލެޖުން ކުރިހޯދީ 5-1 ގެ ނަތީޖާއަކުންނެވެ.

 

މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން އެފް.އޭ ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ އާލިމް އަބްދުލް ލަތީފްއެވެ.

އެކަމަކު ކްލިކުން ވަނީ ދެވަނަ ހާފުގައި މޮޅަށްކުޅެ އެފް.އޭ ކޮޅަށް ފަސް ލަނޑު ޖަހައިފައެވެ.

މި މެޗުގައި ކްލިކްގެ މުޙައްމަދު ސާމިން ހެޓްރިކް ހެދިއިރު، ކްލިކްގެ އަނެއް ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަޙްމަދު މަޙްފޫޒް މުޙައްމަދާއި، ހުސެއިން ރާއިފް އަޙްމަދެވެ.

ކްލިކް ކޮލެޖާއި އެފް.އޭ ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ އެމް.ޔޫ ސްޓޯރުން އެތެރެކުރާ ”ލެކްނޯ“ ބްރޭންޑެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ ޤައުމީ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔަ ހޯލްޑިންގްސް އެވެ. ސަޕޯޓިންގ ޕާޓްނަރުންނަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، މެންހަޓަން ބިޒްނަސް ހޮޓެލް، އޮންލައިން ނިއުސް ޢަދަދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ޕްރިންޓް ކޯއެވެ. ޕްރިންޓިންގ ޕާޓްނަރަކީ އެމް ސެވަން އެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އަދަދު އޮންލައިންއެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.

އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ތިނަދޫ ކެމްޕަސް ރޯދަ ވީއްލުން 1447 ބާއްވައިފި!

ތިނަދޫ ކެމްޕަސް ރޯދަ ވީއްލުން 1447 ބާއްވައިފި!

2026-03-12
ނޭކަ ފްރެޝަރސް ނައިޓް – ކާމިޔާބު ކަމާއެކު ކުލަގަދަކޮށް ނިންމާލައިފި!

ނޭކަ ފްރެޝަރސް ނައިޓް – ކާމިޔާބު ކަމާއެކު ކުލަގަދަކޮށް ނިންމާލައިފި!

2026-03-12
އުފާވެރި އަންހެނުންގެ ދުވަސް – ފެސާގެ ފަރާތުން މަލެއް

އުފާވެރި އަންހެނުންގެ ދުވަސް – ފެސާގެ ފަރާތުން މަލެއް

2026-03-09
2026 ވަނަ އަހަރުގެ ގުރުޒު ފްރެޝާސް ނައިޓް ވަރަށް ފޯރިގަދަ!

2026 ވަނަ އަހަރުގެ ގުރުޒު ފްރެޝާސް ނައިޓް ވަރަށް ފޯރިގަދަ!

2026-03-06
”ގުރުޒު ރޯދަވީއްލުން 1447“ ވަރަށް ފުރިހަމަ!

”ގުރުޒު ރޯދަވީއްލުން 1447“ ވަރަށް ފުރިހަމަ!

2026-03-06
ޔޫނިއަންގެ އަތޮޅުތެރޭ ކެމްޕަސްތަކުގެ ގޮފިތަކުގެ ހިންގާ ކޮމިޓީތައް އިފްތިތާހުކޮށްފި

ޔޫނިއަންގެ އަތޮޅުތެރޭ ކެމްޕަސްތަކުގެ ގޮފިތަކުގެ ހިންގާ ކޮމިޓީތައް އިފްތިތާހުކޮށްފި

2026-03-06
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab