ގުރުޒުގެ ފަރާތުން ބާބަކިއު ނައިޓްއެއް ބާއްވައިފި

2 ނޮވެމްބަރު 2018 ވީ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންނާއި ލެކްޗަރުންނަށް ހުޅުވާލައިގެން ކުޅުދުއްފުށީ ސުއޫޑަން ޔުނިއަން ’ގުރުޒު‘ ގެ ފަރާތުން ބާބަކިއު ނައިޓްއެއް ބާއްވައިފި. މި ނައިޓް އަކީ ކިޔެވުމުގެ މާހޯލުގައި މަޖާ ކޮށް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބޭއްވި އިވެންކެއެވެ.
މި ނައިޓްގައި ބެޗްލާ އޮފް ނާސިނާއި، ޑިޕޮލުމާ އިން ނާސިންއާއި، ބެޗްލާ ،އޮފް އައިޓީންނާއި، ބެޗްލާ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓުއާއި ބެޗްލާ އޮފް ބިޒްނަސްގެ ދަރިވަރުންނާއި ލެކްޗަރުން އަދި މީގެ އިތުރުން ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރު ވަނީ ބައިވެރިވެފައެވެ.
ބާބަކިއު ކުރިއަށް ދިޔައިރު ފޯރިގަދަކުރުމުގެ ގޮތުން ވަރަށް ހިތްގައިމު ލަވަތަކެއް ވަނީ ޖައްސަވާފައެވެ. މި ފޯރިގަދަ ނައިޓް ނިމިގެން ދިޔައީ ބައިވެރިންގެ ވަރަށްވެސް ފުރިހަމަ ކެރެއޯކޭ ލަވަތަކުގެ ހަރަކާތްތަކުންނެވެ.