Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ޚަބަރު

އެމް.އެން.ޔޫ.އެސް.ޔޫގެ 6 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާޙުކޮށްފި

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2018-02-15
in ޚަބަރު
އެމް.އެން.ޔޫ.އެސް.ޔޫގެ 6 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާޙުކޮށްފި

ޔޫނިއަންގެ ރަމްޒީ ދަންމަރު ޙަވާލުކުރުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 6 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާޙުކޮށްފިއެވެ. ހިންގާ ކޮމިޓި އިފްތިތާޙު ކުރުމުގެ ޖަލްސާ ބާއްވާފައިވަނީ ނޮވެމްބަރ މަހުގެ 5 ވީ އާދީއްތަ ދުވަހުގެރޭ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައެވެ. މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ސިވިލްސާރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ. އަދި މާފަންނު ދެކުނުދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް އަބްދުﷲ ރިފާޢު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް އާއި ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ އައިޝަތު ޝާހީން އަދި ޑރ. މުޢާވިޔަތު މުޙަންމަދު އަދި ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލާ ނާދިޔާ އަޙްމަދު ބައިވެރިވެވަޑައިގެންފައިވެއެވެ.

 

އެވޯޑު ދިނުމުގެ ތެރެއިން

 

މިޖަލްސާގައި އެމް.އެން.ޔޫ.އެސް.ޔޫއަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށާއި ރީތިނަން ހޯދައިދިން ދަރިވަރުންނަށްވަނީ  އެވޯޑް ދެވިފައެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ފާއިތުވެދިޔަ އަހަރުގެ ވީޑިއޯ ރިޕޯޓެއްވެސްވަނީ ދައްކާލާފައެވެ. މި ރިޕޯޓުގައި ވޭތުވެދިޔަ އަހަރުތަކުގައި އެމް.އެން.ޔޫ.އެސް.ޔޫއިން ހިންގާފައިވާ ހަރަކާތްތަކާއި ހޯދާފައިވާ ކާމިޔާބީތަކުގެ ވާހަކަވަނީ ހިމަނާފައިވެއެވެ. ވީޑިއޯ ރިޕޯޓަށްފަހު 2017 ވަނަ އަހަރުގެ އެންމެ ހަރަކާތްތެރި ވިންގް (ގޮފި) ހޮވާފައިވެއެވެ. 2017 ވަނަ އަހަރުގެ އެންމެ ހަރަކާތްތެރި ގޮތްޕަކަށް ހޮވިފައިވަނީ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ގޮފި ”ހީލާރސް“އެވެ.

އެންމެ ހަރަކާތްތެރި ގޮތްޕަށް އެވޯޑް ހަވާލުކުރުމަށްފަހު އެމް.އެން.ޔޫ.އެސް.ޔޫގެ 6ވަނަ ދައުރުގެ ހިންގާ ކޮމިޓީއަށް މަޤާމުގެ ލިޔުން ހަވާލުކުރެވުނެވެ. މި ލިޔުން ހަވާލުކޮށްދެއްވާފައިވަނީ މި ޖަލްސާގެ ޝަރަފްވެރި މެހެމާނު ސިވިލްސާރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ.

 

ރަސްމިއްޔާތުގެ ތެރެއިން

 

އެމް.އެން.ޔޫ.އެސް.ޔޫގެ 6ވަނަ ދައުރުގެ ހިންގާ ކޮމިޓީގެ މެންބަރުންނަށް ހޮވިފައިވަނީ:

  • ރައީސް – އަރުޝަދު އަޝްރަފް
  • ނައިބުރައީސް (ޢިލްމީ) – އާދަމް ރުޝްދީ
  • ނައިބުރައީސް (ގޮފިތައް) – ޢަލީ ޝަމްއޫން
  • ނައިބުރައީސް (ޢަމަލީ) – ހަސަން ޝާޙް
  • މީޑިއާ ކޯޑިނޭޓަރ – މުހަންމަދު ޝާން އާމިރު
  • ހަޒާންދާރު – އަބްދުﷲ ޝަހުނީޒް
  • ސެކްރެޓަރީ – އަނާ އަޙްމަދު
  • އެސިސްޓަންޓް ސެކްރެޓަރީ – ހައްވާ ނައުޝާ

 

ޔޫނިއަންގެ ރަމްޒީ ދަންމަރު ޙަވާލުކުރުން

 

ހިންގާ ކޮމިޓީގެ މެންބަރުންނަށް މަޤާމުގެ ލިޔުން ހަވާލުކުރުމަށްފަހު، އެމް.އެން.ޔޫ.އެސް.ޔޫގެ ރަމްޒީ ދަންމަރު ވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ 6 ވަނަ ދައުރުގެ ހިންގާކޮމިޓީގެ ރައީސް އަލްފާޟިލް އަރުޝަދު އަޝްރަފްއަށް ހަވާލުކުރެވިފައެވެ. މި ޖަލްސާގައި ޝަރަފްވެރި މެހެމާނު ސިވިލްސާރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވާހަކަފުޅު ދައްކާފައިވެއެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ 6 ވަނަ ދައުރުގެ ރައީސް އަލްފާޟިލް އަރުޝަދު އަޝްރަފްގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ތަމްސީލުކުރާ ކައުންސިލް މެންބަރު އަލްފާޟިލް އަލީ ރަޝީދު ވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫ ގެ ރައީސް އަރުޝަދު އަޝްރަފާއި ކައުންސިލް މެންބަރު އަލީ ރަޝީދުވަނީ އެއްބާރުލުންދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ.

އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

2026-05-13
އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

2026-05-12
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

2026-05-10
ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

2026-05-09
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

2026-05-09
އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

2026-05-09
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab