Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ޚަބަރު

ގޮފިތަކުގެ 5 ވަނަ ބައްދަލުވުން ”ތަރަޙަ“ އާއި އެކު ބާއްވައިފި

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2018-04-05
in ޚަބަރު
ގޮފިތަކުގެ 5 ވަނަ ބައްދަލުވުން ”ތަރަޙަ“ އާއި އެކު ބާއްވައިފި

ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގައި ޤާއިމްކުރެވިފައިވާ ގޮފިކަމަށްވާ ”ތަރަޙަ“ އާއި އެކު ”ގޮފިތަކުގެ ބައްދަލުވުން“ތަކުގެ 5 ވަނަ ބައްދަލުވުން ބާއްވައިފިއެވެ.

ބައްދަލުވުމުގެ ތެރެއިން

”ތަރަޙަ“އިގެ ހިންގާ ކޮމިޓީގެ 5 މެންބަރުން (މީޑިއާ ކޯޑިނޭޓަރ ފިޔަވައި އެހެން ހުރިހާ މެންބަރުން) އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ހިންގާ ކޮމިޓީގެ 5 މެންބަރުން (ރައީސް، ނައިބު ރައީސް (ގޮފިތައް)، ނައިބު ރައީސް (ޢިލްމީ)، ޚަޒާންދާރު އަދި މީޑިއާ ކޯޑިނޭޓަރ) ބައިވެރިވިއެވެ. 05 އޭޕްރީލްވީ ބުރާސްފަތިދުވަހުގެރޭ 08:00ގައި ބޭއްވުނު މި ބައްދަލުވުމުގައި މި ބައްދަލުވުންތަކުގެ ތަޢާރަފެއްދެއްވީ ޔޫނިއަންގެ ރައީސް އަރުޝަދު އަޝްރަފެވެ. އެއަށްފަހު ޔޫނިއަންގެ ނައިބު ރައީސް (ގޮފިތައް) ޢަލީ ޝަމްޢޫން ވާހަކަ ދެއްކެވިއެވެ. ޝަމްޢޫންގެ ވާހަކަފުޅުގައި ތަރަޙަ ގޮފީގެ ފަރާތުން މިއަހަރު އަމިއްލައަށް ޙަރަކާތެއް ކުރިއަށްގެންދާނެކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވިއެވެ. އަދި ޙަރަކާތްތައް ބޭއްވުމުގައި އެހީތެރިކަމެއް ބޭނުންވާނަމަ ޔޫނިއަން އޮންނާނީ އަބަދުވެސް ތައްޔާރަށްކަމަށް ވިދާޅުވިއެވެ. ޝަމްޢޫނަށް ފަހު ޔޫނިއަންގެ ނައިބު ރައީސް (ޢިލްމީ) އާދަމް ރުޝްދީ ވާހަކަފުޅު ދެއްކެވިއެވެ. ރުޝްދީގެ ވާހަކަފުޅުގައި ތަރަޙަ ގޮފީގެ ފަރާތުން ރާވާފައިވާ ޙަރަކާތްތަކާއިބެހޭގޮތުން ސުވާލުކުރެއްވިއެވެ. އަދި ޙަރަކާތްތައް ރޭވުމުގައި ޢިލްމީ ޙަރަކާތްތައް ހިމެނުމަށް ނަޞޭހަތްތެރިވިއެވެ. މީގެ އިތުރުންވެސް ޔޫނިއަންގެ ޚަޒާންދާރު އަދި މީޑިއާ ކޯޑިނޭޓަރވެސް ބައްދަލުވުމުގައި ވާހަކަދެއްކެވިއެވެ. މިގޮތުން ފައިސާގެ މުޢާމަލާތްތައް ކުރުމާއި ބަޖެޓު ރިޕޯޓުފަދަ ތަކެތި ހެދުމުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ޚަޒާންދާރު ޢަބްދުﷲ ޝަހުނީޒް ވިދާޅުވިއިރު، މިހާރަށްވުރެ ބޮޑަށް މީޑިއާގެ ޕްލެޓްފޯމްތައް ޙަރަކާތްތެރިކުރުމަށާއި، ޙަރަކާތްތައް ހިންގާއިރު މީޑިއާގެ ހުރިހާ ވަޞީލަތަކުން ކަވަރ ކުރުމަށް، ޔޫނިއަންގެ މީޑިއާ ކޯޑިނޭޓަރ މުޙައްމަދު ޝާން ޢާމިރު ވިދާޅުވިއެވެ.

”ވީހާވެސް ބޮޑަށް ފެކަލްޓީގެ ދަރިވަރުން ބޭނުންކޮށްގެން ޙަރަކާތްތައް ހިންގުމަށް މަސައްކަތްކުރަންވީ. އެކަކު އަނެކަކަށް އެހީތެރިވެ، އެއްބަޔަކަށްވެގެން ކާމިޔާބު ޙަރަކާތެއް ބާއްވާނެކަމަށް އުއްމީދުކުރަން.“

ޔޫނިއަންގެ ރައީސް އަރުޝަދު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ބައްދަލުވުމުގެ ތެރެއިން

މި ބައްދަލުވުމުގައި ”ތަރަޙަ“ގޮފީގެ ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުންވެސްވަނީ އެ މެންބަރުންގެ ޝުޢޫރު ފާޅުކުރައްވާފައެވެ. މިގޮތުން ގޮފީގެ ރައީސާ އާމިނަތު ނުބްލާ ވިދާޅުވީ ގޮފީގެ ޙަރަކާތްތައް ހިންގުމަށް އަބަދުވެސް މަސައްކަތްކުރަމުންދާކަމަށެވެ. އަދި ނައިބު ރައީސާ (ޢިލްމީ) ފާޠިމަތު ރައިނާ އަމްޖަދު ވިދާޅުވީ ޙަރަކާތްތައް ހިންގުމަށް އަބަދުވެސް ރާވާކަމަށާއި ނަމަވެސް އަދި ބޭއްވޭގޮތް ނުވަނީކަމަށެވެ. ނައިބު ރައީސާ (ޢަމަލީ) މަރިޔަމް އިފްހާމާ ޔޫސުފް، ގޮފިން ކުރިއަށް ރޭވިފައިވާ ބައެއް ޙަރަކާތްތަކަށް އަލިއަޅުވާލިއިރު، ޚަޒާންދާރު ފާޠިމަތު ޒިޔަން ޒަކީ ވިދާޅުވިގޮތުގައި ގޮފީގެ ޙަރަކާތްތައް ބޭއްވުމަށް ޔޫނިއަންގެ އެހީތެރިކަން ބޭނުންވެއެވެ.

”އަޅުގަނޑުމެންނަށް އެތައް ޙަރަކާތްތަކެއް ރޭވިފައިވޭ. އަދި ބޭއްވޭގޮތް ނުވަނީ. އިރާދަކުރެއްވިއްޔާ އަވަސް މުސްތަޤްބަލެއްގައި ޙަރަކާތެއް ބާއްވާނަން.“

ސެކްރެޓަރީ ޢާއިޝަތު ލަޔާލް އަޙްމަދު ބައްދަލުވުމުގައި ވިދާޅުވިއެވެ.

ބައްދަލުވުމުގެ ތެރެއިން

45 ވަރަކަށް މިނިޓަށް ކުރިއަށްދިޔަ މި ބައްދަލުވުން ކުރިއަށްދިޔައީ އެމް.އެން.ޔޫ.އެސް.ޔޫ އޮފީހުގައެވެ. މި ބައްދަލުވުންތަކަކީ ޔޫނިއަންގެ މިހާރު އޮތް 13 ގޮތްޕާއެކު ވަކިވަކިން ބައްދަލުވުންތަކެއް ބޭއްވުމަށް ޔޫނިއަންގެ ހިންގާ ކޮމިޓީން ނިންމައިގެން ބާއްވާ ބައްދަލުވުންތަކެކެވެ. 5 ވަނަ ބައްދަލުވުން ތަރަޙަ އާއި އެކު ބޭއްވުނުއިރު، މީގެ ކުރިން ސިއާ، ފެސާ، ހީލާރސް އަދި ޝެޓްސް އާއި އެކު ބައްދަލުވުންތައް ކުރިއަށްގެންދެވިފައިވެއެވެ.

އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

2026-05-13
އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

2026-05-12
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

2026-05-10
ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

2026-05-09
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

2026-05-09
އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

2026-05-09
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab