Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ޚަބަރު

”ސީސާ“ގެ ހިންގާ ކޮމިޓީ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ބައިވެރިވެއްޖެ

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2018-04-18
in ޚަބަރު
”ސީސާ“ގެ ހިންގާ ކޮމިޓީ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ބައިވެރިވެއްޖެ

ސައިރިކްސް ސްޓޫޑެންޓް އެންޑް އެލަމްނައި އެސޯސިއޭޝަން (ސީ.އެސް.އޭ.އޭ (CSAA) ނުވަތަ ސީސާ)ގެ ހިންގާ ކޮމިޓީގެ 5 ވަނަ ދައުރު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ރައީސް އަލްފާޟިލް އަރުޝަދު އަޝްރަފް އަދި މީޑިއާ ކޯޑިނޭޓަރ އަލްފާޟިލް މުޙައްމަދު ޝާން ޢާމިރު ބައިވެރިވެވަޑައިގެންފިއެވެ. 18 އޭޕްރީލް 2018ވީ ބުދަދުވަހުގެ ހަވީރު 05:00ގައި ފެށުނު މި ރަސްމިއްޔާތު ބޭއްވިފައިވަނީ ސައިރިކްސް ކޮލެޖުގެ ގަލޮޅު ކެމްޕަހުގައެވެ. މި ރަސްމިއްޔާތުގައި ސައިރިކްސް ކޮލެޖުގެ ކައުންސިލް މެންބަރުންގެ އިތުރުން ކޮލެޖުގެ ބައެއް މުވައްޒަފުން އަދި ބައެއް ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށުނު މި ރަސްމިއްޔާތު ހުށަހަޅައިދެއްވާފައިވަނީ ސައިރިކްސް ކޮލެޖުގެ ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލް އަޙްމަދު އަނިލް އެވެ. މި ރަސްމިއްޔާތުގައި ސައިރިކްސް ކޮލެޖުގެ ވައިސް ރެކްޓަރ އޮފް އެކަޑަމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ޝަރީފްވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޝަރީފްގެ ވާހަކަފުޅުގައި މައިގަނޑު 5 ކަމަކަށް އަލިއަޅުވާލެއްވިއެވެ. އޭގެ ތެރޭގައި ސައިރިކްސް ކޮލެޖަކީ އެކަޑަމިކް އިންސްޓިޓިއުޝަންއަކަށްވުމުން، ”ސީސާ“ގެ ފަރާތުން އެކަޑަމިކް ޑިވެލޮޕްމަންޓް ނުވަތަ ޢިލްމީ ކުރިއެރުމަށް މަސައްކަތްކުރުން ހިމަނަންވާނެކަމަށް ވިދާޅުވިއެވެ. އަދި ހަމަމިއާއިއެކު، އިޖްތިމާޢީގޮތުން ސައިރިކްސް ކޮލެޖުގެ ދަރިވަރުން ކުރިއެރުވުމަށް މަސައްކަތްކުރަންވާނެކަމަށްވެސް ވައިސް ރެކްޓަރވަނީ ވިދާޅުވެފައެވެ. ”ތިޔަ ކުދިން ވާންޖެހޭނެ މި ސްޓޫޑެންޓް ބޮޑީ ތަމްސީލުކުރާ ބަޔަކަށް. ދަރިވަރުންގެ އަޑުތައް ކަނުލާ އަހަންވާނެ. އަދި އެސޯސިއޭޝަންގެ ބޭނުންތަކަށްވުރެ ދަރިވަރުންގެ ބޭނުންތައް އިސްކުރުމަށް ޚާޢްޞަ ސަމާލުކަމެއްދޭންވާނެ.“ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ކުޅިވަރުގެ ދާއިރާއިން ސައިރިކްސް ކޮލެޖު ހޯދާފައިވާ ކާމިޔާބީތައް ދެމެހެއްޓުމަށާއި، ޘަޤާފީ ރޮނގުން ދަރިވަރުން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ވައިސް ރެކްޓަރވަނީ އިލްތިމާސްކުރައްވާފައެވެ. ހަމަމިއާއިއެކު، ”ސީސާ“ގެ ފަރާތުން އެހެން ކޮލެޖް/ޔުނިވަރސިޓީތަކުގެ ސްޓޫޑެންޓް ބޮޑީތަކާއި ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމަށްވެސްވަނީ ގޮވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ”ސީސާ“ގެ ހިންގާކޮމިޓީގެ 11 މެންބަރުންނަށްވަނީ މަޤާމު ޙަވާލުކުރިކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ. މި ލިޔުން ޙަވާލުކުރެއްވީ ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް އަޙްމަދު ޝަރީފެވެ. ކުރިއަށް އޮތް 1 އަހަރުދުވަހަށް ”ސީސާ“ގެ ހިންގާކޮމިޓީގެ މަޤާމުތައް ޙަވާލުކުރެވުނު 11 މެންބަރުންނަކީ:

  1. ރައީސް: އަލްފާޟިލް މުޙައްމަދު ނަބީޙު
  2. ނައިބު ރައީސް (ޢިލްމީ): އަލްފާޟިލާ ސަމާހާ ސަޢީދު
  3. ނައިބު ރައީސް (ޢަމަލީ): އަލްފާޟިލް ޢަލީ ޒަބީރު
  4. ޚަޒާންދާރު: އަލްފާޟިލް އިސްމާޢީލް ހުޒާމް
  5. ޖެނެރަލް ސެކްރެޓަރީ: އަލްފާޟިލާ ޢާއިޝަތު ރީނާ
  6. ސްޕޯޓްސް މެނޭޖަރ: އަލްފާޟިލް އަޙްމަދު ޝާނީޒް
  7. އިވެންޓްސް މެނޭޖަރ: އަލްފާޟިލާ މަރިޔަމް އަވީނާ
  8. އެލަމްނައި ރެޕްރެޒެންޓޭޓިވް: އަލްފާޟިލް އަޙްމަދު ސަޢީދު
  9. އައި.ޓީ ސްކޫލް ރެޕްރެޒެންޓޭޓިވް: އަލްފާޟިލް އިބްރާހީމް ޔުމްނޫން ނާޖިޙު
  10. ބިޒްނަސް ސްކޫލް ރެޕްރެޒެންޓޭޓިވް: އަލްފާޟިލާ އާމިނަތު ދުންޔާ
  11. ޕަބްލިކް ރިލޭޝަންސް މެނޭޖަރ: އަލްފާޟިލް މުބީން ޢަލީ

ރައީސް މުޙައްމަދު ނަބީޙު(ކ)
(ކ)ނައިބު ރައީސް (ޢިލްމީ) ސަމާހާ ސަޢީދު
(ކ)ނައިބު ރައީސް (ޢަމަލީ) ޢަލީ ޒަބީރު
(ކ) ސްޕޯޓްސް މެނޭޖަރ އަޙްމަދު ޝާނީޒް
ބިޒްނަސް ސްކޫލް ރެޕް އާމިނަތު ދުންޔާ (ކ)

ރަސްމިއްޔާތަށްފަހު ”އެމް.އެން.ޔޫ.އެސް.ޔޫ“ އާއި ވާހަކަދައްކަވަމުން ”ސީސާ“ގެ ރައީސް އަލްފާޟިލް މުޙައްމަދު ނަބީޙް ވިދާޅުވީ ހިންގާކޮމިޓީގެ ފަރާތުން އެސޯސިއޭޝަންގެ މި ދައުރުގައި ހިންގާނޭ ޙަރަކާތްތައް ރާވަމުންދާކަމަށާއި ޙަރަކާތްތައް ރޭވުމުގައި ޢިލްމީ ޙަރަކާތްތައް އިތުރުކުރުމަށް އިސްކަންދޭނެކަމަށެވެ.

”އަޅުގަނޑުމެން މިފަހަރު ޢިލްމީ ޙަރަކާތްތައް އިތުރުކުރުމަށް ބޮޑު އިސްކަމެއް ދޭނަން. އެއީ އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިހާރުވެސް ސައިރިކްސް ކޮލެޖަށްވަނީ ކުޅިވަރުގެ ދާއިރާއިން ރަނގަޅު ނަތީޖާތަކެއް ނެރެވިފައި. ޢިލްމީ ޙަރަކާތްތަކަށް އިސްކަންދިންކަމުގައިވިޔަސް ކުޅިވަރުގެ ޙަރަކާތްތަކުގެ ދުވެއްޔަށް އަސަރެއްނުކުރާނެ.“

ނަބީޙުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން ނަބީޙު ވިދާޅުވީ ”ސީސާ“ގެ މީޑިއާ ޕްލެޓްފޯމުތައް ވަރުގަދަކުރުމަށްވެސް މަސައްކަތްކުރާނެކަމަށެވެ.

ރައީސް ނަބީޙުގެ އިންޓަވިއު

”ސީސާ“ގެ ޖެނެރަލް ސެކްރެޓަރީ އަލްފާޟިލާ ޢާއިޝަތު ރީނާވެސްވަނީ ”އެމް.އެން.ޔޫ.އެސް.ޔޫ“އަށް މަޢުލޫމާތުދެއްވާފައެވެ. އެސޯސިއޭޝަންގެ ލިޔެކިޔުންތަކާއި ޑޮކިއުމެންޓްތައް މެނޭޖްކުރުމަށް ޚާއްޞަ އިސްކަމެއްދޭނެކަމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ދުވަހުން ދުވަހަށް ނިންމުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެކަމަށް ރީނާ ވަނީ ވިދާޅުވެފައެވެ.

”ޖެނެރަލް ސެކްރެޓަރީއެއްގެ ޙައިޞިއްޔަތުން އެސޯސިއޭޝަންގެ ބައްދަލުވުންތަކަށް ޙާޟިރުވެ، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމުމަށް ވަރަށްބޮޑު އިސްކަމެއްދޭނަން. އަދި މިހާރުވެސް ކުރަން އުނދަގޫކަމެއްކަމަށްވިޔަސް، އެސޯސިއޭޝަންގެ ލިޔެކިޔުންތައް ބަރާބަރަށް ބެލެހެއްޓުމަށް ވަރަށްބޮޑު އިސްކަމެއް ހަމަ ދޭނަން.“

ރީނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޖެނެރަލް ސެކްރެޓަރީ ރީނާ (ވ)ގެ އިންޓަވިއުގެ ތެރެއިން
ޖެނެރަލް ސެކްރެޓަރީ ރީނާ (ވ)ގެ އިންޓަވިއުގެ ތެރެއިން

”ސީސާ“ގެ ހިންގާކޮމިޓީގެ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތަށް ގޮސް އެ ރަސްމިއްޔާތު އެމް.އެން.ޔޫ.އެސް.ޔޫގެ މީޑިއާ އިން ކަވަރ ކުރުމަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އެހެނިހެން ކޮލެޖް/ޔުނިވަރސިޓީތަކުގެ ސްޓޫޑެންޓް ޔޫނިއަން/އެސޯސިއޭޝަންތަކާއި ގުޅުންބަދަހިކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއްކަމަށް އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފްވަނީ މަޢުލޫމާތުދެއްވާފައެވެ.

”އަޅުގަނޑުމެން ސްޓޫޑެންޓް ޔޫނިއަންގެ މަޤްޞަދުގެ ތެރޭގައި މަތީ ތަޢުލީމު ޙާޞިލުކުރާ އެހެން މުއައްސަސާތަކާއި އޮންނަ ގުޅުން ބަދަހިކުރުން ހިމެނޭ!“

އަދި ކުރިއަށްއޮތްތަނުގައިވެސް މިގޮތަށް އެހެނިހެން ޔޫނިއަން/އެސޯސިއޭޝަންތަކާއި ގުޅުންބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ރައީސް އަރުޝަދު ވިދާޅުވިއެވެ.

އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

2026-04-15
‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

‎އެސްއެން – ނޭކަ “ހެލްތު ޑޭ ކުއިޒް” ކާމިޔާބު ކަމާއެކު ނިންމާލައިފި!

2026-04-14
ގުރުޒުގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު!!

ގުރުޒުގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު!!

2026-04-13

ބީއެސްއެސްއޭގެ ރޯދަމަހުގެ ޙަރަކާތްތައް ފޯރިއާއިއެކު ނިންމާލައިފި!

2026-04-13
ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

2026-04-15
ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

ޢީދު ހަދިޔާ ބަދަލު ކުރުން – މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް!

2026-04-15
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab