މިދިޔަ ހަފްތާ ބުރާސްފަތީގައި ފެށުނު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ކުއާޓަރ ފައިނަލަށް ދާ ޓީމުތައް މިރޭގެ މެޗުތަކަށްފަހު ޔަގީންވާނެއެވެ. މިހާރު ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ކުރިއަށްދާއިރު މިމުބާރާތުގެ ފޯރިވަނީ ގަދަވެފައެވެ.
ރޭވެސް ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެފައެވެ. އެގޮތުން އަންހެން ޑިވިޝަންގެ މެޕްސް ކޮލެޖާއި އެފް.އެޗް.އެސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެފް.އެޗް.އެސް ގެ ޖާރޒީ ނަންބަރ 10މަރިޔަމް މަލްސާ މިމެޗުގެ ”ކުއީން އޮފް ދަ މެޗް“ ހާސިލްކޮށްފައިވެއެވެ. އަދި އެމް.އެން.ޔޫ.ބީ.އެސް އާއި ފްލިސް ކުޅުނުއިރު 0-1 ގެ ނަތީޖާއިން ފްލިސް ވަނީ ކުރިހޯދާފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފްލިސްގެ ޖާރޒީ ނަންބަރ 13 ޝައުފާ އިބްރާހިމް ހޮވިފައިވެއެވެ.
ފިރެހެން ޑިވިޝަން އިން ފެސްޓު އަދި ފްލިސް ވާދަކުރިއިރު 9-3 ގެ ނަތީޖާއިން ފެސްޓުވަނީ މޮޅުވެފައެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ ފެސްޓުގެ ޖާރޒީ ނަންބަރ 9 ތޮލާލް ނަސީރެވެ. އަދި މެޕްސް އިންޓަރނޭޝަނަލް ހައި ސްކޫލް އާއި ކްލިކް ކޮލެޖު ބައްދަލު ކުރި މެޗުން 1-4 ގެ ނަތީޖާ އިން ކްލިކް ކޮލެޖްވަނީ މެޗު ކާމިޔާބު ކޮށްފައެވެ. މި މެޗުގެ “ މޭން އޮދް ދަ މެޗު“ ލިބިފައިވަނީ ކްލިކް ކޮލެޖުގެ ޖާރޒީ ނަންބަރ 12 އިބްރާހިމް ހަސީބުއަށެވެ.
ކްލިކް ކޮލެޖުގެ އަންހެން ޓީމާއި އެފް.އީގެ އަންހެން ޓީމު ކުޅުނު މެޗު ބޮޑު ތަފާތަކުން ކްލިކް ކޮލެޖު ވަނީ މެޗު ކާމިޔާބު ކޮށްފައެވެ. އެގޮތުން 12 ގޯލް ކްލިކް ކޮލެޖުން ޖަހާފައިވާއިރު އެފް.އީ އަށް އެއްވެސް ގޯލެއް ޖެހިފައި ނުވެއެވެ. ކްލިކް ކޮލެޖުގެ ޖާރޒީ ނަންބަރ 6 ފަރާ އަހުމަދު ވަނީ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައެވެ. މީގެ އިތުރުން އެފް.އެޗް.އެސް އަދި އެމް.އައި ކޮލެޖު ކުޅުނު މެޗުން 2-1 ގެ ނަތީޖާއިން އެފް.އެޗް.އެސް ވަނީ މޮޅުވެފައެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ އެފް.އެޗް.އެސް ގެ ޖާރޒީ ނަންބަރ 10 އަހުމަދު އަތީފެވެ.
މެޕްސް ކޮލެޖު އަދި އެފް.އީ ކުޅުނު މެޗުން 9-0 ގެ ނަތީޖާއިން މެޕްސް ކޮލެޖުވަނީ ކުރިހޯދާފައެވެ. މި މެޗުގެ “ މޭން އޮފް ދަ މެޗު“ ހާސިލް ކޮށްފައިވަނީ މެޕްސް ކޮލެޖުގެ ޖާރޒީ ނަންބަރ 10 ސަމާހް ޝަރީފް އެވެ. އަދި އައި.ޔޫ.އެމް އާއި އެވިޑް ކޮލެޖު ވާދަކުރި އިރު 1-3 ގެ ނަތީޖާއިން އެވިޑް ކޮލެޖު ވަނީ މެޗު ކާމިޔާބުކޮށްފައެވެ. އެވިޑް ކޮލެޖުގެ ޖާރޒީ ނަންބަރ 10 ޖުމައިލް ޖަމީލްއަށް ވަނީ “ މޭން އޮފް ދަ މެޗު“ ލިބިފައެވެ.
އެމް.ބީ.އެސް އާއި ސައިރިކްސް ކޮލެޖު ބައްދަލު ކުރި މެޗުން 2-5 ގެ ނަތީޖާއިން ސައިރިކްސް ކޮލެޖު ވަނީ މޮޅުވެފައެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ސައިރިކްސް ކޮލެޖުގެ ޖާރޒީ ނަންބަރ 10 އަހުމަދު ސާމިހުއެވެ. އަދި ޕޮލީޓެކްނިކް އާއި ސީ.އެފް.އެސް ކުޅުނުއިރު 1-1 ގެ ނަތީޖާއިން ވަނީ ދެޓީމް އެއްވަރުވެފައެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕޮލީޓެކްނިކްގެ ޖާރޒީ ނަންބަރ 10 އަލީ ޖަމްހަދު އެވެ.
މިއަދު ކުޅުނު މެޗުތަކަށް ބަލާއިރު ހެނދުނު ވަނީ އަންހެން ޑިވިޝަންގެ ވިލާ ކޮލެޖް އަދި އެފް.އެޗް.ޓީ.އެސް ކުޅެފައެވެ. 13-0 ގެ ބޮޑު ކުރިއެރުމަކުން ވިލާ ކޮލެޖު ވަނީ މެޗު ކާމިޔާބު ކޮށްފައެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވިލާ ކޮލެޖުގެ ޖާރޒީ ނަންބަރ 7 އައިޝަތު އީމާން ވަނީ ހޮވިފައެވެ. އަދި ސައިރިކްސް ކޮލެޖާއި އެސް.އެން ބައްދަލު ކުރި މެޗުން 4-2 ގެ ނަތީޖާއިން ސައިރިކްސް ކޮލެޖު ވަނީ މޮޅުވެފައެވެ. މިމެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ސައިރިކްސް ކޮލެޖުގެ ޖާރޒީ ނަންބަރ 5 މަރިޔަމް ވަފާއެވެ.


އަދި ހަވީރު ކުޅުނު މެޗުތަކަށް ބަލާއިރު މެޕްސް ކޮލެޖާއި ވިލާ ކޮލެޖު ކުޅުނު މެޗުން 2-1 ގެ ނަތީޖާއިން މެޕްސް ކޮލެޖު ވަނީ މޮޅުވެފައެވެ. މިމެޗުގެ އެންމެ މޮޅު ކުޅުމެއް ދެއްކީ މެޕްސް ކޮލެޖުގެ ޖާރޒީ ނަންބަރ 7 ނާއިފް މުހައްމަދެވެ. އެފް.އެޗް.ޓީ.އެސް އަދި އެފް.އީ ކުޅުނު މެޗުން 6-0 ގެ ނަތީޖާއިން އެފް.އެޗް.ޓީ.އެސް ވަނީ މެޗު ކާމިޔާބު ކޮށްފައެވެ. މިމެޗުގެ “ މޭން އޮފް ދަ މެޗު“ ލިބިފައި ވަނީ އެފް.އެޗް.ޓީ.އެސް ގެ ޖާރޒީ ނަންބަރ 9 އަހުމަދު ހުނައިފް އަށެވެ.
އަންހެން ޑިވިޝަންގެ ސީ.އެފް.އެސް އާއި އެފް.އެޗް.އެސް ކުޅުނު މެޗުން 1-2 ގެ ނަތީޖާއިން އެފް.އެޗް.އެސް ވަނީ މޮޅުވެފައެވެ. އަދި މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޓީމުގެ ޖާރޒީ ނަންބަރ 7 ޒިޔާދާ މުހައްމަދެވެ. އެމް.އައި އަދި ފްލިސް ކުޅުނު އިރު 1-0 ގެ ނަތީޖާއިން އެމް.އައި ކޮލެޖު ވަނީ މޮޅުވެފައެވެ. މިމެޗުގެ ”ކުއީން އޮފް ދަ މެޗު“ ލިބިފައިވަނީ އެމް.އައި ކޮލެޖުގެ ޖާރޒީ ނަންބަރ 14 ހައްވާ ލީނާ އަށެވެ.
މިރޭ 8 ޖަހާއިރު ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ފެށިގެން ދާނެއެވެ. މިމެޗުތަކުގެ ނަތީޖާ ލިބުމުން ކުއާޓަރ ފައިނަލަށް ދާ ޓީމުތައް ޔަގީން ވާނެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ޙަރަކާތެވެ. މިއީ މި މުބާރާތް މިގޮތަށް ބޭއްވޭ 6 ވަނަ ފަހަރުކަމަށްވާއިރު، ފާއިތުވެދިޔަ 5 އަހަރުވެސް މެދުކެނޑުމެއްނެތި މި މުބާރާތްވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ބާއްވާފައެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ 02 އޯގަސްޓް 2018ން ފެށިގެން 18 އޯގަސްޓް 2018 އަށެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރެފިކް ޕޮލިސް ކުރިމަތީގައި އެކުވެނި ސްޕޯޓްސް ކޮމްޕްލެކްސްގައި އޮންނަ ވެލި ދަނޑުގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އުފެދުނުފަހުން ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ”ދިރާގު“ އެވެ. މުބާރާތުގެ ރަސްމީ މީޑިއާ ޕާޓްނަރ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ރަސްމީ މީޑިއާ ޕާޓްނަރ ”ސަން މީޑިއާ ގްރޫޕް“އެވެ. ކޯ-ސްޕޮންސަރުންނަކީ ”ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)“ އާއި ”މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)“ގެ އިތުރުން ”މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)“ އެވެ. މީގެ އިތުރުން ޕާޓްނަރުންގެ ގޮތުގައި ”ލިޓަސް އޮޓޯމޮބައިލްސް“، ”މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން“، ”ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް)“، ”މޯލްޑިވް ގޭސް“، ”އެމް.ޓީ.ސީ.ސީ“، ”އެލައިޑް އިންޝުއަރެންސް ކޮމްޕެނީ“، ”އެމް.ޑަބްލިއު.އެސް.ސީ“، ”ވެމްކޯ“ އަދި ”މޯލްޑިވިއަން“ ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ”ޕްރިންޓްލެބް“ އެވެ.
ލިޔުނީ: ފާތިމަތު ޒަހްރާ ( އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމް)