Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް

ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2018ގެ ސެމީ ފައިނަލް ބުރާސްފަތިދުވަހުގެރޭ

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2018-08-16
in ހަރަކާތް, ޚަބަރު
ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2018ގެ ސެމީ ފައިނަލް ބުރާސްފަތިދުވަހުގެރޭ

ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލްގެ މެޗުތައް މާދަމާ ރޭ 8:00 ގައި ފެށިގެން ދާނެއެވެ. ކުއާޓާރ ފައިނަލްގެ މެޗުތައް މިދިޔަ ހަފްތާ ނިމި ސެމީ ފައިނަލްގައި ކުޅޭނީ އަންހެން ޑިވިޝަންގެ ދެ މެޗާއި ފިރިހެން ޑިވިޝަންގެ ދެމެޗެވެ.

މިދިޔަ ހަފްތާ ކުޅުނު ކުއާޓާރ ފައިނަލްގެ މެޗުތަކަށް ބަލާއިރު، ހަވީރު އަންހެން ޑިވިޝަން އިން ކުލިކް ކޮލެޖާއި އެފް.އެޗް.އެސް ބައްދަލުކުރި މެޗު ކާމިޔާބު ކުރީ 6-0 ގެ ނަތީޖާއިން ކުލިކް ކޮލެޖެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ ކުލިކް ކޮލެޖުގެ ޖާރޒީ ނަންބަރ 6 ފަރާ އަހުމަދެވެ. އަދި މެޕްސް ކޮލެޖާއި އެވިޑް ކުޅުނު މެޗުން 0-2 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައި ވަނީ އެވިޑް ކޮލެޖުންނެވެ. މި މެޗުގެ ”ކުއީން އޮފް ދަ މެޗު“ ހާސިލްކޮށްފައިވަނީ އެވިޑް ކޮލެޖުގެ ޖާރޒީ ނަންބަރ 6 އަސްމާ އަލީއެވެ.

ފިރިހެން ޑިވިޝަން އިން ހަވީރު ކުޅުނު މެޗުތަކުގެ ތެރޭގައި އެފް.އެޗް.އެސް އާއި މެޕްސް ކޮލެޖު ވާދަކުރި އިރު މެޕްސް ކޮލެޖު ވަނީ 2-0 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްފައެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކައި “ މޭން އޮފް ދަ މެޗު“ ހާސިލްކުރީ މެޕްސް ކޮލެޖުގެ ޖާރޒީ ނަންބަރ 10 ސަމާހް ޝަރީފެވެ. އެފް.އެޗް.ޓީ.އެސް އާއި އެމް.އައި ކޮލެޖު ކުޅުނު މެޗު ނިމިގެން ދިޔައީ ދެ ޓީމަށްވެސް 1 ގޯލް ޖެހި އެއްވަރުވެގެންނެވެ. ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއިން އެފް.އެޗް.ޓީ.އެސް ވަނީ މި މެޗު ކާމިޔާބުކޮށްފައެވެ. އެފް.އެޗް.ޓީ.އެސް ގެ ޖާރޒީ ނަންބަރ 9 އަހުމަދު ހުނައިފަށް ވަނީ ”މޭން އޮފް ދަ މެޗު“ ލިބިފައެވެ.

ރޭގަނޑު ކުޅުނު މެޗުތަކުގައި އަންހެން ޑިވިޝަން އިން އެމް.އެން.ޔޫ.ބީ.އެސް އާއި ސައިރިކްސް ކޮލެޖު ބައްދަލުކުރި މެޗުވެސް ވަނީ 1-1 ނަތީޖާއިން އެއްވަރުވެ ޕެނަލްޓީއަކަށް ދާން ޖެހިފައެވެ. ފުރަތަމަ ބުރުން 3-1 ގެ ނަތީޖާއިން ޕެނަލްޓީ ކާމިޔާބުކޮށް އެމް.އެން.ޔޫ.ބީ.އެސް ވަނީ މެޗުން މޮޅުވެފައެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ އެމް.އެން.ޔޫ.ބީ.އެސް ގެ ޖާރޒީ ނަންބަރ 1 ނުދުހާ އަހުމަދެވެ. މީގެ އިތުރުން ވިލާ ކޮލެޖާއި ފްލިސް ކުޅުނު އިރު 4-0 ގެ ނަތީޖާއިން ވިލާ ކޮލެޖުވަނީ މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޖާރޒީ ނަންބަރ 11 ފިރުޝާނާ ނަސީރު ވަނީ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައެވެ.

ފިރިހެން ޑިވިޝަންގެ ފެސްޓު އާއި ސައިރިކްސް ކޮލެޖު ވާދަކުރި އިރު 4-1 ގެ ނަތީޖާއިން ސައިރިކްސް ކޮލެޖުވަނީ މޮޅުވެފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސައިރިކްސް ކޮލެޖުގެ ޖާރޒީ ނަންބަރ 10 އަހުމަދު ސާމިހްއެވެ. އަދި އެމް.އެން.ޔޫ.ބީ.އެސް އާއި އައި.ޔޫ.އެމް ކުޅުނު މެޗު ވަނީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. 8-7 ގެ ނަތީޖާއިން ޕެނަލްޓީ އިން ކުރިއަރައި މެޗު ކާމިޔާބު ކުރީ އައި.ޔޫ.އެމް އިންނެވެ. އެ ޓީމުގެ ޖާރޒީ ނަންބަރ 1 އިބުރާހިމް ޝާޒިންއަށް ވަނީ “ މޭން އޮފް ދަ މެޗް“ ލިބިފައެވެ.

މުބާރާތުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ

ސެމީ ފައިނަލްގެ މެޗުތަށް މާދަމާ ރޭ ފެށޭއިރު އެންމެ ފުރަތަމަ ބައްދަލު ކުރާނީ އަންހެން ޑިވިޝަން އިން ކުލިކް ކޮލެޖާއި އެމް.އެން.ޔޫ.ބީ.އެސް އެވެ. އެއަށްފަހު އެވިޑް ކޮލެޖާއި ވިލާ ކޮލެޖުވެސް ކުޅޭނެއެވެ.

ފިރިހެން ޑިވިޝަން އިން މެޕްސް ކޮލެޖާއި ސައިރިކްސް އެރޭ ދިހައެއް ޖަހާއިރު ކުޅުމަށްފަހު އެފް.އެޗް.ޓީ.އެސް އާއި އައި.ޔޫ.އެމް އެންމެ ފަހު މެޗުގައި ވާދަކުރާނެއެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ޙަރަކާތެވެ. މިއީ މި މުބާރާތް މިގޮތަށް ބޭއްވޭ 6 ވަނަ ފަހަރުކަމަށްވާއިރު، ފާއިތުވެދިޔަ 5 އަހަރުވެސް މެދުކެނޑުމެއްނެތި މި މުބާރާތްވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ބާއްވާފައެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ 02 އޯގަސްޓް 2018ން ފެށިގެން 18 އޯގަސްޓް 2018 އަށެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރެފިކް ޕޮލިސް ކުރިމަތީގައި އެކުވެނި ސްޕޯޓްސް ކޮމްޕްލެކްސްގައި އޮންނަ ވެލި ދަނޑުގައެވެ.

އެމް.އެން.ޔޫ.އެސް.ޔޫ އުފެދުނުފަހުން ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ”ދިރާގު“ އެވެ. މުބާރާތުގެ ރަސްމީ މީޑިއާ ޕާޓްނަރ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ރަސްމީ މީޑިއާ ޕާޓްނަރ ”ސަން މީޑިއާ ގްރޫޕް“އެވެ. ކޯ-ސްޕޮންސަރުންނަކީ ”ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)“ އާއި ”މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)“ގެ އިތުރުން ”މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)“ އެވެ. މީގެ އިތުރުން ޕާޓްނަރުންގެ ގޮތުގައި ”ލިޓަސް އޮޓޯމޮބައިލްސް“، ”މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން“، ”ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް)“، ”މޯލްޑިވް ގޭސް“، ”އެމް.ޓީ.ސީ.ސީ“، ”އެލައިޑް އިންޝުއަރެންސް ކޮމްޕެނީ“، ”އެމް.ޑަބްލިއު.އެސް.ސީ“، ”ވެމްކޯ“ އަދި ”މޯލްޑިވިއަން“ ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ”ޕްރިންޓްލެބް“ އެވެ.

 

ލިޔުނީ: ފާތިމަތު ޒަހްރާ ( އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމް)

އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

2026-05-13
އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

2026-05-12
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

2026-05-10
ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

2026-05-09
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

2026-05-09
އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

2026-05-09
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab