ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ހިންގާ ކޮމިޓީގެ 7 ވަނަ ދައުރުގެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 4 މަޤާމެއް އިންތިޚާބަކަށް ދިޔައިރު، ބާކީ 4 މަޤާމު އިންތިޚާބަކާ ނުލައި ޔަޤީންވެއްޖެއެވެ. މިގޮތުން އިންތިޚާބަކާނުލައި ޔަޤީންވެގެންދިޔައީ ރައީސް، ނައިބު ރައީސް (އަމަލީ)، ޚަޒާންދާރު އަދި މީޑިއާ ކޯޑިނޭޓަރގެ މަޤާމުތަކެވެ. އަދި އިންތިޚާބަކަށް ގޮސްފައިވަނީ ނައިބު ރައީސް (ގޮފިތައް)، ނައިބު ރައީސް (ޢިލްމީ)، ސެކްރެޓަރީ އަދި އެސިސްޓެންޓް ސެކްރެޓަރީގެ މަޤާމުތަކެވެ. އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އިންތިޚާބު ކޮމިޓީގެ ލަފައާއެކު، އަދި ކެންޑިޑޭޓުންގެ އެއްބަސްވުމާވެސް އެކު 01 ނޮވެންބަރ 2018 ވާ ބުރާސްފަތި ދުވަހުގައެވެ.


ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 10:00ން ރޭގަނޑު 08:00 އަށެވެ. މާލޭ ކެމްޕަހުން ވޯޓުފޮށި ބެހެއްޓުމަށް އަދި ހަމަޖެހިފައިވަނީ ސެންޓްރަލް އޭރިއާ، އެމް.އެން.ޔޫ.ބީ.އެސް އަދި އެފް.އެޗް.އެސް/އެސް.އެން ގައެވެ. މީގެ އިތުރުން 4 އަތޮޅު ކެމްޕަހުގައިވެސް (ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ އަދި އައްޑޫ ސިޓީ ހިތަދޫ) ވޯޓުފޮށި ބެހެއްޓޭނެއެވެ.
– ގުރުއަތުލުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
އިންތިޚާބުގެ ކެންޑިޑޭޓް ނަންބަރ ތަރުތީބުކުރުމާއި ކެންޑިޑޭޓުންނަށް މައުލޫމާތުދިނުމާއި ކެންޑިޑޭޓުންނާ އިންތިޚާބު ކޮމިޓީ ބައްދަލުކުރުން ކުރިއަށް ގެންދިޔައީ 25 އޮކްޓޯބަރ 2018ވާ ބުރާސްފަތިދުވަހުގެރޭ 08:30ގައި އެމް.އެން.ޔޫ.އެސް.ޔޫ އޮފީހުގައެވެ.
އިންތިޚާބު ކޮމިޓީގައި ހިމެނެނީ:
- ޙުސައިން ޢަލީ (ރައީސް) – ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ
- އިބްރާހީމް ޣާނިމް {އެކަޑަމިކް ސެނަޓް މެންބަރ (އަންޑަރގްރެޖުއޭޓް)} – ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ
- މަރިޔަމް ޝަފަޤް – ސްކޫލް އޮފް ނާރސިންގ
މި ބައްދަލުކުރެއްވުމުގައި ކެންޑިޑޭޓުންނަށް އިންތިޚާބުގެ މަޢުލޫމާތު ދިނުމާއި، ކެންޑިޑޭޓުންގެ ސުވާލުތަކަށް ޖަވާބުދިނުމުގެ ކަންކަން އިންތިޚާބު ކޮމިޓީގެ ފަރާތުން ކުރިއަށް ގެންގޮސްފައިވެއެވެ.
އިންތިޚާބަކަށްދާ މަޤާމުތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މަޢުލޫމާތު ތިރީގައި އެވަނީ އެވެ.
ނައިބު ރައީސް (ގޮފިތައް):
ކެންޑިޑޭޓް ނަންބަރ 1: އާމިނަތު ނަޒީހާ (ސޭފްވޭ / ށ. ކޮމަންޑޫ) – ބެޗްލަރސް އޮފް ނާރސިންގ (ސްކޫލް އޮފް ނާރސިންގ)
ކެންޑިޑޭޓް ނަންބަރ 2: ޢަލީ ޝަމްޢޫން (ޝަމާ / ގަން، ތުނޑި) – ބެޗްލަރސް އޮފް ސިވިލް އިންޖިނިއަރިންގ (ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ)
ނައިބު ރައީސް (ޢިލްމީ):
ކެންޑިޑޭޓް ނަންބަރ 1: ޢާއިޝަތު އީނާސް (ރަންކޮކާގެ / ތ. ވޭމަންޑޫ) – ބެޗްލަރސް އޮފް ނާރސިންގ (ސްކޫލް އޮފް ނާރސިންގ)
ކެންޑިޑޭޓް ނަންބަރ 2: އާދަމް ރުޝްދީ (ވީވަރު / ށ. މާއުނގޫދޫ) – މާސްޓަރސް އޮފް އެޑިއުކޭޝަން (ލީޑަރޝިފް އެންޑް މެނޭޖްމަންޓް) – (ފެކަލްޓީ އޮފް އެޑިއުކޭޝަން)
ސެކްރެޓަރީ:
ކެންޑިޑޭޓް ނަންބަރ 1: ފާޠިމަތު ޝަޒްނާ (ދޫރެސް / ނ. ކެނދިކުޅުދޫ) – ބެޗްލަރސް އޮފް ނާރސިންގ (ސްކޫލް އޮފް ނާރސިންގ)
ކެންޑިޑޭޓް ނަންބަރ 2: އަނާ އަޙްމަދު (ސަރިންދާގެ / ށ. ފޯކައިދޫ) – ބެޗްލަރސް އޮފް ޓީޗިންގ ޕްރައިމަރީ (ފެކަލްޓީ އޮފް އެޑިއުކޭޝަން)
އެސިސްޓެންޓް ސެކްރެޓަރީ:
ކެންޑިޑޭޓް ނަންބަރ 1: ޝަހީދާ އިބްރާހީމް (އޮއިވަރު / ހދ. ކުޅުދުއްފުށި) – ބެޗްލަރސް އޮފް ނާރސިންގ (ސްކޫލް އޮފް ނާރސިންގ)
ކެންޑިޑޭޓް ނަންބަރ 2: އާމިނަތު ރައުދާ (މަޙަލް / ނ. މިލަދޫ) – ބެޗްލަރސް އޮފް އެކައުންޓިންގ އެންޑް ފިނޭންސް (އެމް.އެން.ޔޫ ބިޒްނަސް ސްކޫލް)
ވީމާ، އެމް.އެން.ޔޫގެ ހުރިހާ ދަރިވަރުންވެސް މި ވޯޓުގައި ބައިވެރިވެ، ވޯޓުލުމުގެ ޙައްޤު އަދާކުރުމަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ވަރަށް ބޮޑު އެދުމެކެވެ.
ލިޔުނީ: މުޙައްމަދު ޝާން ޢާމިރު، މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ