ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ 7 ވަނަ ދައުރުގެ ހިންގާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރުމަށް ބޭއްވުނު ޢާންމު އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފިއެވެ. ޖުމްލަ 9 ފޮށި ބެހެއްޓުނު މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ކޮންމެ މަޤާމަކަށްވެސް ހޮވިފައިވަނީ ކެނޑިޑޭޓު ނަންބަރު 2 އެވެ. މި އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކުރެވިފައިވަނީ ބުރާސްފަތިދުވަހުގެރޭ 01.00ގައެވެ.
ވަގުތީ ނަތީޖާ:
ނައިބު ރައީސް (ޢިލްމީ)
- ޢާއިޝަތު އީނާސް: 239، %22.81
02. އާދަމް ރުޝްދީ: 809، %77.19
ޞައްޙަ ވޯޓު: 1048
ބާޠިލު ވޯޓު: 9
ވޯޓުލީ މީހުންގެ ޢަދަދު: 1057
ނައިބު ރައީސް (ގޮފިތައް)
- އާމިނަތު ނަޒީހާ: 215، %20.55
02. ޢަލީ ޝަމްޢޫން: 831، %79.45
ޞައްޙަ ވޯޓު: 1046
ބާޠިލު ވޯޓު: 11
ވޯޓުލީ މީހުންގެ ޢަދަދު: 1057
ސެކްރެޓަރީ
- ފާޠިމަތު ޝަޒްނާ: 229، %21.85
02. އަނާ އަޙްމަދު: 819، %78.15
ޞައްޙަ ވޯޓު: 1048
ބާޠިލު ވޯޓު: 9
ވޯޓުލީ މީހުންގެ ޢަދަދު: 1057
އެސިސްޓެންޓް ސެކްރެޓަރީ
- ޝަހީދާ އިބްރާހީމް: 229، %21.81
02. އާމިނަތު ރައުދާ: 821، %78.19
ޞައްޙަ ވޯޓު: 1050
ބާޠިލު ވޯޓު: 7
ވޯޓުލީ މީހުންގެ ޢަދަދު: 1057
މާލޭ ކެމްޕަހުގެ ވޯޓު ގުނުން ކުރިއަށް ގެންގޮސްފައިވަނީ އެމް.އެން.ޔޫ ސީ.އޭ އޮޑިޓޯރިއަމްގައެވެ. މާލޭ ކެމްޕަހުގެ ވޯޓު ގުނުން ރޭގަނޑު 08:00ން ފަށައިގެން ދަންވަރު 01:00 އާ ހަމައަށް ދެމިގެންދިޔައެވެ. އަތޮޅު ކެމްޕަސްތަކުގައި (ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ، އައްޑޫ ސިޓީ ހިތަދޫ) ނަތީޖާ އިޢުލާންކުރެވުނީ އެ ކެމްޕަހެއްގައި ވޯޓު ގުނުމަށްފަހު ހަމަ އެ ކެމްޕަހުގައެވެ.
މި އިންތިޚާބަކީ، އެމް.އެން.ޔޫ.އެސް.ޔޫގެ 4 މަޤާމެއް އިންތިޚާބުކުރުމަށް ބޭއްވުނު އިންތިޚާބެކެވެ. އެއީ ނައިބު ރައީސް (ގޮފިތައް)، ނައިބު ރައީސް (ޢިލްމީ)، ސެކްރެޓަރީ އަދި އެސިސްޓެންޓް ސެކްރެޓަރީގެ މަޤާމުތަކެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި މަޤާމުތަކަށް ހޮވިފައިވާ ބޭފުޅުން ތިރީގައި އެވަނީއެވެ:
ނައިބު ރައީސް (ގޮފިތައް): ޢަލީ ޝަމްޢޫން
ނައިބު ރައީސް (ޢިލްމީ): އާދަމް ރުޝްދީ
ސެކްރެޓަރީ: އަނާ އަޙްމަދު
އެސިސްޓެންޓް ސެކްރެޓަރީ: އާމިނަތު ރައުދާ
މި އިންތިޚާބުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޖުމްލަ 1057 ދަރިވަރަކު ވަނީ ވޯޓުލާފައެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާއާ މާބޮޑު ފަރަގެއް ރަސްމީ ނަތީޖާއިން ދައްކާނެކަމަށް ނުބެލެވޭކަމަށާއި، ރަސްމީ ނަތީޖާ މާދަމާގެ ވަގުތެއްގައި އިޢުލާނު ކުރުމަށް މަސައްކަތްކުރައްވާކަމަށް އިންތިޚާބު ކޮމިޓީގެ ރައީސް މަޢުލޫމާތުދެއްވިއެވެ.
ލިޔުނީ: މުޙައްމަދު ޝާން ޢާމިރު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ