ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން ދޭ އެންމެ މަތީ ޝަރަފު، ”އެމް.އެން.ޔޫ.އެސް.ޔޫ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާ“ގެ ލަޤަބުފުޅު އިތުރު 10 ފަރާތަކަށް އަރުވައިފިއެވެ.
05 ނޮވެންބަރ 2018ވީ ހޯމަ ދުވަހުގެރޭ، ދަރިވަރުންގެ ޔޫނިއަންގެ 7 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާޙުކުރުމަށް ބޭއްވުނު ޙަފްލާގައި މި ޝަރަފު 10 ބޭފުޅުންނަށް އަރުވާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފެވެ.


އެ 10 ބޭފުޅުންނަކީ:
- އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ނައިބު ރައީސް (ގޮފިތައް):
އަލްފާޟިލް ޙުސައިން ޢަބްދުﷲ، އާބަހާރު / ނ. ހެނބަދޫ - އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ މީޑިއާ ކޯޑިނޭޓަރ:
އަލްފާޟިލާ އާމިނަތު އަރޫޝާ، ސިލްވަރީހައުސް / ހއ. ބާރަށް - އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ އެސިސްޓެންޓް ސެކްރެޓަރީ އަދި ޚަޒާންދާރު:
އަލްފާޟިލް އިބްރާހީމް ޙަނީފް، ހ. އެމް.އެން ވިލާ / މާލެ - އެމް.އެން.ޔޫ.އެސް.ޔޫގެ އެޑްވައިޒަރީ ބޯޑުގެ މެންބަރ އަދި ކުރީގެ ނައިބު ރައީސް (ގޮފިތައް):
އަލްފާޟިލް ޙުސައިން ޢަލީ، ނޫރާނީމާގެ / ނ. ހެނބަދޫ - ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރ:
އޮނަރަބަލް ޢަބްދުﷲ ރިފާޢު - އެމް.އެން.ޔޫ ޑީން އޮފް ސްޓޫޑެންޓްސް:
އަލްފާޟިލާ ނާދިޔާ އަޙްމަދު، މ. ޠާއިފް / މާލެ - އެމް.އެން.ޔޫ ޑެޕިއުޓީ ވައިސް ޗާންސެލަރ:
އަލްފާޟިލާ ޢާއިޝަތު ޝާހީން، މއ. ވިލާރޮދި / މާލެ - އެމް.އެން.ޔޫ ޑެޕިއުޓީ ވައިސް ޗާންސެލަރ:
ޑރ. މުޢާވިޔަތު މުޙައްމަދު، މ. ޒޭވަރު / މާލެ - އެމް.އެން.ޔޫ ޗާންސެލަރ:
ޑރ. މުޙައްމަދު ލަޠީފް، މއ. ކިނބި / މާލެ - އެމް.އެން.ޔޫ ވައިސް ޗާންސެލަރ:
ޑރ. ޢަލީ ފަވާޒް ޝަރީފް، މ. ވެލަނގިލި / މާލެ


މީގެ ކުރިންވެސް މި ޝަރަފުވަނީ 2 ފަހަރެއްގެ މަތިން (ގޮފިތައް އިފްތިތާޙުކުރުމުގެ ޙަފްލާ އަދި ޝަރަފުވެރިންގެ ޙަފްލާ) 3 ބޭފުޅަކަށް އެރުވިފައެވެ.
ލިޔުނީ: މުޙައްމަދު ޝާން ޢާމިރު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ