Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Home ހަރަކާތް

އެމް.އެން.ޔޫ.އެސް.ޔޫގެ 7 ވަނަ ދައުރުގެ ހިންގާ ކޮމިޓީ، ވައިސް ޗާންސެލަރ އިފްތިތާހުކޮށްދެއްވައިފި

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2018-11-11
in ހަރަކާތް, ޚަބަރު
އެމް.އެން.ޔޫ.އެސް.ޔޫގެ 7 ވަނަ ދައުރުގެ ހިންގާ ކޮމިޓީ، ވައިސް ޗާންސެލަރ އިފްތިތާހުކޮށްދެއްވައިފި

05 ނޮވެންބަރ 2018ވީ ހޯމަދުވަހުގެރޭ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ (އެފް.އީ) އޮޑިޓޯރިއަމްގައި ބޭއްވުނު ޙަފްލާއެއްގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ 7 ވަނަ ދައުރުގެ ހިންގާ ކޮމިޓީ، އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް އިފްތިތާޙުކޮށްދެއްވައިފިއެވެ.

ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ޝުޢައިބް މުޙައްމަދު، އެމް.އެން.ޔޫ.އެސް.ޔޫ

މި ޙަފްލާ ފެށުނީ އެރޭ 08:45ގައި ކަމަށްވާއިރު، ޙަފްލާގައި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގެ 6 ވަނަ ދައުރުގެ ފަރާތުން ވަނީ އެ ދައުރުގެ ތެރޭގައި ޔޫނިއަންއަށް އެކިގޮތްގޮތުން އެހީތެރިވެދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އިނާމު ދީފައެވެ.

މި ޙަފްލާ ފެށިގެން ގޮސްފައިވަނީ ކީރިތި ޤުރްއާނުގެ ބަރަކާތުންނެވެ. ޤުރްއާން ކިޔެވީ އެމް.އެން.ޔޫގެ ސެންޓަރ ފޯ ފައުންޑޭޝަން (ސީ.އެފް.އެސް)ގެ ދަރިވަރު ދިމްޝާ ޙަސަން އެވެ. އަދި ޙަފްލާ ތަޢާރަފްކޮށްދީފައިވަނީ އެފް.އީގެ ދަރިވަރު މުޙައްމަދު އަބޫބަކުރެވެ.

ޙަފްލާ ފެށުމަށްފަހު އެންމެ ފުރަތަމަ ކުރިއަށްދިޔައީ، އެމް.އެން.ޔޫ.އެސް.ޔޫގެ 6 ވަނަ ދައުރުގެ ފައިސާ އާއި ޚަރަދުތަކުގެ ތަފްސީލު ބަޔާންކޮށްދިނުމެވެ. ތަފްޞީލު ދެއްވާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ޚަޒާންދާރު ޢަބްދުﷲ ޝަހުނީޒެވެ.

 

އިސްވާރުންގެ އިނާމު | ފޮޓޯ: ޝުޢައިބް މުޙައްމަދު، އެމް.އެން.ޔޫ.އެސް.ޔޫ
އިސްވާރުންގެ އިނާމު | ފޮޓޯ: ޝުޢައިބް މުޙައްމަދު، އެމް.އެން.ޔޫ.އެސް.ޔޫ
އިސްވާރުންގެ އިނާމު | ފޮޓޯ: ޝުޢައިބް މުޙައްމަދު، އެމް.އެން.ޔޫ.އެސް.ޔޫ

އެއަށްފަހު، ދަރިވަރުންގެ ޔޫނިއަންއަށް 2018ވަނަ އަހަރުގެތެރޭގައި އެކިގޮތްގޮތުން އެހީތެރިވެ އެއްބާރުލުންދީފައިވާ ދަރިވަރުންގެ އަގު ވަޒަންކުރުމުގެ ގޮތުންދެވޭ ”އިސްވާރުންގެ އިނާމު“ ޙަވާލުކުރެވުނެވެ. ޖުމްލަ 69 ދަރިވަރުންނަށް މި އިނާމު ދެވުނުއިރު، އިނާމުތައް ޙަވާލުކޮށްދެއްވާފައިވަނީ، އެމް.އެން.ޔޫ ކައުންސިލްގައި ދަރިވަރުން ތަމްސީލުކުރާ މެންބަރ އަލްއުސްތާޛް ޢަލީ ރަޝީދާއި، ފިއުލް އެކްސްޕްރެސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝިހާބާއި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރ އޮނަރަބަލް ޢަބްދުﷲ ރިފާޢުގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއިން ކިންގްޑަމް އޮފް ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، ހިޒް އެކްސެލެންސީ މުޙައްމަދު ނަޝީދު އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެޑްވައިޒަރީ ބޯޑުގެ މެންބަރ އަލްފާޟިލް ޢަލީ އަމީރެވެ.

އެއަށްފަހު، އެމް.އެން.ޔޫ.އެސް.ޔޫގެ 6 ވަނަ ދައުރު ހިންގާފައިވާ ޙަރަކާތްތަކުގެ މަޢުލޫމާތު ދެވުނެވެ. މި މަޢުލޫމާތު ދެއްވާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (ޢިލްމީ) އާދަމް ރުޝްދީއެވެ.

ނައިބު ރައީސް (ޢިލްމީ) | ފޮޓޯ: ޝުޢައިބް މުޙައްމަދު، އެމް.އެން.ޔޫ.އެސް.ޔޫ

މި ރަސްމިއްޔާތުގައި ދެން ކުރިއަށްދިޔައީ ”ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު“ ދިނުމެވެ. މި އިނާމު ޖުމްލަ 11 ފަރާތަކުން ޙާޞިލުކުރިއެވެ.

އެއަށްފަހު، އެމް.އެން.ޔޫ.އެސް.ޔޫގެ 6 ވަނަ ދައުރުގެ މީޑިއާގެ މަޢުލޫމާތުތައް އެމް.އެން.ޔޫ.އެސް.ޔޫގެ މީޑިއާ ކޯޑިނޭޓަރ މުޙައްމަދު ޝާން ޢާމިރު ޙިއްސާކުރެއްވިއެވެ.

މީގެ އިތުރުން މި ޙަފްލާގައި މަރްޙޫމް އަޙްމަދު މުޙައްމަދުގެ ހަނދާނުގައިދެވޭ އިނާމު ޖުމްލަ 7 ފަރާތަކަށްދެވުނުއިރު، މުޅީން އަލަށް ތަޢާރަފު ކުރެވުނު، ”ޑީންސް އިނާމު“ އެމް.އެން.ޔޫގެ 4 ޑީންއަކަށް ދެވުނެވެ. އެއީ:

  • ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ހެޑް އޮފް ސެންޓަރ:
    އަލްފާޟިލް މުޙައްމަދު ދީދީ، މ. ނިޔަނދުރުގެ / މާލެ
  • ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީން:
    އަލްފާޟިލާ ޢާއިޝަތު ޝާހީން އިސްމާޢީލް، މއ. ބޯގަންވިލާ / މާލެ
  • އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ޑީން:
    އަލްފާޟިލް ޢަބްދުއްރަޙްމާން މުބާރަކް، މ. އާދިއްލީގެ / މާލެ
  • ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން:
    އަލްފާޟިލާ މަރިޔަމް ފިޒާނާ ރަޝީދު، މ. ޒޭވަރު / މާލެ

ޑީންސް އެވޯޑު | ފޮޓޯ: ޝުޢައިބް މުޙައްމަދު، އެމް.އެން.ޔޫ.އެސް.ޔޫ
ޑީންސް އެވޯޑު | ފޮޓޯ: ޝުޢައިބް މުޙައްމަދު، އެމް.އެން.ޔޫ.އެސް.ޔޫ

ޑީންސް އިނާމަކީ، ދަރިވަރުންގެ ޔޫނިއަންއަށް ތަފާތު ގޮތްގޮތުން އެހީތެރިވެ، ދަރިވަރުންގެ ޔޫނިއަންގެ ޙަރަކާތްތަކަށް ފުރިހަމަ އެއްބާރުލުމެއް ދެއްވާފައިވާ އެމް.އެން.ޔޫގެ ފެކަލްޓީތަކުގެ ޑީނުންނަށް ދެވޭ އިނާމެކެވެ. ޑީންސް އިނާމު ޙަވާލުކޮށްދެއްވީ އެމް.އެން.ޔޫގެ ޗާންސެލަރ ޑރ. މުޙައްމަދު ލަޠީފެވެ.

އެއަށްފަހު މި ޙަފްލާގައި ކުރިއަށްދިޔައީ އެމް.އެން.ޔޫ.އެސް.ޔޫގެ 7 ވަނަ ދައުރުގެ މެންބަރުންނަށް މަޤާމު ޙަވާލުކުރެއްވުމެވެ. މަޤާމުތައް ޙަވާލުކޮށްދެއްވީ ޙަފްލާގެ ޝަރަފްވެރި މެޙްމާން އެމް.އެން.ޔޫ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފެވެ.

އަލްފާޟިލް މުޙައްމަދު ޝިފާން | ފޮޓޯ: ޝުޢައިބް މުޙައްމަދު، އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫގެ 7 ވަނަ ދައުރުގެ ހިންގާ ކޮމިޓީ:

  • ރައީސް: އަރުޝަދު އަޝްރަފް
  • ނައިބު ރައީސް (ޢިލްމީ): އާދަމް ރުޝްދީ
  • ނައިބު ރައީސް (އަމަލީ): ޙަސަން ޝާހު
  • ނައިބު ރައީސް (ގޮފިތައް): ޢަލީ ޝަމްޢޫން
  • ޚަޒާންދާރު: ޢަބްދުﷲ ޝަހުނީޒް
  • ސެކްރެޓަރީ: އަނާ އަޙްމަދު
  • އެސިސްޓެންޓް ސެކްރެޓަރީ: އާމިނަތު ރައުދާ
  • މީޑިއާ ކޯޑިނޭޓަރ: މުޙައްމަދު ޝާން ޢާމިރު

 

މި ރަސްމިއްޔާތުގައި، އެމް.އެން.ޔޫ.އެސް.ޔޫގެ 7 ވަނަ ދައުރުގެ ރައީސް އަރުޝަދު އަޝްރަފްގެ އިތުރުން، ޝަރަފުވެރިކަމުގެ އިނާމު ޙާޞިލުކުރެއްވި ބޭފުޅެއްގެ ޙައިޞިއްޔަތުން އަލްފާޟިލް މުޙައްމަދު ޝިފާންވެސް ވަނީ ވާހަކަދައްކަވާފައެވެ. އަދި މީގެ އިތުރުން ޝަރަފްވެރި މެޙްމާން، ޑރ. ޢަލީ ފަވާޒް ޝަރީފްވެސް ވާހަކަ ދެއްކެވިއިރު، ޝަރަފްވެރި މެޙްމާންގެ ވާހަކަފުޅުގައި، އެމް.އެން.ޔޫ.އެސް.ޔޫގެ 6 ވަނަ ދައުރުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތަޢުރީފުކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދައުރުގައި ޔޫނިއަންގެ ހިންގުން އިތުރަށް ފުޅާކޮށް، އިތުރު ޙަރުފަތަކަށް ގެންދާނެކަމުގެ ނުވަތަ ”ލެވަލް އަޕް“ކޮށްލުމުގެ އުއްމީދު ވަރަށް ބޮޑުކަމަށްވަނީ ވިދާޅުވެފައެވެ.

ޝަރަފްވެރި މެޙްމާން | ފޮޓޯ: ޝުޢައިބް މުޙައްމަދު

މި ޙަފްލާގައި، ދަރިވަރުންގެ ޔޫނިއަން އިން ދޭ އެންމެ މަތީ ޝަރަފުކަމަށްވާ ”އެމް.އެން.ޔޫ.އެސް.ޔޫ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާ“ގެ ލަޤަބު ޖުމްލަ 10 ފަރާތަކަށް އެރުވުނުއިރު، 2018 ވަނަ އަހަރުގެ އެންމެ ޙަރަކާތްތެރި ގޮފިތަކަށްވެސް ވަނީ އިނާމު ޙަވާލުކުރެވިފައެވެ.

 

ލިޔުނީ: މުޙައްމަދު ޝާން ޢާމިރު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

”އެމް.އެން.ޔޫ.އެސް.ޔޫ ރޯދަ ރަން“ މިއަދު ފަށައިފި!

”އެމް.އެން.ޔޫ.އެސް.ޔޫ ރޯދަ ރަން“ މިއަދު ފަށައިފި!

2021-04-17
ޝެޓްސްގެ ފަރާތުން ރަމަޟާންމަހަށް ޚާއްޞަކޮށްގެން ތާރީޚީ މުޅިން އައު ޝޯއެއް

ޝެޓްސްގެ ފަރާތުން ރަމަޟާންމަހަށް ޚާއްޞަކޮށްގެން ތާރީޚީ މުޅިން އައު ޝޯއެއް

2021-04-15
އެމް.އެން.ޔޫ.އެސް.ޔޫ އެސް.އެސް.އެލް ޤުރުއާން ކިޔެވުމުގެ މުބާރާތް 1442 ގައި އެފް.އީ އިން ބައިވެރިވެއްޖެ

އެމް.އެން.ޔޫ.އެސް.ޔޫ އެސް.އެސް.އެލް ޤުރުއާން ކިޔެވުމުގެ މުބާރާތް 1442 ގައި އެފް.އީ އިން ބައިވެރިވެއްޖެ

2021-04-15
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން މެޑިކޯސް، ހީލާރސް އަދި ނިއަރެސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމާލައިފި!

ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން މެޑިކޯސް، ހީލާރސް އަދި ނިއަރެސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމާލައިފި!

2021-04-15
އެމް.އެން.ޔޫ.އެސް.ޔޫއާއި އެސް.އެސް.އެލްގެ އައު ހިންގާ ކޮމިޓީ ބައްދަލުކޮށްފި

އެމް.އެން.ޔޫ.އެސް.ޔޫއާއި އެސް.އެސް.އެލްގެ އައު ހިންގާ ކޮމިޓީ ބައްދަލުކޮށްފި

2021-04-14
އެމް.އެން.ޔޫ.އެސް.ޔޫ ރަމަޟާން ކުއިޒް 1442 ތަފާތު ގޮތަކަށް!

އެމް.އެން.ޔޫ.އެސް.ޔޫ ރަމަޟާން ކުއިޒް 1442 ތަފާތު ގޮތަކަށް!

2021-04-14
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab