Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ޚަބަރު

މިލްކުކުރި 2 ތަށްޓާއެކު އެމް.އެން.ޔޫ ތާރީޚުގެ ތެރެއަށް

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2019-04-01
in ޚަބަރު
މިލްކުކުރި 2 ތަށްޓާއެކު އެމް.އެން.ޔޫ ތާރީޚުގެ ތެރެއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ”އިންޓަރ ކޮލެޖު / ޔުނިވަރސިޓީ ވޮލީބޯޅަ މުބާރާތް 2019″ގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެވެސް ޗެމްޕިއަންކަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހޯދައިފިއެވެ. މިއީ މި މުބާރާތް އެމް.އެން.ޔޫގެ އަންހެން އަދި ފިރިހެން ޓީމުންވެސް ވިދިވިދިގެން ކާމިޔާބު ކުރި 3 ވަނަ ފަހަރުކަމަށްވުމާއެކު، މުބާރާތުގެ 2 ޑިވިޝަނުގެ ތަށިވެސް އެމް.އެން.ޔޫ އިން މިވަނީ މިލްކުކޮށްފައެވެ. މިގޮތުން 2016 އަދި 2017 ވަނަ އަހަރުވެސް 2 ޑިވިޝަނުގެ ތަށި އެމް.އެން.ޔޫ އިން އުފުލާލިއިރު، 2018 ވަނަ އަހަރު މި މުބާރާތް ބާއްވާފައެއް ނުވެއެވެ.

އެމް.އެން.ޔޫގެ އަންހެން ޓީމު މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. 30 މާރިޗު 2019 ވީ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގައި ކުޅެވުނު އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި އެމް.އެން.ޔޫ ބައްދަލުކުރީ ސައިރެކްސް ކޮލެޖާއެވެ. މި މެޗު 3 ސެޓު 1 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ތަށި އެމް.އެން.ޔޫ ޓީމުން އުފުލާލިއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެމްއެންޔޫ ޓީމުގެ ކެޕްޓަން އާމިނަތު ޝަހާ ޝާމިން އެވެ. މުބާރާތުގެ މި ޑިވިޝަނުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި އެމް.އެން.ޔޫ ޓީމުގެ 4 ކުޅުންތެރިޔަކު ވަނީ ހިމެނިފައެވެ. އެއީ އާމިނަތު ޝަހާ ޝާމިން، ޝަމްހާ ރިޔާޒް، ޝަފްނާ އިބްރާހީމް އަދި ފަޒްލާ އަބޫބަކުރެވެ.

އެމް.އެން.ޔޫ އަންހެން ވޮލީބޯޅަ ޓީމާއި އެމް.އެން.ޔޫ މެނޭޖްމަންޓްގެ ބައެއް ބޭފުޅުން އަދި އެމް.އެން.ޔޫ.އެސް.ޔޫ ހިންގާ ކޮމިޓީ މެންބަރުން

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރި އެމް.އެން.ޔޫގެ ޓީމު ފައިނަލަށް ދަތުރުކުރީ ގްރޫޕްގެ 2 ވަނަ ހޯދުމަށްފަހު ސެމީ ފައިނަލު ކުޅެ އެ މެޗު ކާމިޔާބުކޮށްގެންނެވެ. ގްރޫޕް ސްޓޭޖް މެޗުތަކުގައި ސައިރިކްސް ކޮލެޖާއި އެމް.އައި ކޮލެޖުގެ މައްޗަށް އެމް.އެން.ޔޫގެ ޓީމު ވަނީ ކުރިހޯދާފައެވެ. އެހެން ނަމަވެސް، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވިލާ ކޮލެޖާ ބައްދަލުކޮށް، ވާދަވެރި ކުޅުމަކަށްފަހު މެޗުން ބަލިވީ 3 ސެޓު 2 ސެޓުންނެވެ. ސެމީ ފައިނަލުގައި އެމް.އެން.ޔޫ ޓީމު ބައްދަލުކުރީ ގްރޫޕް ސްޓޭޖުގެ 3 ވަނަ ހޯދި ސައިރިކްސް ކޮލެޖާއެވެ. 29 މާރިޗު 2019ވީ ހުކުރުދުވަހުގެރޭ 08.00ގައި ކުޅެވުނު މި މެޗު އެމް.އެން.ޔޫ އިން ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ. ފިރިހެން ޑިވިޝަނުގެ ފައިނަލު މެޗު ކުޅުނީ 30 މާރިޗު 2019ވީ ހޮނިހިރުދުވަހުގެރޭ 08.30ގައެވެ. ފައިނަލުގައި ވިލާ ކޮލެޖާ ބައްދަލުކުރި ފޯރިގަދަ މެޗު އެމް.އެން.ޔޫ އިން ކާމިޔާބު ކުރީ 3 ސެޓު 2 ސެޓުންނެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އެމް.އެން.ޔޫގެ ޝަމާއީލް ޙުސައިން އެވެ. މި ޑިވިޝަނުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި އެމް.އެން.ޔޫގެ 3 ކުޅުންތެރިޔަކު ވަނީ ހިމެނިފައެވެ. އެއީ ޝަމާއީލް ޙުސައިން، މުހައްމަދު ޝަމްވީލް އަދި މުހައްމަދު ޝާމް އެވެ.

އެމް.އެން.ޔޫގެ ޓީމުތަކުން މި މުބާރާތް ކާމިޔާބުކޮށްފައިވާއިރު، އެމް.އެން.ޔޫގެ ދަރިވަރުންވަނީ ކޮންމެ މެޗެއްގައިވެސް، ޓީމަށް ޖޯޝުން ފުރިގެންވާ އަދި އެހެން ޓީމުތަކުގެ ސަޕޯޓަރުން ނަމޫނާ ލިބިގަންނަންޖެހޭ ފަދަ ސަޕޯޓެއް ދީފައެވެ. މީގެ އިތުރުން، އެމް.އެން.ޔޫ ޓީމުތަކުން ކުޅުނު މެޗުތައް ބައްލަވާލެއްވުމަށް އެމް.އެން.ޔޫގެ ޗާންސެލަރ ޑރ. މުޙައްމަދު ލަޠީފް، ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް، ޑެޕިއުޓީ ވައިސް ޗާންސެލަރުން އަލްފާޟިލާ ޢާއިޝަތު ޝާހީން އަދި ޑރ. މުޢާވިޔަތު މުޙައްމަދު، ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލާ ނާދިޔާ އަޙްމަދުގެ އިތުރުން މެނޭޖްމަންޓްގެ އެހެން ބޭފުޅުންނާއި ފެކަލްޓީތަކުގެ ޑީނުން ވަނީ ވަޑައިގެންފައެވެ. ޚާއްޞަގޮތެއްގައި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން އަލްފާޟިލާ މަރިޔަމް ފިޒާނާ ވަނީ އެމް.އެން.ޔޫ ޓީމުތަކުން ކުޅުނު ހުރިހާ މެޗެއް ބައްލަވާލެއްވުމަށް ވަޑައިގެންފައެވެ.


އެމް.އެން.ޔޫ ފިރިހެން ވޮލީބޯޅަ ޓީމާއި އެމް.އެން.ޔޫ މެނޭޖްމަންޓްގެ ބައެއް ބޭފުޅުން

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެވިފައިވަނީ ސޯޝަން ސެންޓަރުގެ އިންޑޯ ހޯލުގައެވެ. އެމް.އެން.ޔޫގެ އަންހެން އަދި ފިރިހެން ޓީމުން ވެސް ވޮލީ ބޯޅަ ތަށި މިލްކުކޮށް ރާއްޖޭގެ މަތީ ތަޢުލީމު ދާއިރާގެ ވޮލީބޯޅައިގެ ގަދަ ބާރަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީކަން މިވަނީ ބަހާއި ޢަމަލުން ދައްކާފައެވެ.


ލިޔުނީ: މުޙައްމަދު ޝާން ޢާމިރު
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ

Tags: post
އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

2022-08-12
ސީ.އެފް.އެސްގެ 2022 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

ސީ.އެފް.އެސްގެ 2022 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

2022-08-12
އެފް.އެޗް.އެސް އަށް މި ސެމިސްޓާއަށް އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފި

އެފް.އެޗް.އެސް އަށް މި ސެމިސްޓާއަށް އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފި

2022-08-12
އެމް.އެން.ޔޫ ދެ ވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

އެމް.އެން.ޔޫ ދެ ވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

2022-08-10
މެޑިކޯސްގެ ފަރާތުން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ދެވަނަ ކުއާޓާރ ހީލާރސްއާ ގުޅިގެން ކުރިއަށް ގެންގޮސްފި

މެޑިކޯސްގެ ފަރާތުން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ދެވަނަ ކުއާޓާރ ހީލާރސްއާ ގުޅިގެން ކުރިއަށް ގެންގޮސްފި

2022-08-09
ބީ.އެސް.އެސް.އޭ ފޮޓޯ ޗެލެންޖްގެ އެއްވަނަ ތައިބާ މުހައްމަދަށް!

ބީ.އެސް.އެސް.އޭ ފޮޓޯ ޗެލެންޖްގެ އެއްވަނަ ތައިބާ މުހައްމަދަށް!

2022-08-09
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab