Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް

2019 ވަނަ އަހަރުގެ މާލޭ ކެމްޕަހުގެ ގޮފިތައް ވައިސް ޗާންސެލަރ އިފްތިތާޙުކޮށްދެއްވައިފި

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2019-04-21
in ހަރަކާތް, ޚަބަރު
2019 ވަނަ އަހަރުގެ މާލޭ ކެމްޕަހުގެ ގޮފިތައް ވައިސް ޗާންސެލަރ އިފްތިތާޙުކޮށްދެއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ 2019 ވަނަ އަހަރުގެ މާލޭ ކެމްޕަހުގެ ގޮފިތައް އިފްތިތާޙުކޮށްދެއްވައިފިއެވެ. ގޮފިތައް އިފްތިތާޙުކުރުމަށް ބޭއްވުނު ރަސްމިއްޔާތު ބޭއްވުނީ 18 އެޕްރީލް 2019ވީ ބުރާސްފަތިދުވަހުގެރޭ 08.30ގައި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައެވެ.

މި ރަސްމިއްޔާތުގައި ގޮފިތަކުގެ ސެކްރެޓަރީންނަށް މަޤާމު ޙަވާލުކޮށްދެއްވާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސް އަދި އެމް.އެން.ޔޫ ކައުންސިލްގައި ދަރިވަރުން ތަމްސީލުކުރާ މެންބަރު އަލްއުސްތާޛް ޢަލީ ރަޝީދެވެ. މީޑިއާ ކޯޑިނޭޓަރުންނަށް މަޤާމު ޙަވާލުކޮށްދެއްވީ އެމް.އެން.ޔޫގެ ޑީން އޮފް ރީސާރޗް ޑރ. ރަޙީމާ ޢަބްދުލްރަޙްމާންކަމަށްވާއިރު، ޚަޒާންދާރުގެ މަޤާމަށް ހޮވުނު މެންބަރުންނަށް މަޤާމު ޙަވާލުކޮށްދެއްވީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން އަލްފާޟިލާ މަރިޔަމް ފިޒާނާ އެވެ. މީގެ އިތުރުން ނައިބު ރައީސް (އަމަލީ)ގެ މަޤާމަށް ހޮވުނު މެންބަރުންނަށް އެމް.އެން.ޔޫގެ އެގްޒެމިނޭޝަން ކޮންޓްރޯލަރ އަލްފާޟިލާ ފާޠިމަތު ނާޒިޔާ މަޤާމް ޙަވާލުކޮށްދެވިއިރު، ނައިބު ރައީސް (ޢިލްމީ)ގެ މަޤާމަށް ހޮވުނު މެންބަރުންނަށް މަޤާމު ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަސްއަދު އަލީ އެވެ. އަދި ގޮފިތަކުގެ ރައީސުން/ރައީސާއިންނަށް މަޤާމު ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާން، އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފެވެ.

ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ޝުޢައިބް މުޙައްމަދު، އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މި ރަސްމިއްޔާތުގައި ދަރިވަރުންގެ ޔޫނިއަންގެ މާލޭ ކެމްޕަހުގެ 10 ގޮފި އިފްތިތާހުކުރެވިފައިވާއިރު، މުޅީން އަލަށް އުފެދުނު ސްކޫލް އޮފް މެޑިސިންގެ ގޮފި މީގެ ތެރޭގައި ހިމެނެއެވެ.

ދަރިވަރުންގެ ޔޫނިއަންގެ ނައިބު ރައީސް (ގޮފިތައް) ޢަލީ ޝަމްޢޫން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައިވާއިރު، އެބޭފުޅާގެ ވާހަކައިގައި، ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އެވްރެޖް އުމުރު ހަގު ވާހަކަ ފާހަގަކުރެއްވިއެވެ. އަދި އުމުރުން ހަގުވުމަކީ އިސްވާރުކަން (ލީޑަރޝިޕް) ދެއްކުމަށް އޮތް ހުރަހެއް ނޫން ކަމާއި، ގޮފީގެ މެންބަރުން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ޝުޢައިބް މުޙައްމަދު، އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސް އަލްއުސްތާޛް ޢަލީ ރަޝީދުވެސް މި ރަސްމިއްޔާތުގައި ވާހަކަދެއްކެވިއިރު، އެ ބޭފުޅާގެ ވާހަކައިގައި އެމް.އެން.ޔޫ.އެސް.ޔޫ ކުރިއަރައިގެންދާތަން ފެނުމުން އުފާފުޅުވާކަމަށް ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ، ގޮފިތަކުން އުފެދޭ ދަރިވަރުންނަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގައި މަސައްކަތް ކުރެވޭނެ ފެންވަރުގެ މެންބަރުންކަމަށް ވިދާޅުވިއެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ދެވޭ 2 ވަނަ އަށް އެންމެ މަތީ ޝަރަފު، ”އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު“ 6 ފަރާތަކަށް މި ރަސްމިއްޔާތުގައި ދެވިފައިވާއިރު، އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ މަތީ ޝަރަފު، ”އެމް.އެން.ޔޫ.އެސް.ޔޫ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާ“ގެ ލަޤަބު 7 ފަރާތަކަށް ވަނީ އެރުވިފައެވެ. އަދި ހަމަ އެހެންމެ، އެމް.އެން.ޔޫ.އެސް.ޔޫ އިސްވާރުންގެ އިނާމު 7 ދަރިވަރަކަށް ވަނީ މި ރަސްމިއްޔާތުގައި ދެވިފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ އެމް.އެން.ޔޫ.އެސް.ޔޫގެ އަހަރީ ރިޕޯޓުގެ ވީޑިއޯވެސް ވަނީ މި ރަސްމިއްޔާތުގައި ދައްކާފައެވެ.

ދަރިވަރުންގެ ޔޫނިއަންގެ މުޅީން އާ ގޮތްޕެއް އުފެދުމަކީ ޔޫނިއަން އަށް ލިބުނު އިތުރު ކާމިޔާބެއްކަމަށް އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފް މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެންގެ އަމާޒަކީ ދަރިވަރުންގެ ޔޫނިއަން އަދި އެމް.އެން.ޔޫ އިތުރު ޙަރުފަތަކަށް ގެންދިއުން. އެކަމުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން.“


ރައީސް އަރުޝަދު އަޝްރަފް
ރައީސް އަރުޝަދު އަޝްރަފް | ފޮޓޯ: ޝުޢައިބް މުޙައްމަދު، އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

އިތުރަށް ވާހަކަ ދައްކަވަމުން އެބޭފުޅާ ފާހަގަކުރެއްވި ގޮތުގައި 2018 ވަނަ އަހަރު ތެރޭ އެމް.އެން.ޔޫ.އެސް.ޔޫ އިން ގިނަ ޙަރަކާތްތަކެއް ބޭއްވިކަމަށާއި، އުއްމީދަކީ 2019 ވަނަ އަހަރަކީ އަދި އެއަށްވުރެ ކާމިޔާބު އަހަރަކަށް ހެދުން ކަމަށެވެ.

ރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާން ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފްގެ ވާހަކަފުޅުގައި އެމް.އެން.ޔޫ.އެސް.ޔޫގެ މަސައްކަތްތަކަށްވަނީ ތަޢުރީފު ކުރައްވާފައެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތަކުގައި އަންހެން ދަރިވަރުން ގިނަ ކަމަށާއި، އެހެން ނަމަވެސް ގޮފިތަކުގެ ރައީސްކަމުގެ މަޤާމުގައި އަންހެން ދަރިވަރުން މަދުކަމުގެ އިޝާރާތެއްވަނީ ދެއްވާފައެވެ.

”އަޅުގަނޑަށް އެބަ ފެނޭ ގޮފިތަކުގެ 55 ނުވަތަ 65 އިންސައްތަ އަކީ އަންހެން ދަރިވަރުންކަން. އެހެން ނަމަވެސް އަޅުގަނޑަށް މަޤާމު ޙަވާލުކުރަން ޖެހުނީ ހަމަ އެންމެ 2 އަންހެން ދަރިވަރުންނަށް. މިކަން އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އިސްނަގައިގެން ރަނގަޅުކޮށްލުމަކީ އަޅުގަނޑުގެ އެދުމެއް.“


ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފު.
ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފް | ފޮޓޯ: ޝުޢައިބު މުޙައްމަދު، އެމް.އެން
ޔޫ.އެސް.ޔޫ މީޑިއާ

މި ރަސްމިއްޔާތުގައި ވައިސް ޗާންސެލަރ މަޤާމު ޙަވާލުކުރައްވާފައިވަނީ ރައީސްކަމުގެ މަޤާމަށް ހޮވުނު ދަރިވަރުންނަށެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ މާލޭ ކެމްޕަސް ގޮފިތައް 18 އެޕްރީލްގައި އިފްތިތާޙުކުރެވުނުއިރު، އަތޮޅުތެރޭ ކެމްޕަސްތަކުގެ ގޮފިތައް 20 އެޕްރީލް 2019ވާ ހޮނިހިރުދުވަހުގެރޭ އިފްތިތާޙުކުރުމަށް ވަނީ ތާވަލުކުރެވިފައެވެ.


ލިޔުނީ: މުޙައްމަދު ޝާން ޢާމިރު
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ

Tags: post
އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

2022-08-12
ސީ.އެފް.އެސްގެ 2022 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

ސީ.އެފް.އެސްގެ 2022 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

2022-08-12
އެފް.އެޗް.އެސް އަށް މި ސެމިސްޓާއަށް އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފި

އެފް.އެޗް.އެސް އަށް މި ސެމިސްޓާއަށް އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފި

2022-08-12
އެމް.އެން.ޔޫ ދެ ވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

އެމް.އެން.ޔޫ ދެ ވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

2022-08-10
މެޑިކޯސްގެ ފަރާތުން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ދެވަނަ ކުއާޓާރ ހީލާރސްއާ ގުޅިގެން ކުރިއަށް ގެންގޮސްފި

މެޑިކޯސްގެ ފަރާތުން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ދެވަނަ ކުއާޓާރ ހީލާރސްއާ ގުޅިގެން ކުރިއަށް ގެންގޮސްފި

2022-08-09
ބީ.އެސް.އެސް.އޭ ފޮޓޯ ޗެލެންޖްގެ އެއްވަނަ ތައިބާ މުހައްމަދަށް!

ބީ.އެސް.އެސް.އޭ ފޮޓޯ ޗެލެންޖްގެ އެއްވަނަ ތައިބާ މުހައްމަދަށް!

2022-08-09
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab