މިދިޔަ އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެންޕިއަން ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް(އެފް.އެލް.އައި.އެސް) ބަލިކޮށް ރޭގެ މެޗު ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ތުއަރިޒަމްއިން ކާމިޔާބު ކޮށްފިއެވެ.ރޭގެ މެޗު އެފް.އެޗް.ޓީ.އެސް ކާމިޔާބު ކުރީ ސީދާ ދެސެޓުންނެވެ. މިމެޗުގެ ސެޓުތައް އެފް.އެޗް.ޓީ.އެސް އިން ގެންދިޔައީ (25 -1 17، 25-17 ) އިންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އެފް.އެޗް.ޓީ.އެސް ގެ ޖާރޒީ ނަންބަރު 1 މުޙައްމްދު ހުސައިނެވެ.
ރޭގެ އިތުރު މެޗުތަކަށް ބަލާއިރު އެފް.އެލް.އައި.އެސް އަދި ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) ވާދަކޮށްފައިވެއެވެ. މިމެޗު އެފް.އެލް.އައި.އެސް ކާމިޔާބު ކުރީ ދެ ސެޓުންނެވެ. އަދި މެޗުގެ ސެޓުތައް އެފް.އެލް.އައި.އެސް އިންގެންދިޔައީ (25 – 08، 25 – 17) އިންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޖާރޒީ ނަންބަރު 12 ނަޝީދު އަބްދުﷲ އެވެ.


ފިރިހެން ޑިވިޝަނުގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައި ވަނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އެވެ. މި މެޗު ސީދާ ދެ ސެޓުން (27 – 25 ، 25 – 23) ގެންގޮސްގެން މެޗު ކާމިޔާބު ކޮށްފައި ވަނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްއެވެ. އަދި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސީ.އެފް.އެސްގެ ޖާރޒީ ނަންބަރު 11 އަޙުމަދު މާދިހް އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ އިތުރު މެޗުތައް ހުކުރު ހޮނިހިރު ދެދުވަހު އޮންނާނެއެވެ. އަދި ފައިނަލް މެޗު އޮންނާނީ 27 އޭޕްރީލް 2019 ވާ ހޮނިހިރު ދުވަހުގެ ރޭ 21.30 ގައި އެފް.އީ ޕީ.އީ ހޯލްގައެވެ.
މިއަހަރުގެ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ އެމް.އެން.ޔޫ.އެސް.ޔޫ.ގެ ފަރާތުން ސިލްސިލާ ގޮތެއްގައި ބާއްވާ 4 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތަކީ ފެކަލްޓީތަކުގެ އެންމެ ގިނަ އަދަދެއްގެ ޓީމު ވާދަކުރާ އަހަރެވެ. އެގޮތުން، ފިރިހެން ޑިވިޝަންގައި ޖުމްލަ 8 ޓީމެއް ވާދަކުރާއިރު، އަންހެން ޑިވިޝަނުގައި ޖުމްލަ 9 ޓީމެއް ވާދަކުރެއެވެ.
ލިޔުނީ: އަނޫފާ ޢަލީ
އެމް.އެން.ޔޫ.އެސް.ޔޫ
މީޑިއާ ޓީމް