Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް

އަންހެން ޑިވިޝަނުގެ ތަށި ބިޒްނަސް ސްކޫލުން ދިފާޢުކޮށްފި

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2019-05-03
in ހަރަކާތް, ޚަބަރު
އަންހެން ޑިވިޝަނުގެ ތަށި ބިޒްނަސް ސްކޫލުން ދިފާޢުކޮށްފި

MNUSU Inter Faculty Volleyball Tournament 2019 | Closing Ceremony | Photo: MNUSU Media | #MNU #MNUSU #MNUSUIFVBT19

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބޭއްވި ”އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2019″ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމް.އެން.ޔޫ ބިޒްނަސް ސްކޫލުން ހޯދައިފިއެވެ. 28 އެޕްރީލް 2019ވީ ހޮނިހިރުދުވަހުގެރޭ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޕީ.އީ ހޯލުގައި، ފެކަލްޓީ އޮފް ހެލްތު ސައިންސަސް އާ ބައްދަލުކޮށް 3 ސެޓު 1 ސެޓުން އެމް.އެން.ޔޫ.ބީ.އެސް މޮޅުވިއިރު، މިއީ އެމް.އެން.ޔޫ.ބީ.އެސް އިން ވިދިވިދިގެން މި ތަށި ހޯދި 2 ވަނަ ފަހަރެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓު އެމް.އެން.ޔޫ.ބީ.އެސް އިން 25-11ން ފަސޭހަކަމާއެކު ގެންދިޔައިރު، 2 ވަނަ ސެޓު 25-19ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެފް.އެޗް.އެސް އިން ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް، ދެން ކުޅެވުނު 2 ސެޓު 25-20 އަދި 25-08ން ކާމިޔާބުކޮށް އެމް.އެން.ޔޫ.ބީ.އެސް އިން ޗެމްޕިއަންކަން ހޯދިއެވެ. އެފް.އެޗް.އެސް އިން ފައިނަލަށް ދަތުރުކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ކުޅުނު 2 މެޗު ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގަ ހޯދިއިރު، ސެމީ ފައިނަލުގައި ސެންޓަރ ފޯ ފައުންޑޭޝަން (ސީ.އެފް.އެސް)އާ ބައްދަލުކޮށް މެޗު ކާމިޔާބުކޮށްފައިވަނީ 2-3 ސެޓުންނެވެ. އެމް.އެން.ޔޫ.ބީ.އެސް އަށް ސެމީ ފައިނަލުން ޖާގަ ލިބުނީ ގްރޫޕް ސްޓޭޖުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ގްރޫޕްގެ ރަނަރސްއަޕްގެ ގޮތުގައެވެ. ސެމީ ފައިނަލުގައި ސްކޫލް އޮފް ނާރސިންގ (އެސް.އެން)އާ ބައްދަލުކޮށް ފޯރިގަދަ މެޗަކަށްފަހު މެޗު ކާމިޔާބުކުރީ 3-2 ސެޓުންނެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމް.އެން.ޔޫ.ބީ.އެސްގެ ޖާރޒީ ނަންބަރ 5 ޝަމްހާ ރިޔާޒެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކ) އަދި އެފް.އީ.އެމްގެ މެނޭޖިން ޑިރެކްޓަރ | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

އަންހެން ޑިވިޝަނުގައި ޖުމްލަ 9 ޓީމެއް ވާދަކޮށްފައިވާއިރު ބައިވެރިވި ޓީމުތަކަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސް އަދި އެމް.އެން.ޔޫގެ ކައުންސިލްގައި ދަރިވަރުން ތަމްސީލުކުރާ މެންބަރ އަލްއުސްތާޛް އަލީ ރަޝީދެވެ.

ބައިވެރިވި ޓީމުތަކަށް ހަނދާނީ ލިޔުން ޙަވާލުކުރުމުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ


، މި ޑިވިޝަންގެ ގަދަ 6 ގައި ހިމެނިފައިވަނީ ސްކޫލް އޮފް ނާރސިންގެ ޖާރޒީ ނަންބަރ 7 ފާޠިމަތު މާހިޔާ، ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ޖާރޒީ ނަންބަރ 4 ޙަލީމަތު އުނޫޝާ، ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޖާރޒީ ނަންބަރ 01 ފާޠިމަތު އަޒްލީމާ އަދި ޖާރޒީ ނަންބަރ 08 ޝާމާ ޢަބްދުއްޞަމަދު، އެމް.އެން.ޔޫ.ބީ.އެސްގެ ޖާރޒީ ނަންބަރ 06 މަރިޔަމް ހަމްނާ އަދި ޖާރޒީ ނަންބަރ 05 ޝަމްހާ ރިޔާޒެވެ. މި ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމް.އެން.ޔޫ.ބީ.އެސްގެ ޖާރޒީ ނަންބަރ 12 އިނާޝާ ޢަބްދުއްރަޙީމެވެ.

އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔާ | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

ގަދަ 6 ށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ވޮލީބޯޅައިގެ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ސެޓަރ އަލްފާޟިލް ފަތުޙުﷲ ވަޙީދުކަމަށްވާއިރު، އެންމެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ޙަވާލުކޮށްދެއްވީ އެފް.އެޗް.އެސްގެ ލެކްޗަރަރ އަލްފާޟިލް މުޙައްމަދު ޒައިދެވެ.

ރަނަރސްއަޕް ޓީމް | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

އަންހެން ޑިވިޝަނުގެ ރަނަރސްއަޕްއަށް ހޮވުނު އެފް.އެޗް.އެސް އަށް މެޑަލް އަދި ޓްރޮފީ ޙަވާލުކޮށްދެއްވީ އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒު ޝަރީފުކަމަށްވާއިރު، ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމް އެމް.އެން.ޔޫ.ބީ.އެސް އަށް މެޑަލް އަދި ޓްރޮފީ ޙަވާލުކޮށްދެއްވީ ވައިސް ޗާންސެލަރގެ އިތުރުން ރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާން ފިއުލް އެކްސްޕްރެސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝިހާބެވެ. އަދި މީގެ އިތުރުން ފެކަލްޓީ އޮފް އެޑިއުކޭޝަން އަދި އެ ފެކަލްޓީގެ ދަރިވަރުންގެ ފަރާތުން ޗެމްޕިއަން ޓީމަށް ދިން ޓްރޮފީ ޙަވާލުކޮށްދެއްވީ ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަންގެ ނައިބު ރައީސާ (އަމަލީ) އަލްފާޟިލާ ޙަލީމަތު އާކިފާ ރަޝީދެވެ.

ޗެމްޕިއަން ޓީމް | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ

މުބާރާތުގެ ނިންމުމުގައި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ 23 އަހަރުންދަށުގެ ޤައުމީ އަންހެން ވޮލީޓީމު ޕޫލްގައި ހިމެނޭ އެމް.އެން.ޔޫގެ ދަރިވަރުންނަށް، އެމް.އެން.ޔޫއަށް ރީތި ނަން ހޯދައިދިނުމުގެ ޝަރަފުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ހަނދާނީ ލިޔުމެއް ދެވުނެވެ. މި ހަނދާނީ         އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފެވެ. މި ޕޫލްގައި ހިމެނޭ ދަރިވަރުންނަކީ: ޝަމްހާ ރިޔާޒް (އެމް.އެން.ޔޫ.ބީ.އެސް)، އިނާޝާ ޢަބްދުއްރަޙީމް (އެމް.އެން.ޔޫ.ބީ.އެސް)، މަރިޔަމް ނިޝާ (އެސް.އެން)، ފާޠިމަތު މާހިޔާ (އެސް.އެން)، ނަރީމާ އިދުރީސް (އެފް.އެޗް.ޓީ.އެސް)، ބަސްމާ ނައީމް (އެފް.އެޗް.ޓީ.އެސް)، ފާޠިމަތު އަޒްލީމާ (އެފް.އެޗް.އެސް)، މަރިޔަމް އަޒުމާ (އެފް.އެޗް.އެސް) އަދި ފާޠިމަތު ޝިފްނާ (އެފް.އެލް.އައި.އެސް) އެވެ.

ވޮލީޓީމު ޕޫލްގައި ހިމެނޭ ދަރިވަރުން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2019ގެ ހުރިހާ ޓްރޮފީއެއް ސްޕޮންސަރ ކޮށްދެއްވާފައިވަނީ ފިއުލް އެކްސްޕްރެސް މޯލްޑިވްސްގެ ފަރާތުންނެވެ.


ލިޔުނީ: މުޙައްމަދު ޝާން ޢާމިރު
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ

Tags: post
އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

2022-08-12
ސީ.އެފް.އެސްގެ 2022 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

ސީ.އެފް.އެސްގެ 2022 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

2022-08-12
އެފް.އެޗް.އެސް އަށް މި ސެމިސްޓާއަށް އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފި

އެފް.އެޗް.އެސް އަށް މި ސެމިސްޓާއަށް އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފި

2022-08-12
އެމް.އެން.ޔޫ ދެ ވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

އެމް.އެން.ޔޫ ދެ ވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

2022-08-10
މެޑިކޯސްގެ ފަރާތުން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ދެވަނަ ކުއާޓާރ ހީލާރސްއާ ގުޅިގެން ކުރިއަށް ގެންގޮސްފި

މެޑިކޯސްގެ ފަރާތުން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ދެވަނަ ކުއާޓާރ ހީލާރސްއާ ގުޅިގެން ކުރިއަށް ގެންގޮސްފި

2022-08-09
ބީ.އެސް.އެސް.އޭ ފޮޓޯ ޗެލެންޖްގެ އެއްވަނަ ތައިބާ މުހައްމަދަށް!

ބީ.އެސް.އެސް.އޭ ފޮޓޯ ޗެލެންޖްގެ އެއްވަނަ ތައިބާ މުހައްމަދަށް!

2022-08-09
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab