ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ
ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އާ ގުޅިގެން ޔޫ.އެން.ޑީ.ޕީން ވޯރކްޝޮޕެއް
ކުރިޔަށްގެންގޮސްފިއެވެ.
މި ވޯރކްޝޮޕަކީ ދަރިވަރުންނަށް މިޔަހެލި އިވެންޓް ކުރިޔަށް ގެންދާގޮތުގެ، އިތުރު
ތަފްސީލު ދިނުމަށް އެމް.އެން.ޔޫގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ބޭއްވުނު
ވޯރކްޝޮޕެކެވެ.


މި ވޯރކްޝޮޕުގައި އެމް.އެން.ޔޫގެ އެކިއެކި ފެކަލްޓީތަކުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މިވޯރކްޝޮޕްގެ މަގްސަދަކީ ޒުވާނުންނަށް މުޖުތަމައުގައި ދިމާވާ އެކިއެކި ގޮންޖެހުންތައް ހައްލުކުރާނެގޮތާމެދު ޒުވާނުންގެ ހިޔާލުފާޅުކޮށް، އެހިޔާލުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވިދާނެ ގޮތާމެދު މަޝްވަރާކުރުމެވެ.


އެމް.އެން.ޔޫ.އެސް.ޔޫއަކީ އަބަދުވެސް ދަރިވަރުންނަށް މިކަހަލަ ފުރުސަތުތައް ފަހިކޮށްދެމުންއަންނަ ޖަމިއްޔާއެކެވެ.
ލިޔުނީ: އާމިނަތު ޝަމާ،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ