ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ބަހުސް މުބާރާތް 2019″ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ފެކަލްޓީ/ސެންޓަރތަކުގައި ޤާއިމުކުރެވިފައިވާ އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތަކަށެވެ.
މި މުބާރާތުގެ ހިންގާ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމު މި ވެބްސައިޓުގެ ޑައުންލޯޑްސް ޕޭޖުން ލިބޭނެއެވެ.
ލިޔުނީ: އާމިނަތު ޝަމާ،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ