ލީޑާރސް ނައިޓް ބާއްވާފައި ވަނީ 2 އޮގަސްޓް ވީ ބުރާސްފަތި ދުވަހު ރޭގަނޑު އެފް.އީ ޕީ.އީ. ހޯލުގައެވެ. މިއީ އޮގަސްޓް އިންޓޭކުގައި ޔުނިވާރސިޓީ އަށް އަލަށް ގުޅުނު ދަރިވަރުންގެ ތެރެއިން އެމް.އެން.ޔޫ އެސް.ޔޫ. އަށް ލީޑަރުންގެ ގޮތުގައި ގުޅުނު ދަރިވަރުންނަށް ހާއްސަ ކޮށްގެން އެމް.އެން.ޔޫ. އެސް.ޔޫ އިން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.
MNUSU Leader’s Night 2019 Sem 2 | Photography: MNUSU Media
މިހަރަކާތަކީ އެމް.އެން.ޔޫއެސް.ޔޫ.ގެ އެކްސްކޯ މެމްބަރުންނާއި އެމް.އެން.ޔޫ.އެސް.ޔޫގެ ލީޑަރުންނާއި އަލަށް ގުޅޭ ލީޑަރުން އެކަކު އަނެކަކާ ތައާރަފުވެ ގުޅުން ބަދަހި ކޮށް އެމް.އެން.ޔޫ.އެސް.ޔޫ ގެ އެކިއެކި ހަރަކާތްތަކަށް ކުދިން އަހުލުވެރިކުރުވުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. މިހަރަކާތުގައި ތަފާތު ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ގެ ފަރާތުން ބާއްވަމުންދާ މިފަދަ ހަރަކާތްތަކަށް އަބަދުވެސް ދަރިވަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެއެވެ.
ލިޔުނީ: ހަސްނާ ވިޝާމް
އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމް