Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް

ބަހުސް މުބާރާތުގެ ޗެމްޕިއަންކަން އެފް.އެލް.އައި.އެސްގެ ބީ ޓީމުން ހޯދައިފި

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2019-09-07
in ހަރަކާތް, ޚަބަރު
ބަހުސް މުބާރާތުގެ ޗެމްޕިއަންކަން އެފް.އެލް.އައި.އެސްގެ ބީ ޓީމުން ހޯދައިފި

އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2019 ގެ ޗެމްޕިއަންކަން އެފް.އެލް.އައި.އެސްގެ ބީ ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މި ޓީމުން ހޯދީ ފައިނަލުގައި ހަމަ އެ ފެކަލްޓީގެ އޭ ޓީމާ ވާދަކޮށެވެ.

އެފް.އެލް.އައި.އެސް ގެ (ބީ) ޓީމުން ފައިނަލް ބަހުސްގައި 833 ޕޮއިންޓް ހާޞިލުކުރިއިރު، (އޭ) ޓީމަށް ހާޞިލުކުރެވުނީ 701 ޕޮއިންޓެވެ. މި ބަހުސް ގެ އެންމެ މޮޅު ބަހުސް ކުރުން ތެރިއަކަށް ހޮވުނީ އެފް.އެލް.އައި.އެސްގެ ބީ ޓީމުގެ ޖޫޒާން ޚަލީލްއެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ބަހުސް ކުރުންތެރިއަކަށްވެސް ހޮވިފައިވަނީ ޖޫޒާން ޚަލީލްއެވެ.

ބަހުސްގެ ފައިނަލަށް ފަހު މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތުވެސް ވަނީ ބާއްވާފައެވެ.
ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް ވިދާޅުވީ ބަހުސް މުބާރާތްފަދަ އިލްމީ މުބާރާތްތައް ބޭއްވުމަކީ ޔުނިވާސިޓީއެއްގައި ކުރަންޖެހޭނެ އެންމެ މުހިންމު އެއް ކަންތައްކަމުގައެވެ. އަދި މިފަދަ ހަރަކާތްތައް މިއަށްވުރެ ގިނައިން ބާއްވަން ޖެހޭނެކަމަށް ވައިސް ޗާންސެލަރ ވަނީ ވިދާޅުވެފައެވެ. ހަމައެއާއި އެކު މުބާރާތުގައި އެއް ފެކަލްޓީއަކުން އެއް ޓީމަކަށްވުރެ ގިނަ ޓީމުން ބައިވެރިވުމަކީ ޤައުމީ ޔުނިވަރސިޓީގައި އަދަބީ ކަންތައްތަކަށް ދޭ ސަމާލުކަން ފެނިގެންދިޔަ ކަމެއްގެ ގޮތުގައިވެސް ވައިސް ޗާންސެލަރ ފާހަގަ ކުރެއްވިއެވެ.

ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މި ރަސްމިއްޔާތުގައި މުބާރާތުގައި ފަނޑިޔާރުކަން ކުރެއްވި ފަރާތްތަކަށް ރެފަރެންސް ލެޓަރ ޙަވާލުކުރެވިފައިވާއިރު ބައިވެރިވި ޓީމުތަކަށްވެސް ވަނީ ހަނދާނީ ލިޔުން ޙަވާލުކުރެވިފައެވެ.

ފަނޑިޔާރުންނަށް ރިފަރެންސް ލެޓަރ ޙަވާލުކުރުމުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

ރެފަރެންސް ލެޓަރ ހަވާލުކޮށްދެއްވީ އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް މުހައްމަދު ޝާން ޢާމިރުކަމަށްވާއިރު، ހަނދާނީ ލިޔުންތައް ޙަވާލުކޮށްދެއްވީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން އަލްފާޟިލާ މަރިޔަމް ފިޒާނާ ރަޝީދެވެ.

ބައިވެރިވިކަމުގެ ލިޔުން ޙަވާލުކުރުމުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މި ރަސްމިޔާތުގައި، މުބާރާތުގައި ބޭއްވުނު ބަހުސްތަކުން ހޮވުނު އެންމެ މޮޅު ބަހުސް ކުރުންތެރިންނަށް ވަނީ  ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މި ހަނދާނީ ލިޔުންތައް ހަވާލުކޮށްދެއްވާފައިވަނީ މުބާރާތުގެ އިސްފަނޑިޔާރު އަލްފާޟިލާ ޒުލްފާ އިބްރާހީމެވެ.
މިގޮތުން ބަހުސް ތަކުން އެންމެ މޮޅު ބަހުސްކުރުންތެރިޔާގެ މަޤާމު ހާޞިލްކޮށްފައިވަނީ:
1. ފުރަތަމަ ބަހުސް: ސީ.އެފް.އެސް އަދި އެފް.އޭ: ހަފްސީ އަބްދުﷲ (އެފް.އޭ)

2. ދެވަނަ ބަހުސް: އެފް.އެޗް.ޓީ.އެސް އަދި އެފް.އީ: ޝަޒާރަތު ޝާރީފް (އެފް.އީ)

3. ތިންވަނަ ބަހުސް: ސީ.އެފް.އެސް (އޭ) އެފް.އެލް.އައި.އެސް (އޭ): އާއިޝަތު ޒަހާ (އެފް.އެލް.އައި.އެސް) (އޭ)

4. ހަތަރުވަނަ ބަހުސް: އެސް.އެން އަދި އެމް.އެން.ޔޫ.ބީ.އެސް: ފާތިމަތު މާސާ (އެމް.އެން.ޔޫ.ބީ.އެސް)

5. ފަސްވަނަ ބަހުސް: އެފް.އޭ (ބީ) އަދި އެފް.އީ (ބީ): އާމިނަތު ހަމީޒާ (އެފް.އީ)

6. ހަވަނަ ބަހުސް: އެފް.އެލް.އައި.އެސް (ބީ) އަދި ފެސްޓް: އާމިނަތު ނަސޫހާ (އެފް.އެލް.އައި.އެސް ބީ)

7. ހަތްވަނަ ބަހުސް: އެފް.އޭ (އޭ) އަދި އެފް.އީ (އޭ): މުހައްމަދު ރާއިދް ސައީދް (އެފް.އޭ އޭ)

8. އަށްވަނަ ބަހުސް: އެފް.އެލް.އައި.އެސް (އޭ) އަދި އެމް.އެން.ޔޫ.ބީ.އެސް: އައިޝަތު ޒަހާ (އެފް.އެލް.އައި.އެސް އޭ)

9. ނުވަވަނަ ބަހުސް: އެފް.އެލް.އައި.އެސް (ބީ) އަދި އެފް.އޭ (ބީ): އާމިނަތު ނަސޫހާ/ އަހްމަދު ތޯއިލް (އެފް.އެލް.އައި.އެސް ބީ)

10. ސެމީ ފައިނަލް: އެފް.އެލް.އައި.އެސް (ބީ) އަދި އެފް.އޭ (އޭ): މުހައްމަދު ތޯއިލް (އެފް.އެލް.އައި.އެސް ބީ)

11. ފައިނަލް: އެފް.އެލް.އައި.އެސް (ބީ) އަދި އެފް.އެލް.އައި.އެސް (އޭ): ޖޫޒާން ޚަލީލް (އެފް.އެލް.އައި.އެސް ބީ)

ބަހުސްތަކުގެ އެންމެ މޮޅު ބަހުސްކުރުންތެރިންނަށް ލިޔުން ޙަވާލުކުރުމުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވި އަލްފާޟިލް މުހައްމަދު ނަޝީދު ވަނީ ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ބައިވެރިންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ ބަހުސް މުބާރާތަށް ފަރިތަކުރުން ވަރަށް މުހިންމު ކަމަށާއި ބަހުސް ކުރުމާއި ވާހަކަ ދެއްކުމަކީ ތަފާތު ދެކަމެއް ކަމާއި ތަފާތު އުސްލޫބުތައް ދަސްކުރުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

ފަނޑިޔާރު އަލްފާޟިލް މުޙައްމަަދު ނަޝީދު | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

ރަސްމިއްޔާތުގައި މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ބަހުސްކުރުންތެރިން ހޮވައި ބަހުސްކުރުންތެރިންނަށްވަނީ ތަށްޓާއެކު ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މި ހަނދާނީ ލިޔުންތައް ޙަވާލުކޮށްދެއްވީ އެމް.އެން.ޔޫގެ ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލާ ނާދިޔާ އަޙްމަދެވެ.

މިގޮތުން މުބާރާތުގެ އެންމެ މޮޅު ފަސް ބަހުސްކުރުންތެރިންނަކީ:

1. ފާތިމަތު މާސާ (އެމް.އެން.ޔޫ.ބީ.އެސް)

2. އަހްމަދު ތާއިލް (އެފް.އެލް.އައި.އެސް)

3. މުހައްމަދު ރާއިދް ސައީދް (އެފް.އޭ)

4. އައިޝަތު ޒަހާ (އެފް.އެލް.އައި.އެސް)

5. ޖޫޒާން ޚަލީލް (އެފް.އެލް.އައި.އެސް)

އެންމެ މޮޅު 5 ބަހުސްކުރުންތެރިންނަށް ޓްރޮފީ އާއި ލިޔުން ޙަވާލުކުރުމުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މީގެ އިތުރުން ރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫ ގެ ކުރީގެ ރައީސް، އަލް ޢުސްތާޛް އަލީ ރަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ވާހަކަ ދެއްކުމުގެ ހުނަރަކީ ވަރަށް މުހިންމު ހުނަރެއްކަމަށާއި، ހުސްވަގުތުތަކުގައި ލިބިފައި ހުރި އިލްމަކުން ހުށަހަޅާލާ ހުށަހަޅާލުމުގެ ސަބަބުން މީހުންގެ ހިތްތަކަށް ކުރުވާ އަސަރާއި އޯޑިއެންސްގެ ސަމާލުކަން ހޯދާ ހޯދުމަކީ ވާހަކަ ދެއްކުންތެރިންނަށް ލިބިފައިވާ އެންމެ މުހިންމު ހަތިޔާރުކަމަށާއި އޭގެ ބޭނުން ވަރަށް ރަނގަޅުގޮތުގައި ހިފަންޖެހޭނެކަމަށެވެ. ހަމަ އެއާއެކު ހިޔާލުފާޅުކުރުމުގެ ސިފަ ރަނގަޅުގޮތުގައި ބޭނުން ކުރަން ދަސްކުރުމަކީވެސް ވަރަށް މުހިންމުކަމެއްކަމަށް އަލީ ރަޝީދު ފާހަގަ ކުރެއްވިއެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސް އަލްއުސްތާޛް ޢަލީ ރަޝީދު | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މި ރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ވާހަކަ ދައްކަވަމުން ނައިބު ރައީސް (ގޮފިތައް) ޢަލީ ޝަމްޢޫން ވަނީ މުބާރާތުގައި އެކި ގޮތްގޮތުން ޔޫނިއަންއަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (ގޮފިތައް) ޢަލީ ޝަމްޢޫން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މިގޮތުން، މުޅި މުބާރާތް ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވި އެމް.އެން.ޔޫ.އެސް.ޔޫގެ އެޑްވައިޒަރީ ބޯޑުގެ މެންބަރ އަލްފާޟިލް ޢަލީ ޢަމީރުގެ އިތުރުން، ގޮފިތަކުގެ ހިންގާ ކޮމިޓީ މެންބަރުންނާއި، އެމް.އެން.ޔޫގެ މެނޭޖްމަންޓްގެ އިތުރުން، ލީޑަރސް ގްރޫޕަށް އަލަށް ގުޅުނު ދަރިވަރުން ފާހަގަކޮށްލެވެއެވެ.


ލިޔުނީ: ޝަމާ މުޙައްމަދު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ

Tags: postnow
އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ވިލާ ކޮލެޖާއި އެމް.ބީ.އެސް އެއްވަރު، އެސް.އެންއަށް ފަސޭހަ މޮޅެއް

ވިލާ ކޮލެޖާއި އެމް.ބީ.އެސް އެއްވަރު، އެސް.އެންއަށް ފަސޭހަ މޮޅެއް

2025-05-23
އެމް.އެން.ޔޫ.ބީ.އެސް އާއި އެފް.އޭ އެއްވަރުވިއިރު، އެމް.އައި ކޮލެޖަށް މޮޅެއް

އެމް.އެން.ޔޫ.ބީ.އެސް އާއި އެފް.އޭ އެއްވަރުވިއިރު، އެމް.އައި ކޮލެޖަށް މޮޅެއް

2025-05-22
ގްރޫޕް އޭ: މެޕްސް ކޮލެޖަށް ތިން މެޗުން ތިން މޮޅު، އެމް.އައި ވެސް މޮޅުވެ ގްރޫޕް ވާދަވެރިވެއްޖެ!

ގްރޫޕް އޭ: މެޕްސް ކޮލެޖަށް ތިން މެޗުން ތިން މޮޅު، އެމް.އައި ވެސް މޮޅުވެ ގްރޫޕް ވާދަވެރިވެއްޖެ!

2025-05-22
އެފް.އެޗް.އެސް އެއްވަނައިގައި ކުއާޓާއަށް، ވިލާ ކޮލެޖުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި!

އެފް.އެޗް.އެސް އެއްވަނައިގައި ކުއާޓާއަށް، ވިލާ ކޮލެޖުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި!

2025-05-22
ގްރޫޕް އޭ: އެމް.އެން.ޔޫ.ބީ.އެސް އާއި އެމް.އައި އެއްވަރު، އެފް.އޭގެ ފުރަތަމަ މޮޅު!

ގްރޫޕް އޭ: އެމް.އެން.ޔޫ.ބީ.އެސް އާއި އެމް.އައި އެއްވަރު، އެފް.އޭގެ ފުރަތަމަ މޮޅު!

2025-05-22
ގްރޫޕް ޑީ: ސީ.އެފް.އެސް މޮޅުވިއިރު ފެސްޓް އަދި އެމް.ބީ.އެސް އެއްވަރު!

ގްރޫޕް ޑީ: ސީ.އެފް.އެސް މޮޅުވިއިރު ފެސްޓް އަދި އެމް.ބީ.އެސް އެއްވަރު!

2025-05-19
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab