Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް

އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019ގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވައިފި

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2019-09-10
in ހަރަކާތް, ޚަބަރު
އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019ގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވައިފި

އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019ގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިރަސްމިއްޔާތު ބޭއްވިގެންދިޔައީ އެމް.އެން.ޔޫގެ އޭ ބްލޮކްގެ ކްލާސްރޫމް 14 ގައެވެ. ރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫ ހިންގާ ކޮމެޓީގެ މެމްބަރުންނާއި، ޓީމުތަކުގެ އޮފިޝަލުންނާއި މެނޭޖަރުން އަދި އެމް.އެން.ޔޫ.އެސް.ޔޫ ގޮފިތަކުގެ ހިންގާ ކޮމިޓީ މެންބަރުންނާއި ކޮލެޖުތަކުގެ ސްޓޫޑެންޓް އެސޯސިއޭޝަންތަކުގެ ހިންގާ ކޮމިޓީ މެންބަރުންގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ އެޑްވައިޒަރީ ބޯޑް މެމްބަރުން ބައިވެރިވެފައިވެއެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ އެޑްވައިޒަރީ ބޯޑުގެ މެންބަރ އަރުޝަދު އަޝްރަފް | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މި މުބާރާތުގެ އިންތިޒާމް ކޮމެޓީގައި ހިމެނެނީ 11 މެމްބަރުންނެވެ.

އެއީ:

  • ހަސަން ޝާހު (އިންތިޒާމް ކޮމިޓީ ރައީސް) – އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (އަމަލީ)
  • ހުސައިން އަލީ (އިންތިޒާމް ކޮމިޓީގެ ނައިބު ރައީސް) – އެމް.އެން.ޔޫ.އެސް.ޔޫގެ އެޑްވައިޒަރީ ބޯޑުގެ މެންބަރ
  • އަރުޝަދު އަޝްރަފް – އެމް.އެން.ޔޫ.އެސް.ޔޫގެ އެޑްވައިޒަރީ ބޯޑުގެ މެންބަރ
  • މުހައްމަދު ޝާން ޢާމިރު – އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް
  • އާދަމް ރުޝްދީ – އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (ޢިލްމީ)
  • އަލީ ޝަމްޢޫން – އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (ގޮފިތައް)
  • އަލީ ރަޝީދު – އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސް
  • އާމިނަތު ރައުދާ – އެމް.އެން.ޔޫ.އެސް.ޔޫގެ އެސިސްޓެންޓް ސެކްރެޓަރީ
  • އާމިނަތު ސަމާ – އެމް.އެން.ޔޫ.އެސް.ޔޫގެ މީޑިއާ ކޯޑިނޭޓަރ
  • ޢަބްދުﷲ ޝަހުނީޒް – އެމް.އެން.ޔޫ.އެސް.ޔޫގެ ޚަޒާންދާރު
  • އަރުޝަމް މުހައްމަދު – ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަންގެ ނައިބު ރައީސް (އިލްމީ)
  • ޝުޢައިބު މުހައްމަދު އިޤްބާލް – އެމް.އެން.ޔޫ.އެސް.ޔޫގެ ރަސްމީ ފޮޓޯގްރާފަރ
އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (އަމަލީ) ޙަސަން ޝާހު | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މިރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫ އެޑްވައިޒަރީ ބޯޑް މެމްބަރ އަރުޝަދު އަޝްރަފް ވަނީ މުބާރާތް ކުރިޔަށް ގެންދާނެ ގޮތާއި މުބާރާތުގައި ސަމާލުކަން ދޭންޖެހޭނެ ކަންތައްތައް ޓީމުތަކުގެ މެނޭޖަރުންނަށް ހިއްސާކޮށްފައެވެ. މީގެ އިތުރުން އަރުޝަދުގެ ވާހަކަފުޅުގައި އަރުޝަދުވަނީ ހުރިހާ ކޮލެޖް ޔުނިވަރސިޓީތަކުން އެކުގައި މަސައްކަތްކުރުމަށް ގޮވާލައި ހުރިހާ ޓީމުތަކުންވެސް އަހުލާޤީ މިންގަނޑު ހިފެހެއްޓުމަށް އެދިލައްވާފައެވެ.

ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މިރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫ ގެ ރައީސް މުޙައްމަދު ޝާން ޢާމިރު ވަނީ މި މުބާރާތުގައި ބައިވެރިވި ޓީމު ތަކަށް މަރުހަބާ ދަންނަވައިފައެވެ. މީގެ އިތުރުން ޝާން ވަނީ މި މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމުތަކަށް ރަނގަޅު ކާމިޔާބީއަކަށް އެދިފައެވެ.

މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގެންދެވުނީ ކުރީ އަހަރެކޭވެސް އެއްގޮތަށް އެމް.އެން.ޔޫގެ ޓީމުތައް ހަމަހަމައަށް ގްރޫޕްތަކަށް ބަހާލެވިގެންނެވެ.

މުބާރާތުގެ ފިރިހެން ޑިވިޒަނުގައި ޖުމްލަ 15 ޓީމެއް ބައިވެރިވިއިރު މި ޓީމުތައްވަނީ 4 ގުރޫޕަކަށް ބަހާލެވިފައެވެ. އެގޮތުން ގްރޫޕް އޭ،ބީ،ސީ ގައި 4 ޓީމު ކުޅޭއިރު ގްރޫޕް ޑީގައި ކުޅޭނީ 3 ޓީމެވެ.

ގްރޫޕް އޭ:

  • އެމް.އައި ކޮލެޖު
  • ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް
  • ސައިރިކްސް ކޮލެޖު
  • ފެކަލްޓީ އޮފް އާރޓްސް

ގްރޫޕް ބީ:

  • ޕޮލިޓެކްނިކް
  • ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް
  • ކްލިކް ކޮލެޖް
  • ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ

ގްރޫޕް ސީ:

  • އެވިޑް ކޮލެޖް
  • ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް
  • ވިލާ ކޮލެޖް
  • މެޕްސް ކޮލެޖް

ގްރޫޕް ޑީ:

  • އެމް.އެން.ޔޫ ބިޒްނަސް ސްކޫލް
  • މޯލްޑިވްސް ބިޒްނަސް ސްކޫލް
  • ފެކަލްޓީ އޮފް ހެލްތު ސައިންސަސް

މިމުބާރާތަގައި އަންހެން ޑިވިޜަނުގެ މެޗުތައް ކުޅޭ މިއީ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ އަންހެން ޑިވިޜަން ހިމެނުނީ 2018 ވަނަ އަހަރުގެ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގައެވެ.

ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މިއަހަރު ބޭއްވޭ މުބާރާތުގައި އަންހެން ޑިވިޜަނުގެ 12 ޓީމް ވަނީ ބައިވެރިވެފައެވެ. އަންހެން ޑިވިޜަނުގެ ޓީމުތައް ބަހައިލެވިފައިވަނީ 4 ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގައި 3 ޓީމް ހިމެނޭނެއެވެ.

ގްރޫޕް އޭ:

  • ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް
  • ސައިރިކްސް ކޮލެޖް
  • ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް

ގްރޫޕް ބީ:

  • މެޕްސް ކޮލެޖް
  • ފެކަލްޓީ އޮފް ހެލްތު ސައިންސަސް
  • ސްކޫލް އޮފް ނާރސިންގ

ގްރޫޕް ސީ:

  • އެމް.އެން.ޔޫ ބިޒްނަސް ސްކޫލް
  • އެމް.އައި ކޮލެޖް
  • އެވިޑް ކޮލެޖް

ގްރޫޕް ޑީ:

  • ފެކަލްޓީ އޮފް އެޑިއުކޭޝަން
  • ވިލާ ކޮލެޖް
  • ފެކަލްޓީ އޮފް އާރޓްސް

ވޭތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ބޭއްވޭ މުބާރާތުގައިވެސް ޑިސިޕްލިނަރީ ކޮމިޓީވަނީ އެކުލަވާލައިފައެވެ. ކޮމެޓީގައި ޖުމްލަ 5 މެމްބަރުން ހިމެނޭއިރު ތިން މެމްބަރުންނަކީ އެމް.އެން.ޔޫގެ ދަރިވަރުންނެވެ. ދެންތިބި ދެ މެމްބަރުންނަކީ އެމް.އެން.ޔޫ އިން ބޭރު ކޮލެޖްތަކުގެ ދަރިވަރުންނެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް މުޙައްމަދު ޝާން ޢާމިރު | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެމްބަރުގައެވެ. މުބާރާތުގެ މެޗުތައް ކުރިޔަށްދާނީ ހަވީރު އަދި ރޭގަނޑެވެ.

އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019ގެ ޓައިޓްލް ސްޕޮންސަރ އަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އެވެ. މި މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރ އަކީ އެމް 7 އެވެ. އަދި ސްޕޮންސަރުންނަކީ ދިރާގު އަދި ވިޒިޓް ލާމް އެވެ. މީޑިއާ ޕާޓްނާރ އަކީ ޕީ.އެސް.އެމް ސްޕޯޓްސް އެވެ.

ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ޘާނަވީ ދާއިރާގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިންނެވެ. މި އަހަރު މި ބޭއްވެނީ މި މުބާރާތުގެ 7 ވަނަ މުބާރާތެވެ. 2013ން ފެށިގެން މެދުކެނޑުމެއްނެތި މި މުބާރާތް ބާއްވާފައިވާއިރު، މި މުބާރާތް ހުޅުވާލެވިފައިވަނީ އެމް.އެން.ޔޫގެ ފެކަލްޓީތަކާއި ދިވެހިރާއްޖޭގެ އެހެނިހެން ކޮލެޖުތަކަށެވެ. މުބާރާތުގައި ފިރިހެން އަދި އަންހެން ޑިވިޜަން ހިމެނޭއިރު، އަންހެން ޑިވިޜަން އެންމެ ފުރަތަމަ ހިމެނުނީ 2018 ވަނަ އަހަރުގައެވެ.


ލިޔުނީ: ޝަމާ މުޙައްމަދު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ

Tags: postnow
އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

”އާދޭ ކޮއްކޮމެން“ ކާމިޔާބުކަމާއެކު ނިންމާލައިފި!

”އާދޭ ކޮއްކޮމެން“ ކާމިޔާބުކަމާއެކު ނިންމާލައިފި!

2025-06-10
އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން އަނެއްކާވެސް އެމް.ބީ.އެސްއަށް، އެންމެ މޮޅު ކުޅުންތެރިއަކަށް މަލްދާ!

އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން އަނެއްކާވެސް އެމް.ބީ.އެސްއަށް، އެންމެ މޮޅު ކުޅުންތެރިއަކަށް މަލްދާ!

2025-06-03
ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންކަން އެފް.އީއަށް، އެންމެ މޮޅު ކުޅުންތެރިއަކަށް ރައުހާން!

ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންކަން އެފް.އީއަށް، އެންމެ މޮޅު ކުޅުންތެރިއަކަށް ރައުހާން!

2025-06-03
އެމް.އައި ކޮލެޖާ ދެކޮޅަށް އުނދަގޫ މޮޅަކަށްފަހު، ފެކަލްޓީ އޮފް ހެލްތު ސައިންސުން ސެމީގެ ޖާގަ ކަށަވަރުކޮށްފި

އެމް.އައި ކޮލެޖާ ދެކޮޅަށް އުނދަގޫ މޮޅަކަށްފަހު، ފެކަލްޓީ އޮފް ހެލްތު ސައިންސުން ސެމީގެ ޖާގަ ކަށަވަރުކޮށްފި

2025-05-26
2-0ގެ ނަތީޖާއަކުން ސްކޫލް އޮފް ނާސިންގ ބަލިކޮށް، ވިލާ ކޮލެޖު ސެމީއަށް!

2-0ގެ ނަތީޖާއަކުން ސްކޫލް އޮފް ނާސިންގ ބަލިކޮށް، ވިލާ ކޮލެޖު ސެމީއަށް!

2025-05-26
ފެކަލްޓީ އޮފް އާޓްސް ކޮޅަށް 4 ލަނޑާއެކީ ޕޮލިޓެކްނިކުން ސެމީއަށް ދަތުރުކޮށްފި

ފެކަލްޓީ އޮފް އާޓްސް ކޮޅަށް 4 ލަނޑާއެކީ ޕޮލިޓެކްނިކުން ސެމީއަށް ދަތުރުކޮށްފި

2025-05-26
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab