ދަ ނެކްސްޓް ލެވެލް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން އިންތިޒާމުކޮށްގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް އެ ދަރިވަރުންގެ ހުނަރު ދައްކާލުމަށް ހުޅުވާލާ މަންސައެކެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން މުޅީން އަލަށް ފަށާ ޙަރަކާތެކެވެ.
މި ޙަރަކާތް އިތުރަށް ފޯރިގަދަކޮށް ތަފާތު، މޮޅު ޕާފޯމެންސްތަކަކަށް ހިތްވަރުދިނުމުގެ ގޮތުން ފެކަލްޓީތަކުގެ މެދުގައި އެންމެ މޮޅު ޕާފޯމެންސް ހޮވުމުގެ މުބާރާތެއްވެސް ކުރިއަށްދާނެއެވެ.
މި ޙަރަކާތް އޮންނާނީ 2019 ނޮވެންބަރ 18ވާ ހޯމަދުވަހުގެރޭ 08.00ން 10.30ށް އެމް.އެން.ޔޫގެ ސީ.އޭ އޮޑިޓޯރިއަމްގައެވެ.
މި ޙަރަކާތަށް ވަނުމަށް ބޭނުންވާ ޓިކެޓު އެމް.އެން.ޔޫ.އެސް.ޔޫގެ އޮފީހުން ލިބެން ހުންނާނެއެވެ. ޓިކެޓު ހިލޭ ލިބޭނެއެވެ.
ލިޔުނީ: މުޙައްމަދު ޝާން ޢާމިރު،
ރައީސް، އެމް.އެން.ޔޫ.އެސް.ޔޫ