ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން(އެމް.އެން.ޔޫ.އެސް.ޔޫ)ގެ ”އެވޯޑް ނައިޓް 2019“ މި ހަފްތާ ބަންދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އެވޯޑް ނައިޓްގައި އެމް.އެން.ޔޫ.އެސް.ޔޫގެ ލީޑަރުން ކޮށްފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެ ލީޑަރުންނަށް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަައެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެ ފަރާތްތަކަށްވެސް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ލީޑަރުންނާއި އެމް.އެން.ޔޫ.އެސް.ޔޫއަށް ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް އެވޯޑް ހަވާލުކުރުމުގެ އިތުރުން، ބައިނަލްއަޤްވާމީ އަހިންސާ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒާއި އެމް.އެން.ޔޫ.އެސް.ޔޫ ގުޅިގެން ބޭއްވި ވާހަކަ ދެއްކުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށްވެސް ވަނީ ހަމަޖެހިފައެެވެ.
މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ނޮވެމްބަރ 2019ވާ ހޮނިހިރުދުވަހުގެ ރޭ 08:15ގައި އެފް.އީ.ޕީ.އީ ހޯލްގައެވެ.
މިފަދަ ހަފްލާތައް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ އެމް.އެން.އެން.ޔޫ.އެސް.ޔޫއިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ހަރަކާތްތަކުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް ދަރިވަރުންނަށް އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދިނުމެވެ.
ލިޔުނީ: މުޙައްމަދު އަޙުނަފް،
އިންތިޚާބީ މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ