ޔޫ.އެން.ޑީ.ޕީ އިން ބޭއްވި ”ނޭޝަނަލް ލޯންޗް އޮފް ހިއުމަން ޑެވެލޮޕްމަންޓް ރިޕޯޓް“ ގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ބައިވެރިވެއްޖެއެވެ.
2019 ޑިސެމްބަރ 10 ވަނަ ދުވަހުގެ ހެނދުނު ބޭއްވި މި ހަރަކާތް ކުރިޔަށް ދިޔައީ އެމް.އެން.ޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައެވެ. މި ހަރަކާތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީގެ މެމްބަރުންގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫގެ 30ށް ވުރެ ގިނަ އިސްވާރުން ވަނީ ބައިވެރިވެފައެވެ.
މިޖަލްސާގައި ޖިންސީ ހަމަހަމަ ކަމަށް އަލިއަޅުވައި ވާހަކަ ދެކެވިފައިވާއިރު، މުޖުތަމައުގެ އެކި ފަންތިތަކުގައި އަންހެނުން ބާރުވެރި ކުރުމަށް އަލިއަޅުވާލުމުގެ އިތުރުން ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ބޭއްވިފައެވެ.
ލިޔުނީ: އާމިނަތު ހަމީޒާ
ސެކްރެޓަރީ، އެމް.އެން.ޔޫ.އެސް.ޔޫ