އެންޓި ކޮރަޕްޝަން ކޮމިޝަން އިން އިންތިޒާމް ކޮށްގެން ބޭއްވި ”ބަންޑާރަކަފާ“ ހިނގުމުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ބައިވެރިވެއްޖެއެވެ.
2019 ޑިސެމްބަރ 6 ވަނަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަނާ އެމް.އެން.ޔޫ އާ ގުޅިގެން މި ހިނގާލުން ބޭއްވިފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާރކްގައެވެ. މި ހަރަކާތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގެ ބައެއް މެމްބަރުންގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫގެ ބައެއް އިސްވާރުން ވަނީ ބައިވެރިވެފައެވެ.
މި ހިނގާލުމުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ބައިވެރިވުމުގެ މަގްސަދަކީ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލާ ދިވެހި ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ ދަރިވަރުން މިފަދަ ކަންތަކަށް ހޭލުންތެރިކުރުމެވެ.
ލިޔުނީ: އާމިނަތު ހަމީޒާ
ސެކްރެޓަރީ، އެމް.އެން.ޔޫ.އެސް.ޔޫ