ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ މާލޭ ކެމްޕަހުގެ ގޮފިތަކުގެ ތެރެއިން އިންތިޚާބަށް ގޮސްފައިވާ ގޮފިތަކުގެ ވޯޓުލުން މިއަދު(20 ފެބުރުވަރީ 2020)ގެ ހެނދުނު ފެށިގެން ކުރިއަށް އެބަދެއެވެ.
ޖުމްލަ 6 ގޮތްޕެއް އިންތިޚާބަށް ގޮސްފައިވާއިރު، ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގައި ޤާއިމް ކޮށްފައިވާ ގޮފި (އެސް.އެސް.އެލް)އިން އިންތިހާބަށް ގޮސްފައިވާ ހަމައެކަނި މަޤާމަކީ މީޑިއާ ކޯޑިނޭޓަރގެ މަޤާމެވެ.
ސްކޫލް އޮފް މެޑިސިންގެ ގޮފި މެޑިކޮސް އިން އިންތިހާބަށް ގޮސްފައިވާ މަޤާމްތައް:
- ރައީސް
- ނައިބު ރައީސް(ޢިލްމީ)
- ނައިބު ރައީސް (އަމަލީ)
- މީޑިއާ ކޯޑިނޭޓަރ
ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ގޮފި ތަރަހަ އިން އިންތިހާބަށް ގޮސްފައިވާ މަޤާމްތައް:
- ނައިބު ރައީސް(އަމަލީ)
- ސެކްރެޓަރީގެ
ސްކުލް އޮފް ނަރސިންގްގެ ގޮފި ނިއަރެސް އިން އިންތިހާބަށް ގޮސްފައިވާ މަޤާމްތައް:
- ރައީސް
- ޚަޒާންދާރު
- ސެކްރެޓަރީގެ
ފެކަލްޓީ އޮފް ހޮސްޕިޓައިލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސްގެ ގޮފި ޝެޓްސް އިން އިންތިހާބަށް ގޮސްފައިވާ މަޤާމް:
- ނައިބު ރައީސް(ޢިލްމީ)
ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ގޮފި ފެސާ އިން އިންތިހާބަށް ގޮސްފައިވާ މަޤާމްތައް:
- ރައީސް
- ނައިބު ރައީސް(އަމަލީ)
މި އިންތިޚާބުގައި ޖުމްލަ 5 ވޯޓު ފޮށި ބެހެއްޓިފައިވާއިރު، ސްކޫލް އޮފް މެޑިސިންގައި 1 ފޮށި، ސްކޫލް އޮފް ނަރސިންގްގައި 1 ފޮށި އަދި އެމް.އެން.ޔޫ ސެންޓްރަލްގައި 3 ވޯޓު ފޮށި ބެހެއްޓިފައިވެއެވެ. އެގޮތުން އެމް.އެން.ޔޫ ސެންޓްރަލްގައި ބެހެއްޓިފައިވާ 3 ވޯޓު ފޮށްޓަށް ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުންނާއި، ސެންޓަރ ފޯ ފައުންޑޭޝަންގެ ދަރިވަރުންނާއި، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ދަރިވަރުން އަދި ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ދަރިވަރުންނަށެވެ.


ސްކޫލް އޮފް މެޑިސިންގެ ގޮފި ފިޔަވައި ހުރިހާ ގޮތްޕަކުންވެސް މިއަދު ހެނދުނު 10:00ގައި ވޯޓުލުން ފަށާފައިވާއިރު މެޑިކޮސްގެ ވޯޓުލުން ފަށާފައިވަނީ 10:24ގައެވެ.
ކުރިޔަށް މިދާ އެމް.އެން.ޔޫ.އެސް.ޔޫ މާލެ ކެމްޕަހުގެ ގޮފިތަކުގެ އިންތިހާބުގައި ޖުމްލަ 3000 ވުރެ ގިނަ ދަރިވަރުން ވަނީ ވޯޓު ލެވޭ ލިސްޓުގައި ރަޖިސްޓރ ވެފައެވެ. މާލޭ ކެމްޕަހުގެ ގިނަ ގޮފިތަކުގެ ވޯޓު ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިރޭގެ 7:00 ގައެވެ. ނަމަވެސް މެޑިކޮސްގެ ދަރިވަރުން ވޯޓު ލުމުގެ ސުންގަޑިއަކީ މިރޭގެ 7:24އެވެ.
މި އިންތިހާބުގައި ވޯޓުލުމަށް ހާޒިރުވާއިރު، އެމް.އެން.ޔޫގެ ސްޓޫޑެންޓް އައިޑީ ކާޑު ހިފައިގެން ހާޒިރުވުމަށް އެމް.އެން.ޔޫ.އެސް.ޔޫއިން އިލްތިމާސް ކުރެއެވެ. އަދި ސްޓޫޑެންޓް އައިޑީ ކާޑު ނެތްނަމަ، ވޯޓަރސް ގެރެންޓީ ސްލިޕްކޮޅާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމަށް އިލްތިމާސް ކުރެއެވެ.
ލިޔުނީ:
މުޙައްމަދު އަޙްނަފް
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ