Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ޚަބަރު

2020 ވަނަ އަހަރުގެ މާލޭ ކެމްޕަހުގެ ގޮފިތަކުގެ ހިންގާ ކޮމެޓީ ޖަމިއްޔާތަކުގެ ރަޖިސްޓްރާރ އިފްތިތާޙުކޮށްދެއްވައިފި

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2020-02-26
in ޚަބަރު
2020 ވަނަ އަހަރުގެ މާލޭ ކެމްޕަހުގެ ގޮފިތަކުގެ ހިންގާ ކޮމެޓީ ޖަމިއްޔާތަކުގެ ރަޖިސްޓްރާރ އިފްތިތާޙުކޮށްދެއްވައިފި

MNUSU Wings Inauguration 2020 | After the Ceremony | Photography: MNUSU Media #MNU #MNUSU #SuWings20

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ 2020 ވަނަ އަހަރުގެ މާލޭ ކެމްޕަހުގެ ގޮފިތަކުގެ ހިންގާ ކޮމެޓީ ޖަމިއްޔާތަކުގެ ރަޖިސްޓްރާ އިފްތިތާހުކޮށްދެއްވައިފިއެވެ.

 ގޮފިތައް އިފްތިތާޙުކުރުމަށް ބޭއްވުނު ރަސްމިއްޔާތު ބޭއްވުނީ 22 ފެބުރުވަރީ 2020ވީ ހޮނިހިރުދުވަހުގެރޭ 20:30ގައި ސެންޓްރަލް އެޑްމިނިސްޓްރޭޝަން (ސީ.އޭ) އޮޑިޓޯރިއަމްގައެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ އަދި ޖަމިއްޔާތަކުގެ ރެޖިސްޓްރާރ އަލްފާޟިލް އަޙްމަދު އިރާޝެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފާއި އެމް.ޓީ.ސީ.ސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތު ފެށިގެން ގޮސްފައިވަނީ ކިރިތި ޤުރުއާނުގެ ބަރަކާތުންނެވެ. ޤުރުއާން ކިޔެވީ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރު އަލީ މުޝްފިޤް މުޙައްމަދު ޝަރީފެވެ. އަދި ޙަފްލާ ކުރިއަށް ދާނެ ގޮތުގެ ތަޢާރަފުކޮށްދީފައިވަނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ދަރިވަރު ހައްވާ ލައިލާ ލުޠުފީއެވެ.

މި ރަސްމިއްޔާތުގައި ގޮފިތަކުގެ މީޑިއާ ކޯޑިނޭޓަރުންނަށް މަޤާމް ހަވާލުކޮށްދެއްވާފައިވަނީ އެމް.އެން.ޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ ޢާއިޝަތު ޝާހީން އިސްމާޢީލެވެ.  ސެކްރެޓަރީންނަށް މަޤާމު ޙަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް ޢައްބާސް މުޙައްމަދު ކަމަށްވާއިރު، ޚަޒާންދާރުގެ މަޤާމަށް ހޮވުނު މެންބަރުންނަށް މަޤާމު ޙަވާލުކޮށްދެއްވީ އެމް.އެން.ޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލް ޙުސައިން ޙަލީމެވެ. މީގެ އިތުރުން ނައިބު ރައީސް/ރައީސާ (އަމަލީ)ގެ މަޤާމަށް ހޮވުނު މެންބަރުންނަށް އެމް.ޓީ.ސީ.ސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާ މަޤާމް ޙަވާލުކޮށްދެވިއިރު، ނައިބު ރައީސް/ރައީސާ (ޢިލްމީ)ގެ މަޤާމަށް ހޮވުނު މެންބަރުންނަށް މަޤާމު ޙަވާލުކޮށްދެއްވީ އެމް.އެމް.ޔޫގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ. އަދި ގޮފިތަކުގެ ރައީސުން/ރައީސާއިންނަށް މަޤާމު ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ އަދި ޖަމިއްޔާތަކުގެ ރެޖިސްޓްރާރ އަލްފާޟިލް އަޙްމަދު އިރާޝެވެ.

ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ


މި ރަސްމިއްޔާތުގައި ދަރިވަރުންގެ ޔޫނިއަންގެ ނައިބު ރައީސް (ގޮފިތައް) ޢަބްދުﷲ ޝަހުނީޒް ވާހަކަފުޅު
ދައްކަވާފައިވާއިރު، އެބޭފުޅާގެ ވާހަކައިގައި، އެމް.އެން.ޔޫ.އެސް.ޔޫ އިން ހިންގާ ހަރަކާތްތަކުގެ އަދަދު އިތުރުކުރުމުގެ ބަދަލުގައި ބޭނުންވަނީ ހިންގޭ ހަރަކާތްތަކުގެ ފެންވަރު ރަނގަޅުކޮށް ގިނަ އިސްވާރުން ހަރަކާތްތަކުގައި ބައިވެރިކުރުވުން ކަމަށް ފާހަގަކޮށްފައިވެއެވެ.

ދަރިވަރުންގެ ޔޫނިއަންގެ ރައީސް މި ރަސްމިއްޔާތުގައިި ވާހަކަފުޅު ދައްކަވާފައިވާއިރު، އެބޭފުޅާގެ ވާހަކާގައި، ގޮފިތަކުގެ ހިންގާ ކޮމިޓީއަށް އިންތިޚާބުނުވުމަކީ ދަރުމަވެރި މަސައްކަތް ކުރުމަށް އޮތް ހުރަހެއް ނޫން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދަރުމަވެރި މަސައްކަތް ކުރުމުގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައިކަން ފާހަގަ ކުރެއްވިއެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ދެވޭ 2ވަނަ އަށް އެންމެ މަތީ ޝަރަފް، ”މަރުހޫމް އަޙްމަދު ޢަބްދުﷲ ނަސީރުގެ ހަނދާނުގައި ދެވޭ އެމް.އެން.ޔޫ.އެސް.ޔޫގެ ޝަރަފްވެރިކަމުގެ އިނާމު“ ވަނީ މިރަސްމިއްޔާތުގައި 1 ބޭފުޅަކަށް އަރުވާފައެވެ. ހަމަ އެހެންމެ، އެމް.އެން.ޔޫ.އެސް.ޔޫއިން އިންތިޒާމުކޮށްގެން ސިލްސިލާގޮތެއްގައި ކުރިއަށް ގެންދާ ފުޓްސަލް ފިއެސްޓާއާއި ދަރިވަރުންގެ ޔޫނިއަންގެ ލީޑަރސް ގްރޫޕާ ބެހޭގޮތުން ވީޑިއޯ ރިޕޯޓެއް ވަނީ ދައްކާފައެވެ.

މި ރަސްމިއްޔާތުގައި އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް ވިދާޅުވީ އެމް.އެން.ޔޫ.އެސް.ޔޫގެ މަސައްކަތް ދަރިވަރުން ވަނީ ބަލައިގަނެފައި ކަމަށާއި ދަރިވަރުންގެ ޔޫނިއަންއަކީ އެމް.އެން.ޔޫގެ ކުރިއެރުމަށް މުހިންމު ޖަމިއްޔާއެއް ކަމަށެވެ.

އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސް އަދި މިހާރުގެ އެޑްވައިޒަރީ ބޯޑު މެންބަރ އަރުޝަދު އަޝްރަފް ވިދާޅުވީ މި މަސައްކަތް އެންމެ ފުރަތަމަ ފެށިއިރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވި ގޮންޖެހުމަކީ ޒުވާން ކުދިންތަކެއް ގޮވައިގެން ނުކުންނަން ޖެހުން ކަމަށެވެ. ނަމަވެސް މިއަދު ޔޫނިއަންގެ ހުރިހާ ހަރަކާތެއް ހިންގުމުގައި އެންމެ ބޮޑު އެހީއެއް ލިބެމުން އަންނަނީ 17 އަހަރާއި 21 އަހަރާއި ދެމެދުގެ ޒުވާން ކުދިންގެ ފަރާތުން ކަމަށް އަރުޝަދު ވިދާޅުވިއެވެ.

ރަސްމިއްޔާތުގެ އެންމެ ފަހު ނަމްބަރެއްގެ ގޮތުން، ރަސްމިޔާތުގެ ޝަރަފްވެރި މެެހެމާނު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ އަދި ޖަމިއްޔާތަކުގެ ރެޖިސްޓްރާރ އަލްފާޟިލް އަޙްމަދު އިރާޝް ވާހަކަފުޅު ދައްކަވާފައިވާއިރު، އެބޭފުޅާގެ ވާހަކާގައި އެމް.އެން.ޔޫ.އެސް.ޔޫ އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޖަމިއްޔާ ކަމަށާއި މި ޖަމިއްޔާއަކީ ޔޫތް މިނިސްޓްރީއާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ޖަމިއްޔާއެއް ކަމަށް ވިދާޅުވިއެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫ އަކީ ހުރިހާ ޖަމިއްޔާއަކަށް ނަމޫނާ ޖަމިއްޔާއެއް ކަމަށް ވިދާޅުވެފައިވެއެވެ.

ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އަޙްމަދު އިރާޝް | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މި ރަސްމިއްޔާތުގައި މާލޭ ކެމްޕަސްތަކުގެ 10 ގޮފީގެ 60 ދަރިވަރުންނަށް ވަނީ މަޤާމު ހަވާލުކުރެވިފައެވެ.


ލިޔުނީ: މުޙައްމަދު އަޙްނަފް
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

2022-08-12
ސީ.އެފް.އެސްގެ 2022 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

ސީ.އެފް.އެސްގެ 2022 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

2022-08-12
އެފް.އެޗް.އެސް އަށް މި ސެމިސްޓާއަށް އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފި

އެފް.އެޗް.އެސް އަށް މި ސެމިސްޓާއަށް އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފި

2022-08-12
އެމް.އެން.ޔޫ ދެ ވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

އެމް.އެން.ޔޫ ދެ ވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

2022-08-10
މެޑިކޯސްގެ ފަރާތުން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ދެވަނަ ކުއާޓާރ ހީލާރސްއާ ގުޅިގެން ކުރިއަށް ގެންގޮސްފި

މެޑިކޯސްގެ ފަރާތުން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ދެވަނަ ކުއާޓާރ ހީލާރސްއާ ގުޅިގެން ކުރިއަށް ގެންގޮސްފި

2022-08-09
ބީ.އެސް.އެސް.އޭ ފޮޓޯ ޗެލެންޖްގެ އެއްވަނަ ތައިބާ މުހައްމަދަށް!

ބީ.އެސް.އެސް.އޭ ފޮޓޯ ޗެލެންޖްގެ އެއްވަނަ ތައިބާ މުހައްމަދަށް!

2022-08-09
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab