Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ޚަބަރު

މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި ޒުވާނުން ހަރުދަނާކުރުމުގެ އަމާޒުގެ ދަށުން ބާއްވާ ޒުވާނުންގެ ފޯރަމް މިފަހަރު ނ. ވެލިދޫގައި

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2020-02-29
in ޚަބަރު
މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި ޒުވާނުން ހަރުދަނާކުރުމުގެ އަމާޒުގެ ދަށުން ބާއްވާ ޒުވާނުންގެ ފޯރަމް މިފަހަރު ނ. ވެލިދޫގައި

ޔޫތު ލީޑަރސް ނެޓްވޯކް (ވައި.އެލް.އެން)ގެ ފަރާތުން 2020 ވަނަ އަހަރު ބާއްވާ ފުރަތަމަ ޒުވާނުންގެ ފޯރަމް ނ. ވެލިދޫގައި ފެށިގެން ކުރިއަށް އެބަދެއެވެ.

”ހަރުދަނާ ޒުވާނުން – މުޖުތަމަޢުގެ ކުރިއެރުން“ މި ޝިޢާރުގެ ދަށުން 27 ފެބުރުވަރީން 01 މާރޗަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމަކީ ވެލިދޫގެ އިތުރުން ނ. އަތޮޅުގެ އެހެން ހުރިހާ ރަށެއްގެ ޒުވާނުންނަށް ވެސް އަމާޒުކޮށްގެން ކުރިއަށްގެންދެވޭ ފޯރަމެކެވެ.

ވައި.އެލް.އެންގެ އެހެނިހެން ފޯރަމްތަކެކޭވެސް އެއްފަދައިން މި ފޯރަމްގައިވެސް ތަފާތު އެކި މުއައްސަސާތަކުން ސެޝަންތައް ނަގައިދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. ފޯރަމް ފެށިގެންދިޔައީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސެޝަނުންނެވެ. މި ސެޝަން ކުރިއަށްދިޔައީ ބުރާސްފަތިދުވަހުގެ މެންދުރު 02.00ން ފެށިގެން ހަވީރު 06.00ގެ ނިޔަލަށެވެ. ބުރާސްފަތިދުވަހުގެރޭ ފޯރަމްގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވިގެންދިޔައިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒް އަލްފާޟިލް މުޙައްމަދު މާހިރު ޢީސާއެވެ. މި ރަސްމިއްޔާތަށްފަހު ކުރިއަށްދިޔައީ ޔޫތު ލީޑަރސް ނެޓްވޯކްގެ ސެޝަން އެވެ. ހުކުރުދުވަހުގެ ފުރަތަމަ ސެޝަން އޮތީ މެންދުރުފަހު 02.00ގައެވެ. މި ސެޝަން ނަންގަވައިދިނީ ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުންނެވެ. ހުކުރުދުވަހުގެރޭ ފޯރަމްގެ ބައިވެރިންނާއި އޮފިޝަލުންނަށް ވެލިދޫ ޒުވާނުންގެ ފަރާތުން ބާބެކިއުއެއް ދެއްވާފައިވެއެވެ. ފޯރަމްގެ 4 ވަނަ ސެޝަން އޮންނާނީ ހޮނިހިރުދުވަހުގެ ހެނދުނު 08.45ގައެވެ. މި ސެޝަން ނަންގަވައި ދެއްވާނީ މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ނޭޝަނަލް ހެރިޓޭޖްގެ ފަރާތުންނެވެ. 5 ވަނަ ސެޝަން ފެށުމަށް ހަމަޖެހިފައިވަނީ 10.15ގައި ކަމަށްވާއިރު މި ސެޝަން ނަންގަވައިދެއްވާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ލީގަލް ސެކްޝަންގެ ފަރާތުންނެވެ. ފޯރަމްގެ 6 ވަނަ ސެޝަން ހޮނިހިރުދުވަހުގެ މެންދުރުފަހު 12.45ށް ތާވަލުކުރެވިފައިވާއިރު މި ސެޝަން ނަންގަވައިދެއްވާނީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭ.ޖޭ.ޔޫ)ގެ ފަރާތުންނެވެ. ހޮނިހިރުދުވަހުގެ ހަވީރު އިޖްތިމާޢީ ޙަރަކާތެއް ބޭއްވުމަށް ރޭވިފައިވާއިރު، ފޯރަމްގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރުދުވަހުގެ ރެޔެވެ. މި ރަސްމިއްޔާތުގައި ފޯރަމްގެ ހުރިހާ ބައިވެރިންނަށް ފޯރަމް ނިންމިކަމުގެ ލިޔުން ޙަވާލުކުރެވޭނެކަމަށް ވައި.އެލް.އެން އިން ”އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ“އަށް މަޢުލޫމާތު ދެއްވިއެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެެއިން | ފޮޓޯ: ވައި.އެލް.އެން

2018 ވަނަ އަހަރުން ފެށިގެން ވައި.އެލް.އެންގެ ކޮންމެ ފޯރަމެއްގައިވެސް އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ މެންބަރުން އޮފިޝަލުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތުދަނީ ދެމުންނެވެ. މިގޮތުން ވެލިދޫ ފޯރަމްގައިވެސް އެމް.އެން.ޔޫ.އެސް.ޔޫގެ ޖުމްލަ 6 މެންބަރެއް ފޯރަމް އޮފިޝަލުންގެ ގޮތުގައި ބައިވެރިވުމަށްވަނީ ވެލިދުއަށް ދަތުރުކޮށްފައެވެ.

މި 6 މެންބަރުންގެ ޓީމުގައި ހިމެނެނީ:

  •  އާމިނަތު ހަމީޒާ އަޙްމަދު – އެމް.އެން.ޔޫ.އެސް.ޔޫގެ ސެކްރެޓަރީ
  • 02.  ޙައްވާ ޝިޢުރާ ޙުސައިން – ސޮސައިޓީ ފޯ ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ނާއިބު ރައީސް (ޢިލްމީ)
  • 03.  އީފާ އިބްރާހީމް – ބިޒްނަސް ސްކޫލް ސްޓޫޑެންޓްސް އެސޯސިއޭޝަންގެ ސެކްރެޓަރީ
  • 04.  ޒާޔާ ޙަސަން ޢިމްރާން – އެމް.އެން.ޔޫ.އެސް.ޔޫ ލީޑަރ
  • 05.  ދަޔާނާ ޙަސަން – އެމް.އެން.ޔޫ.އެސް.ޔޫ ލީޑަރ
  • 06.  ފާޠިމަތު މިހުދާ މުޙައްމަދު – އެމް.އެން.ޔޫ.އެސް.ޔޫ ލީޑަރ

މިއަހަރުގެ ފުރަތަމަ ފޯރަމް ނ. ވެލިދޫގައި ކުރިއަށްދާއިރު، އެންމެ ފަހުން މިފަދަ ފޯރަމެއް ބާއްވާފައިވަނީ އއ. އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށް އއ. މަތިވެރީގައެވެ.

ފޯރަމްގެ ތެރެއިން | ފޮޓޯ: ވައި.އެލް.އެން

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސިވިކް އެޑިއުކޭޝަން ޔުނިޓްގެ ސީދާ ބެލުމުގެ ދަށުން ހިނގަމުންދާ ޔޫތު ލީޑަރސް ނެޓްވޯކަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާ ހަވާލުކޮށްފައިވާ ޒިންމާދާރު ޒުވާން ލީޑަރުން ބިނާކުރުމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް އެހީތެރިވުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ އެކުލެވިފައިވަނީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ފޯރުވައިދޭ ބޮޑެތި މުއައްސަސާތަކުގައި ކިޔަވާ ދަރިވަރުން ތަމްސީލުކުރާ ދަރިވަރުންތަކެއްގެ މައްޗަށެވެ. މިގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ތަމްސީލުކުރާ 5 މެންބަރެއް މި ނެޓްވޯކުގައި ހިމެނޭއިރު، ޖަމިއްޔާގެ ރައީސާއަކީވެސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރެކެވެ.

ފޯރަމްގެ ތެރެއިން | ފޮޓޯ: ވައި.އެލް.އެން

ވައި.އެލް.އެންގައި ހިމެނޭ އެމް.އެން.ޔޫ ތަމްސީލުކުރާ ދަރިވަރުން:

  •  ސަނާ ޝަފީޤު – ރައީސާ
  • 02.  އަނާ އަޙްމަދު – އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ސެކްރެޓަރީ
  • 03.  އާމިނަތު ރައުދާ މުޙައްމަދު – އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ އެސިސްޓެންޓް ސެކްރެޓަރީ
  • 04.  މަރިޔަމް ޙުވައިނާ ޙަސަން – އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ އެސޯސިއޭޝަންގެ ރައީސާ
  • 05.  މުޙައްމަދު ޝާބިން އިލްހާމް ރަޝީދު – ސްޓޫޑެންޓްސް އިނީޝިއޭޓިވް އޮފް އާރޓްސްގެ ރައީސް

ވައި.އެލް.އެން އިން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ ޒުވާނުންގެ ފޯރަމްތަކުގެ ބޭނުމަކީ ދިވެހި ޒުވާނުންނަކީ ޒިންމާދާރު އަދި ހަރުދަނާ ބަޔަކަށްހަދާ، ދިވެހި ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ޙިއްޞާ އިތުރުކުރުމެވެ. އަދި ޒުވާނުންނަކީ ޒިންމާދާރު ވަޒީފާތަކުގައި އުޅޭ ބަޔަކަށްހަދާ، ދިވެހި ޒުވާނުންގެ މުސްތަޤްބަލު އުޖާލާކުރުމަށް އެހީތެރިވެދިނުމެވެ.


ލިޔުނީ: މުޙައްމަދު ޝާން ޢާމިރު،
އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ވިލާ ކޮލެޖާއި އެމް.ބީ.އެސް އެއްވަރު، އެސް.އެންއަށް ފަސޭހަ މޮޅެއް

ވިލާ ކޮލެޖާއި އެމް.ބީ.އެސް އެއްވަރު، އެސް.އެންއަށް ފަސޭހަ މޮޅެއް

2025-05-23
އެމް.އެން.ޔޫ.ބީ.އެސް އާއި އެފް.އޭ އެއްވަރުވިއިރު، އެމް.އައި ކޮލެޖަށް މޮޅެއް

އެމް.އެން.ޔޫ.ބީ.އެސް އާއި އެފް.އޭ އެއްވަރުވިއިރު، އެމް.އައި ކޮލެޖަށް މޮޅެއް

2025-05-22
ގްރޫޕް އޭ: މެޕްސް ކޮލެޖަށް ތިން މެޗުން ތިން މޮޅު، އެމް.އައި ވެސް މޮޅުވެ ގްރޫޕް ވާދަވެރިވެއްޖެ!

ގްރޫޕް އޭ: މެޕްސް ކޮލެޖަށް ތިން މެޗުން ތިން މޮޅު، އެމް.އައި ވެސް މޮޅުވެ ގްރޫޕް ވާދަވެރިވެއްޖެ!

2025-05-22
އެފް.އެޗް.އެސް އެއްވަނައިގައި ކުއާޓާއަށް، ވިލާ ކޮލެޖުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި!

އެފް.އެޗް.އެސް އެއްވަނައިގައި ކުއާޓާއަށް، ވިލާ ކޮލެޖުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި!

2025-05-22
ގްރޫޕް އޭ: އެމް.އެން.ޔޫ.ބީ.އެސް އާއި އެމް.އައި އެއްވަރު، އެފް.އޭގެ ފުރަތަމަ މޮޅު!

ގްރޫޕް އޭ: އެމް.އެން.ޔޫ.ބީ.އެސް އާއި އެމް.އައި އެއްވަރު، އެފް.އޭގެ ފުރަތަމަ މޮޅު!

2025-05-22
ގްރޫޕް ޑީ: ސީ.އެފް.އެސް މޮޅުވިއިރު ފެސްޓް އަދި އެމް.ބީ.އެސް އެއްވަރު!

ގްރޫޕް ޑީ: ސީ.އެފް.އެސް މޮޅުވިއިރު ފެސްޓް އަދި އެމް.ބީ.އެސް އެއްވަރު!

2025-05-19
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab