ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގދ.ތިނަދޫ ކެމްޕަހުގައި ޤާއިމްކޮށްފައިވާ އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފި ”ނޭކަ“ ގޮފީގެ އިންތިޚާބުގައި ރައީސް ކަމަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ގޫގަލް މީޓް މެދުވެރިކޮށް 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 8 ވީ އަންގާރަ ދުވަހުގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ނޭކަ ގޮފީގެ އިންތިޚާބުގައި ރައީސް ކަމަށް ވާދަ ކުރާ މެމްބަރުންގެ ކެނޑިޑޭޓް ނަންބަރ ތަރުތީބު:
ހ. މަރިޔަމް ތީމާ އަޙްމަދު – ކެންޑިޑޭޓު ނަމްބަރު 1
ށ. މުޙައްމަދު އަލީ – ކެންޑިޑޭޓު ނަމްބަރު 2
ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ
މި އިންތިޚާބު ފަސްކުރެވުނީ ކޯވިޑް19 އިގެ ސަބަބުން އެމް.އެން.ޔޫ.އެސް.ޔޫގެ ހުރިހާ ހަރަކާތެއް ފަސްކުރަން ނިންމުމާ ގުޅިގެނެވެ. ނޭކަ ގޮތްޕަށް ރައީސަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އިންތިޚާބީ ކޮމިޓީއިން ނިންމާ ތާރީޚެއްގައެވެ. އަދި ކެމްޕެއިންކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ކުރިޔާ ހިސާބަށެވެ. ހަމައެއާއެކު، ކެމްޕެއިން ކުރަންވާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރިސިޓީގެ ޤަވާއިދުތަކާ ޚިލާފު ނުވާނޭ ގޮތަށެވެ.
ލިޔުނީ: މުޙައްމަދު އަޙްނަފް،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ