Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ޚަބަރު

މި ޓާރމުގެ 2 ވަނަ އިސްވާރުންގެ ބައްދަލުވުން ބާއްވައިފި

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2021-02-01
in ޚަބަރު
މި ޓާރމުގެ 2 ވަނަ އިސްވާރުންގެ ބައްދަލުވުން ބާއްވައިފި

2020 ވަނަ އަހަރުގެ 2 ވަނަ ޓާރމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން(އެމް.އެން.ޔޫ.އެސް.ޔޫ) ގެ 2 ވަނަ އިސްވާރުންގެ ބައްދަލުވުން އޮންލައިންކޮށް ކުރިއަށް ގެންގޮސްފިއެވެ.

25 ސެޕްޓެމްބަރު 2020 ވީ ހުކުރު ދުވަހު މެންދުރުފަހު ބޭއްވުނު މި އަހަރުގެ 2 ވަނަ ޓާރމުގެ 2 ވަނަ ލީޑަރުންގެ ބައްދަލުވުމުގައި ޖުމްލަ 11 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި މި ހިނގާ 8 ވަނަ ދައުރުގެ ޔޫނިއަން ހިންގާ ކޮމިޓީގެ ބައެއް މެމްބަރުންނާއި ޔޫނިއަންގެ 9 ވަނަ ދައުރަށް އިންތިޚާބުވި ހިންގާ ކޮމިޓީގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަތެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމްގެ ބައެއް މެމްބަރުންނާއި އެމް.އެން.ޔޫ.އެސް.ޔޫ ގެ އެޑްވައިޒަރީ ބޯޑުގެ ބައެއް މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގެ ތެރެއިން ޔޫނިއަންގެ 8 ވަނަ ދައުރުގެ ނައިބު ރައީސް (ގޮފިތައް) ޢަބްދުﷲ ޝަހުނީޒްގެ ވާހަކަފުޅުގައި ދަރިވަރުންގެ ޔޫނިއަންގެ ތަޢާރަފާއި، ޔޫނިއަން އިން އިންތިޒާމުކޮށްގެން ހިންގޭ ހަރަކާތްތައް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފައިވެއެވެ. އަދި 8 ވަނަ ދައުރުގެ ޚަޒާންދާރު ޙުސައިން ޒައިދު ވަނީ ލީޑަރޝިޕް ވަރުގަދަކުރަން ކުރެވިދާނެ ބައެއް މަސައްކަތްތަކާއި ޔޫނިއަން އިން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ނަސޭހަތްތެރިވެފައިވާއިރު، ނައިބު ރައީސް(ޢިލްމީ) އަރުޝަމް މުޙައްމަދު ވަނީ އެމް.އެން.ޔޫގަ އުޅޭއިރު ދިމާވާ މައްސަލަތައް މީސް މީޑިއާގައި ހިއްސާ ކުރުމުގެ ބަދަލުގައި ޔޫނިއަންއާ ހިއްސާކޮށް ކުރިއަށް ދިއުމަށް އެދިލައްވާފައެވެ.

އެމް.އެން.ޔޫ.އެސް.ޔޫ އަކީ އަބަދުވެސް ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދޭ ބައެއްކަމާއި އެ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޔޫނިއަންގެ ރައީސް ޢަލީ ޝަމްޢޫން ވިދާޅުވިއެވެ.  ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ހަރަކާތްތަކުގައި ވެސް ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ބައްދަލުވުމުގެ ތެރެއިން

އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ 9 ވަނަ ދައުރަށް އިންތިޚާބުވެފައިވާ މެމްބަރުންގެ ތެރެއިން، ސެކްރެޓަރީ ފާތިމަތު ނަޝާތު ވަޙީދާއި، ނައިބު ރައީސް(ޢިލްމީ) އާމިނަތު މިހުދާ މުޙައްމަދު ވިދާޅުވީ ދަރިވަރުންގެ ޔޫނިއަން އަކީ އެކި ކަހަލަ ފުރުސަތުތައް ދަރިވަރުންނަށް ހޯދައިދޭ ފަރާތެއްކަމާއި، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށާއި އެއްވެސް އޮޅުން ނުފިލާ ކަމެއް ހިތުގައި ނުބޭއްވުމަށް ވިދާޅުވިއެވެ.

ދަރިވަރުންގެ ޔޫނިއަންގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރު މުޙައްމަދު ޝާން ޢާމިރުގެ ވާހަފުޅު ވަނީ މައިގަނޑު 3 ކަމަކަށް އަލިއަޅުވާލާފައެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް، އަމިއްލަޔަށް ކުރިއަރަން މަސައްކަތްކުރާ ބަޔަކަށް ލީޑަރުން ވާންވާނެ ކަމަށް ވިދާޅުވިއެވެ. އަދި ހަރަކާތްތައް އިންތިޒާމުކުރަން އުޅުމުގަޔާއި ބޭރުގަވެސް ޔޫނިއަންގެ ލީޑަރުން ވާންވާނީ ގުޅިގެން މަސައްކަތް ކުރާ ބަޔަކަށް ކަމަށާއި ޔުނިވަރސިޓީއާއި ޔޫނިއަންގެ އަދި އެހެނިހެން ހިއްސާ ކުރެވޭ މުހިންމު މައުލޫމާތުތައް ހިއްސާ ކުރުމަށް ހެދިފައިވާ ލީޑަރުންގެ އޮފިޝަލް ވައިބަރ ގުރޫޕް އަބަދުވެސް ބަލަން ވާނެކަމަށް ވިދާޅުވިއެވެ.

ޔޫނިއަންގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރު އާދަމް ރުޝްދީ ވަނީ ލިބޭ ފުރުސަތުތައް ހެޔޮގޮތުގައި ބޭނުން ހިފުމަށާއި އެ ކުއްޖަކަށް ހުސްވަގުތު ލިބޭ ވަރަކުން ޔޫނިއަންގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ވިދާޅުވެފައެވެ. އަދި ޔޫނިއަން އިން ލީޑަރުންނަށް އެ ލީޑަރުންގެ މަސައްކަތުގެ އަގު ވަޒަންކޮށް އެވޯޑާއި ހަނދާނީ ލިޔުން ދޭނެކަމަށް ވިދާޅުވިއެވެ.

ކުރީ އަހަރުތަކުގެ ލީޑަރުންގެ ނައިޓުގެ ވީޑިއޯގެ ތެރެއިން

ދަރިވަރުންގެ ޔޫނިއަންގެ އެޑްވައިޒަރީ ބޯޑު މެމްބަރު އަރުޝަދު ޢަޝްރަފްގެ ވާހަކަފުޅުގައި ކަންކަމާ ކެރިގެން ކުރިމަތިލުމަށާއި ޔުނިވަރސިޓީ ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ވިދާޅުވިއެވެ. އަދި އެ ތަނެއް ތަރައްޤީ ވާނީ އެތަނެއް ދެކެ ލޯބިވެގެންކަމާއި އެއްވެސް މައްސަލައެއް ދިވާވެއްޖެނަމަ އެމް.އެން.ޔޫ.އެސް.ޔޫ އާ ހިއްސާކޮށް ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ މީޑިއާ ޓީމްގެ މެމްބަރު ޢަބްދުﷲ ޢަތޫފް އާތިފް ވެސް ވަނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ވިދާޅުވެފައެވެ. އަދި ކުދިންނާ ގުޅިގެން މަސައްކަތްކޮށް އެކުއްޖެއްގެ ގައިގާ ހުރި ހުނަރެއް ކުރިއެރުވުމަށް ގަދައަޅާ މަސައްކަތްކުރުމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ބައްދަލުވުމުގައި ކުޅެވުނު ގޭމުގެ ތެރެއިން

ބައްދަލުވުމުގެ އެންމެ ފަހު ނަމްބަރެއްގެ ގޮތުން ކުރީ އަހަރުތަކުގައި ޔޫނިއަން އިން ހިންގައިފައިވާ ހަރަކާތްތަކުގެ ވީޑިއޯ ކުލިޕްތަކާއި އައު ލީޑަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަޖާ އޮންލައިން ގޭމެއް ކުރިއަށް ގެންދުވެނެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ލީޑަރސް ގްރޫޕަކީ އެމް.އެން.ޔޫ.އެސްޔޫގެ ޙަރަކާތްތަކުގައި އިސްވެ އުޅުމަށް ޝަޢުޤުވެރިވާ ދަރިވަރުންނަށް އަމާޒުކޮށް 2018ވަނަ އަހަރު ހަދާފައިވާ ގްރޫޕެކެވެ. މި ގްރޫޕްގެ މެންބަރުންނަށް ޔޫނިއަންގެ ޙަރަކާތްތައް ރާވާ އިންތިޒާމުކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމުގެ އިތުރުން، ތަފާތު އެތައް ފުރުޞަތުތަކެއް ޔޫނިއަންއިން ދަނީ ފަހިކޮށްދެމުންނެވެ، މީގެ ތެރޭގައި ޤައުމީ ލެވެލްގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތުތަކާއި، ތަމްރީން ޕްރޮގްރާމްތަކާއި، އަދި ޔޫނިއަނިް އަށް ލިބޭ ޚާއްޞަ ފުރުޞަތުތަކަށް މި ގްރޫޕް މެންބަރުން ފޮނުވުން ފާހަގަކޮށްލެވެއެވެ. މި ގްރޫޕަށް ވަނުމަށް އެމް.އެންޔޫގެ ކޮންމެ ދަރިވަރަކަށްވެސް ފުރުސަތު އޮތްއިރު، ޔޫނިއަންގެ ކޮންމެ މީޑިއާ ޕްލެޓްފޯމަކަށް މެސެޖުކޮށްލައިގެންވެސް މިކަން ކޮށްލުމުގެ ފުރުޞަތު އެބައޮތެވެ.

 

Tags: އިސްވާރުންލީޑާރސް ނައިޓް
އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ވިލާ ކޮލެޖާއި އެމް.ބީ.އެސް އެއްވަރު، އެސް.އެންއަށް ފަސޭހަ މޮޅެއް

ވިލާ ކޮލެޖާއި އެމް.ބީ.އެސް އެއްވަރު، އެސް.އެންއަށް ފަސޭހަ މޮޅެއް

2025-05-23
އެމް.އެން.ޔޫ.ބީ.އެސް އާއި އެފް.އޭ އެއްވަރުވިއިރު، އެމް.އައި ކޮލެޖަށް މޮޅެއް

އެމް.އެން.ޔޫ.ބީ.އެސް އާއި އެފް.އޭ އެއްވަރުވިއިރު، އެމް.އައި ކޮލެޖަށް މޮޅެއް

2025-05-22
ގްރޫޕް އޭ: މެޕްސް ކޮލެޖަށް ތިން މެޗުން ތިން މޮޅު، އެމް.އައި ވެސް މޮޅުވެ ގްރޫޕް ވާދަވެރިވެއްޖެ!

ގްރޫޕް އޭ: މެޕްސް ކޮލެޖަށް ތިން މެޗުން ތިން މޮޅު، އެމް.އައި ވެސް މޮޅުވެ ގްރޫޕް ވާދަވެރިވެއްޖެ!

2025-05-22
އެފް.އެޗް.އެސް އެއްވަނައިގައި ކުއާޓާއަށް، ވިލާ ކޮލެޖުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި!

އެފް.އެޗް.އެސް އެއްވަނައިގައި ކުއާޓާއަށް، ވިލާ ކޮލެޖުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި!

2025-05-22
ގްރޫޕް އޭ: އެމް.އެން.ޔޫ.ބީ.އެސް އާއި އެމް.އައި އެއްވަރު، އެފް.އޭގެ ފުރަތަމަ މޮޅު!

ގްރޫޕް އޭ: އެމް.އެން.ޔޫ.ބީ.އެސް އާއި އެމް.އައި އެއްވަރު، އެފް.އޭގެ ފުރަތަމަ މޮޅު!

2025-05-22
ގްރޫޕް ޑީ: ސީ.އެފް.އެސް މޮޅުވިއިރު ފެސްޓް އަދި އެމް.ބީ.އެސް އެއްވަރު!

ގްރޫޕް ޑީ: ސީ.އެފް.އެސް މޮޅުވިއިރު ފެސްޓް އަދި އެމް.ބީ.އެސް އެއްވަރު!

2025-05-19
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab