Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ޚަބަރު

ޖެހިޖެހިގެން ދެވަނަ ފަހަރަށް ސީ.އެފް.އެސް އިން ތަށި އުފުލާލައިފި

2020 ވަނަ އަހަރުގެ ޗެމްޕިއަނަކީވެސް ސީ.އެފް.އެސް

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2021-10-02
in ޚަބަރު, ހަރަކާތް
ޖެހިޖެހިގެން ދެވަނަ ފަހަރަށް ސީ.އެފް.އެސް އިން ތަށި އުފުލާލައިފި

އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) ހޯދައިފިއެވެ.

ބުރާސްފަތިދުވަހުގެރޭ ކުޅުނު ފައިނަލް މެޗު ސީ.އެފް.އެސް އިން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) އާއި ވާދަކޮށް ކާމިޔާބުކުރީ 3 ސެޓު، 1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ސީ.އެފް.އެސް އިން ގެންދިޔައީ 25-10ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެޓުގައި ސީ.އެފް.އެސް އިން ކުޅުން ރަނގަޅުކޮށް 25-22ގެ ނަތީޖާއަކުން ސެޓު ކާމިޔާބުކުރިއެވެ. ނަމަވެސް މެޗުގައި ދެން ކުޅެވުނު 2 ސެޓު 25-17 އަދި 25-09 އަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން 2 ވަނަ ފަހަރަށް ސީ.އެފް.އެސް އިން ވަނީ ހޯދައިފައެވެ.

ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީ.އެފް.އެސްގެ ޖާރޒީ ނަންބަރ 12 ޢަލީ ޢާރިފެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި މި އެވޯޑު ހަވާލުކޮށްދެއްވާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (އިތުރު ޙަރަކާތް) މާޒިން މުޙައްމަދެވެ.

ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ޓީމުތަކަށް ހަނދާނީ ލިޔުން ޙަވާލުކޮށްފައިވެއެވެ. ދަރިވަރުންގެ ޔޫނިއަންގެ ރައީސް ޢަބްދުﷲ ޝަހުނީޒް މި ލިޔުންތައް ޙަވާލުކޮށްދެއްވިއިރު މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވާދަކޮށްފައިވަނީ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، ސްކޫލް އޮފް ނާރސިންގ، ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް އެވެ.

ފައިނަލު މެޗުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މީގެ އިތުރުން މުބާރާތުގެ ރެފްރީންނަށްވެސް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ. މުބާރާތުގައި ރެފްރީންގެ ގޮތުގައި މަސައްކަތްކޮށްދެއްވި އެމް.އެން.ޔޫ ވޮލީ ޓީމުގެ ހެޑްކޯޗު އަލްފާޟިލް ޚާލިދު މުޙައްމަދާއި، އެމް.އެން.ޔޫ ފިރިހެން ވޮލީ ޓީމުގެ ކެޕްޓަން ޙަސަން މޫސާއަށް ލިޔުން ޙަވާލުކޮށްދެއްވީ ދަރިވަރުންގެ ޔޫނިއަންގެ ނައިބު ރައީސް (ގޮފިތައް) ޙުސައިން ޒައިދެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި އެންމެ ރަނގަޅު ސަޕޯޓަރުންގެ ގޮތުގައި ހޮވުނު ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް އަށް ޓްރޮފީ ޙަވާލުކޮށްދެއްވީ ދަރިވަރުންގެ ޔޫނިއަންގެ ކުރީގެ ނައިބު ރައީސް (އިތުރު ޙަރަކާތް) ޙަސަން ޝާހެވެ.

”ޓޮޕް 6 ޕްލޭޔަރސް“ | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

ފިރިހެން ޑިވިޝަނުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީ.އެފް.އެސްގެ ޖާރޒީ ނަންބަރ 11 ޙުސައިން ޝިފާޢެވެ. މި އެވޯޑު ޙަވާލުކޮށްދެއްވީ ފެކަލްޓީ އޮފް އާރޓްސްގެ ޑީން އަލްފާޟިލް އާސިމް ޢަބްދުއްސައްތާރެވެ.

ފިރިހެން ޑިވިޝަނުގެ ”ޓޮޕް 6“ ޕްލޭޔަރުންގެ ގޮތުގައި ހޮވިފައިވަނީ:

  1. އެސް.އެންގެ ޖާރޒީ ނަންބަރ 10 މުޙައްމަދު އާދަމް،
  2. ސީ.އެފް.އެސްގެ ޖާރޒީ ނަންބަރ 09 ޢަލީ ނާއިފް،
  3. އެފް.އެޗް.ޓީ.އެސްގެ ޖާރޒީ ނަންބަރ 14 އަހްމަދު އަނަސް،
  4. އެމް.އެން.ޔޫ.ބީ.އެސްގެ ޖާރޒީ ނަންބަރ 16 އިބްރާހީމް ރަޒީން،
  5. އެފް.އެޗް.ޓީ.އެސްގެ ޖާރޒީ ނަންބަރ 11 އިބްރާހީމް އަޝްހަމްގެ އިތުރުން
  6. ސީ.އެފް.އެސްގެ ޖާރޒީ ނަންބަރ 12 ޢަލީ އާރިފެވެ.

މި ފަރާތްތަކަށް އެވޯޑު ޙަވާލުކޮށްދެއްވީ ފުޓްރަބްގެ ކޯ ފައުންޑަރ އަލްފާޟިލް އަޙްމަދު ޚިޒާމެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކޯޗު ސީ.އެފް.އެސްގެ ކޯޗު މުޙައްމަދު މިމްރާހް ޙަސަން އަށް އެވޯޑު ޙަވާލުކޮށްދެއްވީ ވީ.އޭ.އެމްގެ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޝަން މެންބަރު އަދި ޕޮލިސް ކްލަބްގެ ނައިބު ރައީސް އަލްފާޟިލް ފަތުހުﷲ ވަޙީދެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސީ.އެފް.އެސްގެ ޖާރޒީ ނަންބަރ 04 ޢަލީ ނިމާލެވެ. މި އެވޯޑު ޙަވާލުކޮށްދެއްވާފައިވަނީ ޖަމިއްޔާތަކުގެ ރެޖިސްޓްރާރ އަލްފާޟިލް އަހްމަދު އިރާޝެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ރަނަރއަޕް ޓީމް ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް އަށް ޓްރޮފީ އާއި މެޑަލް ޙަވާލުކޮށްދެއްވީ އެމް.އެން.ޔޫ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލް ޙުސައިން ޙަލީމެވެ.

އަދި ޗެމްޕިއަން ޓީމް ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް އަށް ޓްރޮފީ އާއި މެޑަލް ޙަވާލުކޮށްދެއްވީ އެމް.އެން.ޔޫ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ.

އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ވޮލީބޯޅައިގެ ގަވާއިދުތަކަށް އަހުލުވެރިކޮށް ވޮލީބޯޅަ ކުޅުމުގެ ފޯރި އިތުރުކުރުމެވެ. 2015 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ކުރިއަށްދާ މި މުބާރާތަކީ އެމް.އެން.ޔޫގެ ފެކަލްޓީ/ސެންޓަރ/ކެމްޕަސްތަކުގައި ގާއިމު ކުރެވިފައިވާ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތަކީ މީގެ 7 ވަނަ މުބާރާތް ކަމަށްވާއިރު، މިއަހަރު ޖުމްލަ 15 ޓީމަކުން މުބާރާތުގައި ބައިވެރިވެފައިވެއެވެ. އެއީ ފިރިހެން ޑިވިޝަނުގައި 7 ޓީމު އަދި އަންހެން ޑިވިޝަނުގައި 8 ޓީމެވެ. މިފަހަރުގެ މުބާރާތަކީ މިހާތަނަށް ދަރިވަރުންގެ ޔޫނިއަންގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް އެމް.އެން.ޔޫގެ އަތޮޅުތެރޭ ކެމްޕަހަކުން ޓީމެއް ބައިވެރިވާ ތާރީޚީ މުބާރާތެވެ. އެގޮތުން ގަން ކެމްޕަހުގެ އަންހެން ޓީމުން މިއަހަރުގެ މުބާރާތުގައި ވަނީ ބައިވެރިވެފައެވެ.

އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

އެމް.އެން.ޔޫ ދެ ވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

އެމް.އެން.ޔޫ ދެ ވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

2022-08-10
މެޑިކޯސްގެ ފަރާތުން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ދެވަނަ ކުއާޓާރ ހީލާރސްއާ ގުޅިގެން ކުރިއަށް ގެންގޮސްފި

މެޑިކޯސްގެ ފަރާތުން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ދެވަނަ ކުއާޓާރ ހީލާރސްއާ ގުޅިގެން ކުރިއަށް ގެންގޮސްފި

2022-08-09
ބީ.އެސް.އެސް.އޭ ފޮޓޯ ޗެލެންޖްގެ އެއްވަނަ ތައިބާ މުހައްމަދަށް!

ބީ.އެސް.އެސް.އޭ ފޮޓޯ ޗެލެންޖްގެ އެއްވަނަ ތައިބާ މުހައްމަދަށް!

2022-08-09
މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް ހުޅުވާލައިގެން އެމް.އެން.ޔޫ.އެސް.ޔޫ އިން ވޮލީބޯޅަ މުބާރާތެއް ބާއްވަނީ

މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް ހުޅުވާލައިގެން އެމް.އެން.ޔޫ.އެސް.ޔޫ އިން ވޮލީބޯޅަ މުބާރާތެއް ބާއްވަނީ

2022-07-20
އިޢުލާން: އެމް.އެން.ޔޫ.އެސް.ޔޫ ވީ.އެފް.އޭ ހަޔަރ އެޑިއުކޭޝަން ވޮލީބޯލް ޗެމްޕިއަންޝިޕް 2022 އާއި ގުޅޭ

އިޢުލާން: އެމް.އެން.ޔޫ.އެސް.ޔޫ ވީ.އެފް.އޭ ހަޔަރ އެޑިއުކޭޝަން ވޮލީބޯލް ޗެމްޕިއަންޝިޕް 2022 އާއި ގުޅޭ

2022-07-19
ވީ.ސީ.އެސް.އޭ ބާސްކެޓްބޯޅަ މުބާރާތުން އެމް.އެން.ޔޫއަށް ރަން މެޑައްޔަކާއި ރިހި މެޑައްޔެއް!

ވީ.ސީ.އެސް.އޭ ބާސްކެޓްބޯޅަ މުބާރާތުން އެމް.އެން.ޔޫއަށް ރަން މެޑައްޔަކާއި ރިހި މެޑައްޔެއް!

2022-07-07
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab