31 އޮކްޓޯބަރ ވީ އާދިއްތަ ދުވަހު ބަހުސް މުބާރާތް ފެށިއިރު، މުބާރާތުގެ ތިންވަނަ މެޗުގައި ބައްދަލުކުރީ އެމް އެން ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އަދި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް (އެފް.އެޗް.ޓީ.އެސް) އެވެ.
މި ބަހުސް އެފް.އެޗް.ޓީ.އެސް މައްޗަށް އެމް.އެމް.ޔޫ.ބީ.އެސް އިން ކާމިޔާބުކުރީ 471 – 839 ގެ ނަތީޖާ އަކުންނެވެ. މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާ އަކަށް ހޮވިފައިވަނީ އެމް.އެން.ޔޫ.ބީ.އެސްގެ އައިމިނަތު އިނާސް އެވެ. ވާދަވެރި ބަހުސް އަކަށްފަހު އެމް.އެން.ޔޫ.ބީ.އެސް އިން އެފް.އެޗް.ޓީ.އެސް މައްޗަށް ކުރި ހޯދިއިރު އެމް.އެން.ޔޫ.ބީ.އެސް ވަނީ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ.
މި އަހަރުގެ މުބާރާތުގައި އެމް.އެން.ޔޫ އިން ބޭރު ދެ ޓީމު ކަމަށްވާ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އަދި ވިލާ ކޮލެޖް (ވީ.ސީ) ވަނީ ބައިވެރިވެފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތަކީ ދިވެހި ބަސް ދިރުވައި އާލާކޮށް، ބަހުގެ ހަމަތަކާ އެއްގޮތަށް ދިވެހިބަސް ބޭނުން ކުރަން ބާރުއެޅުމަށާއި ޢިލްމީ ފެންވަރެއްގައި އުފެއްދުންތެރި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ދޫފަރިތަ، ކުޅަދާނަ ވާހަކަދެއްކުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވެނީ ސިލްސިލާކޮށް ބޭއްވޭ މި މުބާރާތުގެ 8 ވަނަ މުބާރާތެވެ.






