ފެބުރުވަރީ 17ވީ ބުރާސްފަތިދުވަހު ކުރިއަށް ދިޔަ، އެމް.އެން.ޔޫ.އެސް.ޔޫ ގޮފިތަކުގެ ހިންގާ ކޮމިޓީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ މީޑިއާ ކޯޑިނޭޓަރުކަމުގެ މަޤާމަށް އެ މަޤާމަށް ވާދަކުރި ކ. މާލޭ މ. ސަމާބުލޫގޭ މަރިޔަމް އީމާ އާދަމް އިންތިޚާބުވެއްޖެއެވެ.
ފެސާގެ މީޑިއާ ކޯޑިނޭޓަރ ގެ މަޤާމަށް ކުރިމަތިލާފައިވަނީ ކެންޑިޑޭޓް ނަންބަރު 1 މަރްޔަމް އީމާ އާދަމްގެ އިތުރުން ކެންޑިޑޭޓް ނަންބަރު 2 ނާހިޒާ ޢަބްދުﷲ އެވެ. އީމާ އިންތިޚާބު ކާމިޔާބުކުރީ 20 ވޯޓާއެކު ވޯޓުގެ %55.56 އިންސައްތަ ވޯޓު ކާމިޔާބުކޮށްގެންނެވެ. ނާހިޒާ އަށް ލިބުނީ 16 ވޯޓެވެ.


ވޯޓުލުމަށް ބެހެއްޓުނު 2 ފޮށި ވެސް ބެހެއްޓިފައިވަނީ އޭ ބްލޮކް ކުރިމައްޗަށްވާ ގޮތަށް އޮންނަ ސަރަޙައްދުގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ މާލޭ ކެމްޕަހުގެ ގޮފިތަކުގެ ހިންގާ ކޮމިޓީ އިފްތިތާހު ކުރުން ތާވަލުކުރެވިފައިވަނީ ފެބުރުވަރީ 19ވާ ހޮނިހިރުދުވަހުގެ ރެޔަށެވެ.