ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް ހުޅުވާލައިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
ވޮލީބޯލް ފެމިލީ އެސޯސިއޭޝަން (ވީ.އެފް.އޭ)އާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ތާވަލު ކުރެވިފައިވަނީ 25 އޮގަސްޓް 2022 ގައެވެ. ”އެމް.އެން.ޔޫ.އެސް.ޔޫ ވީ.އެފް.އޭ ވޮލީބޯލް ޗެމްޕިއަންޝިޕް“ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ޓީމުތައް ރެޖިސްޓާރ ކުރުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ޓީމުތައް ރެޖިސްޓާރ ކުރުމުގެ ފަހު ތާރީޚަކީ 31 ޖުލައި 2022 އެވެ.
މުބާރާތުގެ ޤަވާއިދު އަދި ރެޖިސްޓްރޭޝަން ފޯމު މި ވެބްސައިޓްގެ ޑައުންލޯޑްސް ޕޭޖުން ލިބެން ހުންނާނެއެވެ.
ކޮލެޖް/ޔުނިވަރސިޓީ އަދި ހައި ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ އެމް.އެން.ޔޫ.އެސް.ޔޫ އިން މިއަހަރު އަލަށް ފަށާ މުބާރާތެކެވެ. މި މުބާރާތް ސްޕޮންސަރކުރުމުގެ ފުރުޞަތު މިހާރުވެސް ވަނީ ހުޅުވާލައިފައެވެ. ސްޕޮންސަރޝިޕް ޕެކޭޖްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 9924487 ނުވަތަ 7836368 އަށް ގުޅުއްވުމުން އެ މައުލޫމާތު ލިބޭނެއެވެ.