ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފެކަލްޓީ އޮފް އާރޓްސްގެ ގޮފި ސުޓޫޑެންޓްސް އިނިޝިއޭޓިވް އޮފް އާރޓްސް (ސިއާ) އަދ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗް.އާރު.ސީ.އެމް)އާއި ގުޅިގެން ވޯޓަރސް އެޑިއުކޭޝަން ސެޝަނެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
ނިމިގެންދިޔަ އާދިއްތަ ދުވަހުގެ ރޭ އެމް.އެން.ޔޫ ސީއޭ އޮޑިޓޯރިއަމްގައި ބޭއްވުނު މި ހަރަކާތުގައި ފެކަލްޓީ އޮފް އާރޓްސްގެ ދަރިވަރުންގެ އިތުރުން އެހެނިހެން ފެކަލްޓީތަކުގެ ދަރިވަރުންވަނީ ބައިވެރިވެފައެވެ.
މި ހަރަކާތުގައި ވޯޓު ލުމުގެ މުހިންމުކަމާއި، ވޯޓު ލުމުގައި ދިމާވާ ދަތިތަކާއި، އެ ދަތިތަކުން އަރައިގަތުމަށް ކުރެވޭނެ ކަންކަމާއި އަދި ވޯޓުލުމުގައި ސަމާލުވާންވީ ކަންކަން ފާހަގަކޮށް ދަރިވަރުންނާއެކު ވަނީ މަޝްވަރާކުރެވިފައެވެ.
ސިއާގެ އަމާޒަކީ ދަރިވަރުން ބާރުވެރިކުރުމަށް މިފަދަ އެތަށް ހަރަކާތްތަކެއް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ބޭއްވުމެވެ. އަދި ސިއާގެ އުންމީދަކީ މިފަދަ ހަރާކަތްތަކަކީ ޤައުމުގެ މުސްތަގްބަލާއި އަދި ޔުނިވާރސިޓީގެ ދަރިވަރުންގެ ކުރިމަގަށް މުހިންމު މަސައްކަތްތަކަކައްވުމެވެ.