ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) 13 ވަނަ ދައުރުގެ ހިންގާ ކޮމެޓީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް އިފްތިތާޙުކޮށްދެއްވައިފި އެވެ.
1 ޑިސެމްބަރު 2024 ވަނަ ދުވަހުގެރޭ އެމް.އެން.ޔޫ ސެންޓްރަލް އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވީސީގެ އިތުރުން، އެމް.އެން.ޔޫގެ މެނޭޖުމަންޓްގެ އިސް ފަރާތްތަކާއި، ޑީން އޮފް ސްޓޫޑެންޓްސް އާޝިޔާ ލީލާ އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން 12 ވަނަ ދައުރުގެ ހިންގާ ކޮމެޓީގެ މެމްބަރުންނާއި އެމް.އެން.ޔޫ.އެސް.ޔޫ ގޮފިތަކުގެ ހިންގާ ކޮމެޓީ މެމްބަރުންގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ ލީޑާސް ގްރޫޕްގެ މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
13 ވަނަ ދައުރުގެ ހިންގާ ކޮމެޓީ:
ރައީސް – އިބްރާހީމް މިޝަލް މޫސާ
ނައިބު ރައީސް (އިލްމީ) – އައިޝަތު އަފްނާން އިސްހާގް
ނައިބު ރައީސް (އިތުރު ހަރަކާތް) – މުޙައްމަދު އަޔާޝް ޢަލީ
ނައިބު ރައީސް (ގޮފިތައް) – މުޙައްމަދު ހިޒްޔަމް ޙާމިދު
ސެކްރެޓަރީ – އާމިނަތު އާޔާ އިޤްބާލް
އެސިސްޓެންޓް ސެކެޓްރީ – ޢައިޝަތު ޢަލްޔާ ޢާރިފް
ޚަޒާންދާރު – އަޙްމަދު ސަމީހް
މީޑިއާ ކޯޑިނޭޓަރ – މޫސާ މާހީ މުޙައްމަދު
އެމް.އެން.ޔޫ.އެސް.ޔޫ ހިންގާ ކޮމެޓީ އިފްތިތާޙުކޮށްދެއްވުމަށްފަހު ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައި ޝާމިލުވެ އުޅުމަކީ މުހިންމު ކަމެއް ކަމުގަ އެވެ. މީގެ އިތުރުން ޝެހެނާޒް ވަނީ އަންނަ އަހަރު ބޮޑު އިސްކަމެއް ދީގެން، ކްލަބް ޕޮލިސީގެ މަސައްކަތް ނިންމުމަށް ނަސޭހަތްތެރިވެފަ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ 13 ވަނަ ދައުރުގެ ހިންގާ ކޮމެޓީ އިފްތިތާހުކުރި ޖަލްސާގައި ވަނީ މިދިޔަ އަހަރުތަކުގައި އެމް.އެން.ޔޫ.އެސް.ޔޫ އަށް މަސައްކަތްކޮށްދެއްވި ފަރާތްތަކަށް އެވޯޑް ދީފަ އެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ މިއަހަރުގެ އެންމެ ހަރަކާތްތެރި ގޮފިތަކަށް ވަނަ ދީފަ އެވެ.