ކޮންމެ ގޮތްޕަކުންވެސް މަސައްކަތްކުރަންވާނީ އެ ގޮތްޕެއް ނިސްބަތްވާ ކެމްޕަސް/ފެކަލްޓީ/ސެންޓަރުތަކުގެ ދަރިވަރުންގެ މަސްލަޙަތު ހިމާޔަތްކޮށް، އެ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ނައިބު ރައީސް (ގޮފިތައް) މުޙައްމަދު ހިޒްޔަމް ހާމިދު ވިދާޅުވެއްޖެއެވެ.
ދަރިވަރުންގެ ޔޫނިއަންގެ ގޮފިތައް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހިޒްޔަމް ވިދާޅުވީ، ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ މެންބަރުން ޙަވާލުވީ ވަރަށްވެސް މުހިންމު މަސްޢޫލިއްޔަތުތަކާ ކަމަށާއި، ދަރިވަރުންގެ ޙައްޤުތަކަށް ރައްކާތެރިވުމަކީ އޭގެތެރެއިން އެންމެ މުހިންމު މަސްޢޫލިއްޔަތުކަމަށެވެ.
ހިޒްޔަމް ވިދާޅުވި ގޮތުގައި ގޮފިތަކުގެ އައު އޮޕަރޭޓިންގ ގައިޑްލައިންސްތަކާއެކީ ގޮފިތަކުގެ މަސައްކަތް މިހާރު ވަރަށް ފަސޭހަވެފައިވާކަމަށާއި، އެއާ އެއްގޮތަށް ޢަމަލުކުރުމުން ޙަރަކާތްތަކުގެ ޢަދަދު އިތުރުކުރުމުގެ ބަދަލުގައި ފެންވަރު އިތުރުކުރެވޭނެއެވެ.
ހިޒްޔަމް ވިދާޅުވީ، ގޮފިތަކުގެ ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްކޮށްދޭން ތައްޔާރަށް ހުރި ކަމަށާއި ކަންބޮޑުވުންތަކަށް ގުޅިގެން ހައްލު ގެނެވޭނެކަމަށެވެ.
ނިމިދިޔަ ފެބުރުވަރީމަހުގެ 23ވަނަ ދުވަހު ފެކަލްޓީގެ ގޮފިތައް އިފްތިތާހުކުރެވިގެންދިޔައިރު، އަތޮޅުތެރޭ ގޮފިތަކުގެ ތެރެއިން ދޮންދީނި ގޮފި އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ވަނީ 7 މާރިޗުގައި ބާއްވާފައެވެ.