މައިނާ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2025ގެ ހަތަރުވަނަ ދުވަހު ކުޅުނު ފިރިހެން ޑިވިޜަނުގެ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަދި ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) މިރޭ ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.
އެފް.އީ އިން މިރޭ ސްކޫލް އޮފް މެޑިސިން އާ ކުޅުނު މެޗުން މޮޅުވެފައިވަނީ 2 ސެޓު 0 ސެޓުގެ ނަތީޖާއަކުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފް.އީގެ ފަރުހަތު ޖަލީލެވެ.
މިރޭ ކުޅުނު ފިރިހެން ޑިވިޜަނުގެ ދެވަނަ މެޗުގައި ފެސްޓުން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް)ގެ މައްޗަށް ކުރި ހޯދާފައިވަނީވެސް 2 ސެޓު 0 ސެޓުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ފެސްޓުގެ އަސީލް ޢަބްދުއްރަޝީދު ވަނީ ހޮވިފައެވެ.
މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ މައިނާ އެވެ. މީގެ އިތުރުން ސްޕޮންސަރުންގެ ގޮތުގައި ވުޑިކޯ، އޭޕެކްސް، އޮބިއޮން އަދި ދިރާގު ހިމެނެ އެވެ. މީގެ އިތުރުން މި ފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުލާސާ އެވެ.