މައިނާ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2025ގެ ފަސްވަނަ ދުވަހު ކުޅުނު އަންހެން ޑިވިޜަނުގެ އެމް.އެން.ޔޫ ބިޒްނަސް ސްކޫލާއި ފެކަލްޓީ އޮފް އެޑިޔުކޭޝަން މިރޭ ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.
އެމް.އެން.ޔޫ ބިޒްނަސް ސްކޫލުން މިރޭ ފެކަލްޓީ އޮފް ހެލްތު ސައިންސަސްއާ ކުޅުނު މެޗުން މޮޅުވެފައިވަނީ 2 ސެޓު 0 ސެޓުގެ ނަތީޖާއަކުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ބިޒްނަސް ސްކޫލުގެ ސަމްހާ މުހައްމަދު ވަނީ ހޮވިފައެވެ.
މިރޭ ކުޅުނު އަންހެން ޑިވިޜަނުގެ ދެވަނަ މެޗުގައި ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ މައްޗަށް ކުރި ހޯދާފައިވަނީވެސް 2 ސެޓު 0 ސެޓުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ރަފްހާ ސަމީރު ވަނީ ހޮވިފައެވެ.
މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ މައިނާ އެވެ. މީގެ އިތުރުން ސްޕޮންސަރުންގެ ގޮތުގައި ވުޑިކޯ، އޭޕެކްސް، އޮބިއޮން އަދި ދިރާގު ހިމެނެ އެވެ. މީގެ އިތުރުން މި ފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުލާސާ އެވެ.