ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށި ކެމްޕަހުގައި ގާއިމުކުރެވިފައިވާ ދަރިވަރުންގެ ޔޫނިއަންގެ ގޮފި، ގުރުޒުގެ އިންތިހާބު ފަށައިފިއެވެ.
މިއަދު ހެނދުނު 10:30 ގައި ފެށިގެންދިޔަ މި އިންތިހާބު ކުރިޔަށްދަނީ ކުޅުދުއްފުށީ ކެމްޕަހުގެ ސްޓޫޑަންޓް ސާވިސަސް ސަރަހައްދުގައެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދުގެ 14:00 އާ ހަމަޔަށް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
ގުރުޒުގެ އިންތިހާބުގައި ހިންގާ ކޮމިޓީގެ 3 މަގާމެއްގެ ވޯޓުލުން ކުރިޔަށް އެބަ ދެއެވެ. އެއީ ގުރުޒުގެ ޖެނެރަލް ސެކްރެޓަރީ، ޚަޒާންދާރު އަދި މީޑިއާ ކޯޑިނޭޓަރުގެ މަޤާމެވެ. މިއިން ކޮންމެ މަޤާމަކަށްެވެސް 2 ކެންޑިޑޭޓުން ވާދަކުރެއެވެ.
2026 ވަަނަ އަހަރުގެ ގޮފިތަކުގެ އިންތިހާބުތަކުގެ ތެރެއިން ގުރުޒުގެ އިންތިހާބަކީ އެންމެ ފަހު އިންތިހާބެވެ. މިއާއެކު 26 ފެބުރުވަރީގައި އަތޮޅުތެރޭގެ ކެމްޕަސްތަކުގެ ހުރިހާ ގޮފިތަކެއް އިފްތިތާޙް ކުރެވިގެންދާނެއެވެ.
ގިނަ ދުވަސްތަކަކަށްފަހު ގުރުޒުގެ އިންތިހާބެއް ބޭއްވިގެންދާއިރު، ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ދަނީ މިއިންތިހާބުގައި ވޯޓު ލަމުންނެވެ.






