ވެސްޓްރޭޑް އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2026 ގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން މުބާރާތުގެ އަންހެން ޑިވިޜަންގެ ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރު ކޮށްފިއެވެ.
އެފް.އީއަށް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ޔަގީންވީ، ހޯމަ ދުވަހުގެ ރޭ ފެކަލްޓީ އޮފް ޝަރީޢާ އިން ލޯ (އެފް.އެސް.އެލް) އާއި ވާދަކުރި މެޗު ކާމިޔާބު ކުރުމުންނެވެ. މި މެޗު އެފް.އީއިން ކާމިޔާބު ކުރީ ސީދާ ދެސެޓުންނެވެ. މެޗުގެ ސެޓުތައް ހޯދީ 25-14 ، 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފް.އީ ޓީމުގެ ޖާޒީ ނަންބަރު 9، މަލްދާ މުޙައްމަދެވެ.
މުބާރާތުގެ އަންހެން ޑިވިޜަނުގައި ހޯމަ ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އިން ފެކަލްޓީ އޮފް އެންޖިނިއަރިންގ ސައިންސް (ފެސްޓް) ގެ މައްޗަށް ކުރި ހޯދީ ސީދާ ދެސެޓުންނެވެ. އެފް.އެޗް.އެސްއިން ސެޓުތައް ކާމިޔާބުކުރީ 26-24 ، 25-11 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފް.އެޗް.އެސްގެ ޖާޒީ ނަންބަރ 1، ފާތިމަތު މާޔާއެވެ.
ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އިން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަަމް ސްޓަޑީޒްގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދިއިރު، މެޗުގެ ސެޓުތައް ގެންދިޔައީ އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ސީ.އެފް.އެސްގެ ޖާޒީ ނަންބަރ 19، ލީމް އަހްމަދު ލަތީފެވެ.
މީގެ އިތުރުން، ފެކަލްޓީ އޮފް އަރޓްސް (އެފް.އޭ) އާއި ސްކޫލް އޮފް މެޑިސިން (އެސް.އެމް) ބައްދަލުކުރި މެޗުވެސް ނިމުނީ ސީދާ ދެ ސެޓުންނެވެ. މި މެޗު އެފް.އޭ އިން ކާމިޔާބު ކުރީ 25-12 އަދި 25-21 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އެފް.އޭ ޓީމުގެ ޖާޒީ ނަންބަރ 12، އައިޝަތު ނިހާއެވެ.
މުބާރާތުގެ ފިރިހެން ޑިވިޜަނުގައި ހޯމަ ދުވަހުގެ ރޭ ކުޅުނީ އެންމެ މެޗެކެވެ. އެފް.އެޗް.އެސް އާއި އެސް.އެމް ވާދަކުރި މެޗު ސީދާ ދެސެޓުން އެފް.އެޗް.އެސް ކާާމިޔާބު ކުރިއިރު، ސެޓުތައް ހޯދީ 25-13 ، 25-14 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފް.އެޗް.އެސްގެ ޖާޒީ ނަންބަރ 2، އަހްމަދު ޝަޔާން ޝާމިންއެވެ.
މުބާރާތުގެ އަންހެން ޑިވިޜަންގެ ސެމީ ފައިނަލުގައި އެފް.އީ އިން ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ސްކޫލް އޮފް ނަރސިންގ (އެސް.އެން) އާއެވެ. ދެވަނަ ސެމީ ފައިނަލުގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) ވާދަ ކުރަން ޖެހޭނީ އެފް.އެޗް.އެސް އާއެވެ.
ފިރިހެން ޑިވިޜަނުގެ ސެމީ ފައިނަލުގައި އެމް.އެން.ޔޫ.ބީ.އެސް އިން އެފް.އެޗް.އެސް އާ ވާދަކުރަން ޖެހޭއިރު، އެސް.އެން ނުކުންނާނީ ސީ.އެފް.އެސްއާ ދެކޮޅަށެވެ.
މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ވެސްޓްރޭޑެވެ. މީގެ އިތުރުން ޑިޖިޓަލް ސްޕޮންސަރުގެ ގޮތުގައި ދިރާގު ހިމެނެ އެވެ.





