Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ރިޕޯޓްސް

ސުމައްޔާ ބިންތް ޚައްޔާޠް

ސިއާ by ސިއާ
2020-06-04
in ރިޕޯޓްސް, ގޮފިތަކުގެ ރިޕޯޓްތައް
ސުމައްޔާ ބިންތް ޚައްޔާޠް

އަސްލު ނަންފުޅާއި ވަނަވަރު:

ސުމައްޔާ ބިންތް ޚައްޔާޠް (ބައެއް ރިވާޔަތްތަކުގައި ވާގޮތުންނަމަ ސުމައްޔާ ބިންތް ޚައްބާޠް) އަކީ އެފްރިކާ ނަސްލަށް ނިސްބަތްވާ ބޭކަނބަލެކެވެ. ތާރީޚް ދިރާސާކުރައްވާ ގިނަ ބޭފުޅުން ބުރަވެލައްވަނީ އެކަމަނާ ނިސްބަތްވަނީ ޙަބަޝްކަރައަށް ކަމަށެވެ. ސުމައްޔާގެފާނު މައްކާގެ މުޖްތަމަޢުގައި މަޝްހޫރުވެފައިވަނީ އުންމު ޢައްމާރުގެ ނަމުންނެވެ. މިއީ އެކަމަނާގެ ދަރިކަލުން ޢައްމާރްއަށް ނިސްބަތްކޮށް ދެވިފައިވާ ކުއްނިއްޔަ ލަޤަބެކެވެ. ސުމައްޔާގެފާނަކީ ފެންވަރު މަތީ ޢާއިލާއަކުން ވަޑައިގެންނެވި ބޭކަނބަލެއްނޫނެވެ. ހަޤީޤަތުގައި އެކަމަނާ ހިމެނެނީ މައްކާގެ އެންމެ ދަށް ފަންތި ކަމަށްވާ އަޅުންގެ ފަންތީގައެވެ. އެއީ، ޢުމުރުގު ކުރީކޮޅު އަޅު އަންހެނެއްގެ ގޮތުގައި ހޭދަކުރެއްވުމުން ޤައުމުގެ އެއްވެސް ޤަބީލާއަކަށް ނިސްބަތް ނުވާތީއެވެ. އިސްލާމްދީނުގައި ސުމައްޔާގެފާނު އެންމެ ބޮޑަށް ފާހަގަވަނީ މިއުންމަތުގެ އެންމެ ފުރަތަމަ ޝަހީދުގެ ގޮތުގައެވެ.

ޢާއިލާ:

ބުނެވުނުފަދައިން ސުމައްޔާގެފާނު އެންމެ ފުރަތަމަ ބޮޑުފުޅުވެ ދިރިއުޅުއްވީ އަޅެއްގެ ގޮތުގައެވެ. އެކަމަނާގެ ސާހިބާ އަބޫ ޙުޛައިފާއަކީ ވަރަށް ވެސް ހިތް ހެޔޮ ދީލަތި މީހެކެވެ. އެހެންކަމުން އޭނާ އެކަމަނާ މިނިވަން ކޮށްދީ ޔާސިރް ބިން ޢާމިރް އާއި ކައިވެނި ކޮށްދިނެވެ. އަދި މިދެމަފިރިންނަށް ޢައްމާރް ބިން ޔާސިރް ލިބުނެވެ.

އިސްލާމްވުން:

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންމެ ފުރަތަމަ އިސްލާމްދީނަށް ގޮވާލައްވަން ފެއްޓެވިއިރު، އެ ދަޢުވަތަށް އެންމެ ފުރަތަމަ އިޖާބަދިން ގިނަ މީހުންނަކީ އަޅުންނާއި މިސްކީނުންނާއި ނިކަމެތިންނެވެ. އެއީ، އިސްލާމްދީނަކީ ހަމަހަމަކަމާއި އިންސާފަށް ގޮވާލާ އަދި ހުރިހާ އިންސާނުންނަކީވެސް އެއް ފެންވަރެއްގެ ބައެއް ކަމަށް ކަނޑައަޅި ދީނެއް ކަމުގައި ވާތީއެވެ. މިހެންކަމުން، މި ދަޢުވަތު އެންމެ ފުރަތަމަ ފެށިގެން އައިއިރު އެންމެ ބޮޑަށް ޢަދާވަތްތެރިކަން ދެއްކި ބަޔަކީ ޤައުމުގެ ބޮޑުންނެވެ. އަދި މިދެންނެވުނު ބޮޑުންގެ ރަޙުމްކުޑަ އަނިޔާތަކުގެ އެންމެ ފުރަތަމަ އަމާޒަކަށްވީ އަޅުންނާއި ނިކަމެތިންނެވެ. އޭގެ ތެރޭގައި ސުމައްޔާގެފާނާއި އެކަމަނާގެ ޢާއިލާވެސް ހިމެނިވަޑައިގަންނަވައެވެ. އެކަމަނާއަކީ މިދީނަށް ހަތްވަނަ ވަދެވަޑައިގެން އިސްލާމަކަން ޤަބޫލުކުރެއްވި ފަރާތެވެ.

ޝަހީދުވެވަޑައިގަތުން:

ސުމައްޔާގެފާނާއި އެކަމަނާގެ ފިރިކަލުން ޔާސިރާއި އަދި ދަރިކަލުން ޢައްމާރް ވެގެން ދިޔައީ އެންމެ ފުރަތަމަ އަނިޔާއާއި ކުރިމަތިލާން ޖެހިވަޑައިގެން އެއް ޢާއިލާއަށެވެ. އެގޮތުން މައްކާގެ ހޫނުގައި ކޮންމެ ދުވަހަކު އަވީގައި އެތައް އިރަކު އަނިޔާކޮށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަށާއި އިސްލާމްދީނަށް ކާފަރުވުމަށް އަންގާ އަމުރުކޮށް ހެދިއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ކާމިޔާބުވާގޮތެއް ނުވިއެވެ.

އެމީހުންނަށް ކުރިމަތިވަމުންދާ އަނިޔާތައް ފެނި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހިތްދަތިވެ ކީރިތި ކުރެއްވިއެވެ. އެހެންނަމަވެސް، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވެސް ހުންނެވީ އެމީހުންނަށް އެހީތެރިވެވަޑައި ގެންނެވޭފަދަ ޙާލަތެއްގައެއް ނޫނެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެމީހުންނަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރެއްވިއެވެ. އަދި ދެންނެވިއެވެ. ”އޭ ޔާސިރުގެ ޢާއިލާއެވެ. ކެތްކުރާށެވެ. ފަހެ ތިޔަބައިމީހުންގެ ދާއިމާ ގޯއްޗަކީ ސުވަރުގެއެވެ.“

މި އަނިޔާގައި އެއްދުވަހަކު އަބޫ ޖަހުލު ހެރި އެއްޗަކުން އެކަމަނާ ޝަހީދުވެވަޑައިގެންނެވިއެވެ. އަދި މިއުއްމަތުގެ ފުރަތަމަ ޝަހީދަށްވެވަޑައިގަތެވެ. އެއަށްފަހު އެމީހުން އެކަމަނާގެ ފިރިކަލުން ޔާސިރުވެސް ޝަހީދުކޮށްލިއެވެ. ޢައްމާރްގެ މައިންބަފައިން ޝަހީދުކޮށްލެވުނީ އެކަލޭގެފާނުގެ ކުރިފުޅުމަތީގެއެވެ.

އެކަމަނާގެ ވާހަކައަކީ އަޅުގަނޑުމެން މުސްލިމުންނަށް ހިތްވަރު ލިބޭ ވާހަކައެކެވެ. ދުނިޔޭގައި ލިބެންހުރި ވޭނާއި އަނިޔާވެސް އިނގިހުންނަވާ ޙާލުގައިވެސް އެކަމަނާ އިސްލާމްވެ ވަޑައިގަތީ އެއީ ޙައްޤުގޮތް ކަމަށްވާތީއެވެ. އެކަމަނާގެ ޤުރްބަނީވެގެން ދިޔައީ އޭރުގެ އެތައް ނިކަމެތި މުސްލިމުންނަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމަކަށެވެ. އަދި އޭގެ އިތުރަށް މިއަދުގެ މުސްލިމުންނަށްވެސް އެއީ އުއްމީދު ގެނުވައިދޭ ވާހަކައެކެވެ. އަޅުގަނޑުމެންނަށް މިއަދު ދުނިޔޭގައި މިދިމާވާ ހުރިހާ ދަތިތަކަކީ ހަމައެކަނި ވަގުތީ އިމްތިހާނެކެވެ. އެއަށް ކެތްތެރިވެ ﷲ އަށް ވަކީލު ކުރާނަމަ އެންމެ ފުރިހަމަ އަޖްރު ލިބިގެން ދާނެއެވެ.  

މަޢުލޫމާތު ނެގި ލިންކްތައް:

Islamic Society of CNY

The Islamic Society of CNY, known as ISCNY aims to enhance understanding and dispel the many misconceptions about Islam. Our mission is to encourage people of all ages and ethnic groups to learn and develop their knowledge of Islam, to bridge the gap between the communities by providing the necessary resources.

Global Islam

Islam, the fastest-growing religion in the world, has a long and rich history, and it influences economic, political, social, and cultural arrangements across the world. The Global Islam Initiative reflects an effort to understand fundamental tenets in Islam through an interdisciplinary lens even as we trace the global spread and evolution of faith practices and…

Sumayyah bint Khayyat – Muslim Girl

Ever since I was a young girl, flipping through the pages of my Islamic Studies textbook in Sunday school, I’ve been exposed to the history of Islam. Amongst the many paragraphs and historical text I came across, I found a list of martyrs who had sacrificed their lives for the sake of Islam.

https://www.whyislam.org/muslim-heritage/sumayyah-binte-khayyat/

How Much Do We Know About the Courage of Summayyah Bint Khayat (RA)? | Amaliah

There’s probably someone in your family or circle of friends called Sumayyah – their namesake was a great Sahabiah (companion) of the Prophet ﷺ and this is her story… Humble beginnings Sumayyah bint Khayyat (RA) had humble beginnings – she was a freed slave.

ލިޔުނީ: ފާޠިމަތު މުޙައްމަދު އަޙްމަދު، މީޑިއާ ކޯރޑިނޭޓަރ، ސިއާ

ސިއާ

ސިއާ

ސްޓޫޑެންޓްސް އިނީޝިއޭޓިވް އޮފް އާރޓްސް (ސިއާ) އަކީ އެމް.އެން.ޔޫ ފެކަލްޓީ އޮފް އާރޓްސްގައި ޤާއިމުކުރެވިފައިވާ ގޮފި

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

2026-04-15
‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

‎އެސްއެން – ނޭކަ “ހެލްތު ޑޭ ކުއިޒް” ކާމިޔާބު ކަމާއެކު ނިންމާލައިފި!

2026-04-14
ގުރުޒުގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު!!

ގުރުޒުގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު!!

2026-04-13

ބީއެސްއެސްއޭގެ ރޯދަމަހުގެ ޙަރަކާތްތައް ފޯރިއާއިއެކު ނިންމާލައިފި!

2026-04-13
ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

2026-04-15
ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

ޢީދު ހަދިޔާ ބަދަލު ކުރުން – މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް!

2026-04-15
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab