Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ރިޕޯޓްސް މެއިން ރިޕޯޓްތައް

ރިޕޯޓް: އެމް.އެން.ޔޫ އިން ކުޑަކުދިންގެ ދުވަސް ކުޑަކުދިންގެ ބަގީޗާގައި ފާހަގަކުރުން

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2019-11-25
in މެއިން ރިޕޯޓްތައް
ރިޕޯޓް: އެމް.އެން.ޔޫ އިން ކުޑަކުދިންގެ ދުވަސް ކުޑަކުދިންގެ ބަގީޗާގައި ފާހަގަކުރުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަކީ އަބަދުވެސް ތަފާތު ދައްކާ ޔުނިވަރސިޓީއެކެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު މި ޔުނިވަރސިޓީ އަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ ތެރޭގައި އެންމެ ވަރުގަދަ އެއް މުއައްސަސާއެވެ. މި ޔުނިވަރސިޓީގެ ފަރާތުން މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ކުޑަކުދިންގެ ހަވީރަކީ މިކަމަށް ބާރުދޭ މިސާލެކެވެ.

ވެރިކަންކުރާ މާލޭގައި އެއްއިރެއްގައި ކުޑަކުދިންނަށް އެންމެ މަޤްބޫލު ތަނަކަށްވެފައި އޮތް ”ކުޑަކުދިންގެ ބަގީޗާ“، 11 މެއި 2018ވީ ހުކުރުދުވަހުގެ ހަވީރު ފަޅުފިލުވައިދިނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ މުވައްޒަފުންނާއި ދަރިވަރުންނެވެ. މޫސުން އެހާ ރަނގަޅު ދުވަހަކަށް ނުވިއެއްކަމަކު ޢާންމުންނަށް ހުޅުވާލައިގެން ބޭއްވުނު މި ކުޑަކުދިންގެ ހަވީރުގައި ޢާންމުންގެ ތެރެއިން އެތައް ޢާއިލާތަކެއް މި ޙަރަކާތުގައި ބައިވެރިވުމަށް އެދުވަހު ކުޑަކުދިންގެ ބަގީޗާއަށް ދުރުވިއެވެ. ތަފާތު ކުޅިވަރު ސްޓޯލްތަކާއި ސްޓޭޖް ޝޯގެ އިތުރުން ކުޑަކުދިން ޝަޢުޤުވެރިވާފަދަ ގޮތަކަށް މުޅި ބަގީޗާ ޒީނަތްތެރިކޮށްފައި އޮތްއިރު، މި ޙަރަކާތް އިންތިޒާމުކޮށްފައިވަނީ އެމް.އެން.ޔޫ މެނޭޖްމަންޓްގެ އިސްނެގުމުގެ މަތިން އެމް.އެން.ޔޫ ފެކަލްޓީ އޮފް އެޑިއުކޭޝަން އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އާއި އެމް.އެން.ޔޫ ސްޓާފް ކްލަބް ގުޅިގެންނެވެ.

ޙަރަކާތުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ

މީގެކުރިންވެސް އެމް.އެން.ޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ފަރާތުން ދިޔައީ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. އެހެންނަމަވެސް މިފަހަރު ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީއެއް ގުޅިގެން ބޮޑު ޙަރަކާތެއް ކުރިއަށް ގެންދިއުމަށް އެމް.އެން.ޔޫގެ މެނޭޖްމަންޓުން އޮތީ ނިންމާފައެވެ. އެގޮތުގެ މަތިން އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން މި ޙަރަކާތުގައި އިސްދައުރެއް އަދާކޮށްފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫ އިން ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)ގައި ޤާއިމް ކޮށްފައިވާ ގޮފި ކަމަށްވާ ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަސް (ފެސާ)އިންނެވެ.

ތަފާތު  17ސްޓޯލެއްގައި ކުޑަކުދިންނާއި ގުޅޭ ޙަރަކާތްތައް ކުރިއަށްދިޔައިރު، އެމް.އެން.ޔޫ.އެސް.ޔޫގެ ހުރިހާ ގޮތްޕެއްގެ އިތުރުން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ހުރިހާ ބެޗުތަކުގެ ދަރިވަރުންވެސް ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މާލޭގެ އެކި ސްކޫލުތަކުގެ ކުޑަކުދިންގެ ހުނަރު ދައްކާލުމަށް ކުޑަކުދިންގެ ޝޯއެއް ވެސް އެދުވަހު ކުރިއަށްދިޔަކަން ފާހަގަކޮށްލެވެއެވެ.

ޙަރަކާތުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ އަށް މަޢުލޫމާތު ދެއްވަމުން ”ފެސާ“ގެ ރައީސާ އަލްފާޟިލާ  މަރިޔަމް ވަޖާޙާ   ވިދާޅުވި ގޮތުގައި މި ޙަރަކާތުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އާއިއެކު އެމް.އެން.ޔޫ.އެސް.ޔޫގެ ހުރިހާ ގޮތްޕެއްވެސް ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން، ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ހުރިހާ ބެޗަކުންވެސް އެކިގޮތްގޮތުން މި ޙަރަކާތުގައި ބައިވެރިވެފައިވާކަން ފާހަގަކުރެއްވިއެވެ.

”މި ޙަރަކާތަށް އެމް.އެން.ޔޫގެ މެނޭޖްމަންޓުން އަދި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ މެނޭޖްމަންޓުން ވެދެއްވި އެހީތެރިކަމަށް ނިހާޔަތަށް ޝުކުރުވެރިވަން. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާކޮމިޓީން ވެދެއްވި އެހީވެސް ފާހަގަކުރަން. ޚާއްޞަގޮތެއްގައި އެމް.އެން.ޔޫ ސްޓޫޑެންޓް ސަޕޯޓް ސަރވިސަސްގެ އަލްފާޟިލް ޢަލީ ރަޝީދުގެ ނަން ފާހަގަކޮށްލަން. ދިމާވި ކޮންމެ ކަމެއް ޙައްލުކުރުމުގައިވެސް އެބޭފުޅާގެ އެހީތެރިކަން 100 އިންސައްތައަށް ވަނީ ލިބިފައި.“

އިތުރަށް ވާހަކަދައްކަވަމުން ރައީސާ ވަޖާޙާ ފާހަގަކުރެއްވިއެވެ.

މިފަދަ ބޮޑެތި ޙަރަކާތްތައް އެމް.އެން.ޔޫގެ ފަރާތުން ކާމިޔާބުކަމާއެކު ކުރިއަށްގެންދެވެނީ އެމް.އެން.ޔޫގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ދަރިވަރުންގެ އެއްބައިވަންތަކަމުގެ ސަބަބުންކަން ކަށަވަރެވެ. އަދި ގުޅިގެން މަސައްކަތްކޮށް ކާމިޔާބު ހޯދުމުގައި އަބަދުވެސް ތަފާތު ދައްކާތީއެވެ.

ޙަރަކާތުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ އަށް ދެއްވި ބަސްދީގަތުމެއްގައި އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފް ވިދާޅުވީ ”އުފަލާ މަޖާ“ މި ނަމުގައި މި ޕްރޮގްރާމް ޢާންމުގޮތެއްގައި ބާއްވަމުން އަންނަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ފަރާތުންކަމަށެވެ. އަދި މިއަހަރު އެހެން އަހަރުތަކާއި ޚިލާފަށް އެމް.އެން.ޔޫގެ އެހެން ފެކަލްޓީތަކާއި ހިއުމަން ރިސޯސް ޑިޕާޓްމަންޓުންވެސް މި ޙަރަކާތުގައި ބައިވެރިވާކަމަށް ވިދާޅުވިއެވެ.

”މި ޙަރަކާތުގެ މައިގަނޑުގެ މަޤްޞަދަކީ ދަރިވަރުންނަށް އެ ކުދިންގެ ޓެލެންޓް އަދި އޯގަނައިޒޭޝަނަލް ސްކިލްސް ދައްކާލުމަށް އެހީތެރިވުމާއި އިޖުތިމާޢީ ޙަރަކާތެއްގެ ގޮތުގައި މުޖުތަމަޢަށް ކަމެއްކޮށްދިނުން.“

– ވައިސް ޗާންސެލަރ، ޑރ. ޢަލީ ފަވާޒު ޝަރީފް

އިތުރަށް ވާހަކަ ދައްކަވަމުން ވައިސް ޗާންސެލަރ ވިދާޅުވީ ޙަރަކާތުގެ މަޤްޞަދު ޙާޞިލުވެއްޖެކަމަށް ޤަބޫލުކުރާކަމަށާއި، މޫސުން އެންމެ ރަނގަޅުނުވިއެއްކަމަކު، އުއްމީދު ކުރިވަރަށްވުރެން އިތުރަށް ޢާންމުންނާއި ކުޑަކުދިން ޙަރަކާތުގައި ބައިވެރިވިކަމަށެވެ.

ވައިސް ޗާންސެލަރ ދެއްވި ބަސްދީގަތުމުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޔުނިވަރސިޓީއެވެ. މި ޔުނިވަރސިޓީއަކީ ކުރާ ކޮންމެ ކަމެއްގައި ތަފާތު ދައްކަމުންދާ ޔުނިވަރސިޓީއެކެވެ. ކާމިޔާބު އެތައް ދަސްވެނިންނެއް އުފައްދާފައިވާ މި ޔުނިވަރސިޓީއަކީ އަބަދުވެސް އިޖްތިމާޢީ ޙަރަކާތްތައް ހިންގުމުގައި އެންމެ ކުރީސަފުގައި އޮންނާނޭ ޔުނިވަރސިޓީއެކެވެ. މިކަމުގައި ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުން އަބަދުވެސް އަތުގުޅާލައިގެން ތިބޭނެއެވެ.

– މުޙައްމަދު ޝާން ޢާމިރު
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ފެސާގެ މި އަހަރުގެ ފަހު އިވެންޓް ކާމިޔާބު ކަމާއެކު ނިންމާލައިފި!

ފެސާގެ މި އަހަރުގެ ފަހު އިވެންޓް ކާމިޔާބު ކަމާއެކު ނިންމާލައިފި!

2023-11-20
މެޑިކޯސްގެ މިއަހަރުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޚާއްސަ ސައިފޮދެއް ބާއްވައިފި

މެޑިކޯސްގެ މިއަހަރުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޚާއްސަ ސައިފޮދެއް ބާއްވައިފި

2023-11-19
”މެޑިކޯސް ވިތު ފަލަސްޠީން“ ގެ ނަމުގައި މެޑިކޯސްއިން ޚާއްސަ ކެމްޕޭނެއް ފަށައިފި

”މެޑިކޯސް ވިތު ފަލަސްޠީން“ ފަންޑްރައިސަރ އަށް ލިބުނު ފައިސާ ރެޑް ކްރެސެންޓަށް ހަދިޔާ ކޮށްފި

2023-11-14
މެޑިކޯސްގެ ބައިވެރިވުމާއެކު ކ.ތުލުސްދޫގައި އެމް.އެމް.ޑަބްލިޔު.އެމް އިން އިންތިޒާމުކުރި ހެލްތު ކޭމްޕް ވަރަށް ކާމިޔާބު!

މެޑިކޯސްގެ ބައިވެރިވުމާއެކު ކ.ތުލުސްދޫގައި އެމް.އެމް.ޑަބްލިޔު.އެމް އިން އިންތިޒާމުކުރި ހެލްތު ކޭމްޕް ވަރަށް ކާމިޔާބު!

2023-11-12
ދަރިވަރުންގެ ޔޫނިއަންގެ 12 ވަނަ ދައުރުގެ ހިންގާ ކޮމިޓީ ވައިސް ޗާންސެލަރ ޑރ. ޝަރީފް އިފްތިތާހުކޮށްދެއްވައިފި

ދަރިވަރުންގެ ޔޫނިއަންގެ 12 ވަނަ ދައުރުގެ ހިންގާ ކޮމިޓީ ވައިސް ޗާންސެލަރ ޑރ. ޝަރީފް އިފްތިތާހުކޮށްދެއްވައިފި

2023-11-12
MNUBS Team with 2 championship trophies in MNUSU Futsal Fiesta 2023

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމުގެ ދަތުރު

2023-11-10
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab