Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ރިޕޯޓްސް މެއިން ރިޕޯޓްތައް

މަޤާމެއްނެތި ޝަފީޢުކުރި މަސައްކަތް – އެފް.އީ ތެރެއިން އަނެއްކާވެސް އުފެދުނު ވަރުގަދަ ތަރިއެއް!

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2020-10-10
in މެއިން ރިޕޯޓްތައް
މަޤާމެއްނެތި ޝަފީޢުކުރި މަސައްކަތް – އެފް.އީ ތެރެއިން އަނެއްކާވެސް އުފެދުނު ވަރުގަދަ ތަރިއެއް!

ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ތަޢުލީމު ޙާޞިލްކުރި ޢަބްދުﷲ ޝަފީޢު އަކީ އިސްވާރުންނަށް މިސާލެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ ލީޑާސް ގްރޫޕް އުފެދުނީއްސުރެން އެ ގުރޫޕުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް އިސްވާރަކީ ޝަފީޢު އެވެ. ކިޔަވަމުން ޔޫނިއަންގެ ބުރަ ބޮޑެތި ހަރަކާތްތަކަށް ޝަފީއު ވަގުތު ހުސްކޮށްފައިވަނީ ފޫހިކަމެއްނެތި އެވެ. ޚާއްޞަގޮތެއްގައި، ޝަފީއު އަކީ ޔޫނިއަންގައިވެސް އަދި ޔޫނިއަންގެ އެއްވެސް ގޮތްޕެއްގައިވެސް އެއްވެސް މަޤާމެއް އަދާނުކޮށް، ޔޫނިއަންގެ ލާބަ އާއި މަންފާއަށް ޚިދުމަތްކުރުމުގައި ދެމިހުންނެވި ވަރުގަދަ ފަހުލަވާނެކެވެ.

ޔޫނިއަންގެ ލީޑާސް ގްރޫޕްގައި ޝަފީޢު ހޭދަކުރި 3 އަހަރަކީ މި ޔޫނިއަން އަށް އޭނާގެ ފަރާތުން އެތަކެއް ޚިދުމަތްތަކެއް ލިބިގެންދިޔަ 3 އަހަރެވެ. ޔޫނިއަން އަދި ޔޫނިއަންގެ ގޮތްޕެއްގެ އެއްވެސް މަޤާމެއް ޝަފީޢު ފުރާފައިނުވާއިރު، ޝަފީޢު ފެނިގެންދިޔައީ އައު ލީޑަރުން ތަމްރީނުކޮށް އޭނާގެ ތަޖުރިބާ ހިއްސާކޮށް އެ ލީޑަރުން ކުރިޔަށް ނެރެދިނުމަށް ވެސް މަސައްކަތްކުރި ލީޑަރެއްގެ ގޮތުގައެވެ.

MNUSU Community Trip 2019 | K. Gulhi | Photo: MNUSU Media

ޝަފީއުގެ މަސައްކަތް އަގުވަޒަންކޮށް ޔޫނިއަންއިން ދޭ އިސްވާރުންގެ އިނާމް (ލީޑަރސް އެވޯޑް) 2018 ވަނަ އަހަރު އަދި އަޙުމަދު މުޙައްމަދުގެ ހަނދާނުގައި ދެވޭ އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ދަރުމަވެރިންގެ އިނާމު 2019ގައި ޝަފީޢުވަނީ ހާސިލްކޮށްފައެވެ.

2018 ވަނަ އަހަރުގެ އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ރައީސް، ޔޫނިއަންގެ ލީޑަރސް ގުރޫޕު އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި، އަދި މިހާރުގެ އެޑްވައިޒަރީ ބޯޑު މެމްބަރު އަރުޝަދު އަޝްރަފް، ޝަފީޢު ސިފަ ކުރަނީ ހަވާލުކުރެވޭ ކޮންމެ މަސައްކަތެއް އެންމެ ފުރިހަމައަށް ނިންމާ، އަމިއްލައަށް އިސްވެ މަސައްކަތެއް އޮތްތޯ ހޯދާ ބަލާ އެކަމުގައި ބައިވެރިވި ކުޅަދާނަ އިސްވާރެއްގެ ގޮތުގައެވެ. މީގެ އިތުރުން އަރުޝަދު އަޝްރަފް ވިދާޅުވީ ޝަފީޢުއަކީ ކިޔެވުމުގެ މާހައުލުގައި ދިމާވާ ކަންކަމާއި، އަމިއްލަ ދިރިއުޅުމުގައި ދިމާވާ ކަންކަން، އޭނާ ކުރާ މަސައްކަތަށް އެއްވެސް އަސަރެއް ނުކުރުވާ، ފުރިހަމަ މަސައްކަތްތަކެއް ޔޫނިއަންގައި ކުރި އިސްވާރެއް ކަމަށެވެ.

MNUSU Netball Tournament 2019 | Photography: MNUSU Media

”އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ“އާ ވާހަކަ ދައްކަވަމުން ޔޫނިއަންގެ 2019 ވަނަ އަހަރުގެ ރައީސް އަދި މިހާރުގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރު މުޙައްމަދު ޝާން ޢާމިރު ވިދާޅުވީ ޝަފީޢު އަކީ ލީޑަރސް ގްރޫޕް އުފެދުނީއްސުރެ އަދި އޭގެ ކުރިންވެސް ދަރިވަރުންގެ ޔޫނިއަންއަށް މިން ނެތް ޚިދުމަތްތަކެއް ކޮށްދިނުމުގައި ދެމިހުންނެވި ސާބިތު ލީޑަރެއް ކަމަށެވެ. އަދި 3 ވަރަކަށް އަހަރު އެއްގޮތެއްގައި އެހާ ޙަރަކާތްތެރިކޮށް ހިފަހައްޓާލުމަކީ ވަރަށް އުނދަގޫކަމެއް ކަމަށާއި ދަރިވަރުންގެ ޔޫނިއަންގެ ތާރީޚުގައި ވެސް އެގޮތަށް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅުން މަދުވާނެކަމަށެވެ. އެހެންކަމުން ޝަފީޢުގެ ނަން ޔޫނިއަންގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމަށާއި، ޝަފީޢުގެ ޚިދުމަތްތައް ޔޫނިއަން އިން އަބަދުވެސް ބަލައިގަންނާނެކަމަށެވެ. އަދި އެބޭފުޅާގެ ރައީސްކަމުގެ ދައުރުގައި އެންމެ އަރިސްކޮށް މަސައްކަތް ކުރެވުނު އެއް ފަރާތަކީ ޝަފީޢުކަމަށާއި، ޝަފީޢުގެ މަސައްކަތުން އެހެން އިސްވާރުން ޢިބްރަތް ޙާޞިލް ކުރަންޖެހޭ ކަމަށެވެ. އަދި ހަމަ އެހެންމެ ޝަފީޢު އަކީ ލީޑަރސް ގްރޫޕްގެ ފުރަތަމަ ބެޗުގެ ދަރިވަރެއް ކަމަށާއި، އެއީ ފެކަލްޓީ އޮފް އެޑިއުކޭޝަނުން އުފެދިގެން އައި ކުޅަދާނަ އިސްވާރުންގެ ލިސްޓަށް އިތުރުވި އިތުރު ތަރިއެއްކަމަށްވެސް ޝާން ވިދާޅުވިއެވެ.

ޔޫނިއަންގެ ފާއިތުވެދިޔަ ދެ ދައުރުގެ ނައިބު ރައީސް ޢަމަލީ ޙަސަން ޝާހު ވިދާޅުވީ ޝަފީޢުއަކީ ފުޓްސެލް ފިއެސްޓާ ފިޒިކަލް ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް އިސްވާރުކަމަށާއި، ޝަފީޢުއަކީ ގަޑިއަށް ފަރުވާތެރި ކުރަން ހަވާލުކުރާ މަސައްކަތް އެންމެ ފުރިހަމައަށް ނިންމާ އިސްވާރެއް ކަމަށެވެ. މީގެ އިތުރުން ޝާހު ވަނީ ކަންކަމުގައި ޝަފީއު ބެހެއްޓި އަޙުލާޤީ ހަމަތަކުން އެހެން އިސްވާރުން ނަމޫނާ ނަގަން ނަޞޭޙަތްތެރިވެފައެވެ.

ދަރިވަރުންގެ ޔޫނިއަންގެ މަސައްކަތްތަކުގައި ޝަފީޢު ބައިވެރިވަނީ ވަރަށް ޝަޢުޤުވެރިކަމާއެކު ކަމަށާއި، ޚާއްޞަގޮތެއްގައި ޔޫނިއަންގެ ފިޒިކަލް ޓީމު (ފުޓްސަލް ފިއެސްޓާ)ގައި ޝަފީޢު އަކީ އިސްނަގާ އުޅުއްވި ދަރިވަރެއްކަމަށް، ޝަފީޢު އާއި ބެހޭގޮތުން ވާހަކަދައްކަވަމުން   އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ރައީސް ޢަލީ ޝަމްޢޫން  ވިދާޅުވިއެވެ. މީގެ އިތުރުން އެއީ އެކީގައި މަސައްކަތް ކުރަން ފަސޭހަ ލީޑަރެއް ކަމަށާއި ފުޓްސަލް ފިއެސްޓާގެ ތެރެއިން ޝަފީޢުގެ މަސައްކަތް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭކަމަށް ރައީސް ވިދާޅުވިއެވެ.

”ޝަފީޢު އަކީ ކުރާ ކޮންމެ ކަމެއް ވަރަށް ފަރުވާތެރިކަމާއެކު ކުރި ”ޑެޑިކޭޓެޑް“ ލީޑަރެއް“

އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް، ޢަލީ ޝަމްޢޫން

އެއްވެސް ޝައްކެއްނެތް ގޮތުގައި ޝަފީޢު އަކީ މި ޔޫނިއަން އަށް ލޯތްބާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވި ލާމަސީލު ނަމޫނާ ދަރިވަރެކެވެ. އެމް.އެން.ޔޫ އިން ކިޔަވާ ނިމި، ދަރިވަރުންގެ ޔޫނިއަންއާ ވަކިވާންޖެހޭކަން އެނގުމުން ޔޫނިއަންގެ ގްރޫޕްތަކަށް ޝަފީޢު ދޫކޮށްލި އަސަރުގަދަ މެސެޖުން މިކަން ވަރަށް ބޮޑަށް ސާފެވެ. ޔޫނިއަންގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ކިޔެވުމަށް އޮތް ހުރަހެއް ނޫންކަމަށާއި އެއީ ކިޔެވުމަށް އަސަރުކުރާ ކަމެއް ނޫން ކަމަށް ޝަފީޢުގެ މި މެސެޖުގައި ލިޔުއްވާފައި ވެއެވެ. އަދި 2017ން ފެށިގެން ޔޫނިއަން އާއި ފެސާ (ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަން)ގެ މަސައްކަތްތައް ކުރެވުނު ކަމަށާއި މި މަސައްކަތްތަކަކީ ހުނަރު ތަރައްޤީކޮށް އިސްވާރުކަން (ލީޑަރޝިޕް) ކުރިއަރުވަން ލިބުނު ރަނުގެ ފުރުޞަތެއްކަމަށް ޝަފީޢު ވަނީ ހާމަކޮށްފައެވެ.

ޝަފީޢު ޕޯސްޓު ކުރެއްވި މެސެޖް

ފެކަލްޓީ އޮފް އެޑިއުކޭޝަން އަކީ ގިނަ އިސްވާރުންތަކެއް އުފެއްދި އަދި އުފައްދަމުން އަންނަ ފެކަލްޓީއެކެވެ. މި ފެކަލްޓީގެ ތެރެއިން ދަރިވަރުންގެ ޔޫނިއަން އަށް އައިސް ޔޫނިއަންގެ މަސައްކަތްތަކުގެ އެންމެ އުހުގައި ޙަރަކާތްތެރިވުމަށްފަހު މިއަދު ޝަފީޢު ވަކިވެގެން އެދަނީ އަޅުގަނޑުމެން އެންމެންގެ ހިތްތައް ރޮއްވާފައެވެ. އެހެނަސް ޝަފީޢު އަށް މި ޔޫނިއަންއަށް ޚިދުމަތްކުރުމުގެ ދޮރު އަބަދުވެސް އޮންނާނީ ހުޅުވިފައެވެ. ދަރިވަރުންގެ ޔޫނިއަންގެ ތެރެއިން މުޖްތަމަޢަށް ފައިދާކުރަނިވި މަސައްކަތްތަކެއް ކުރާނެ ފަހުލަވާނެއް އަނެއްކާވެސް މުޖްތަމަޢަށް ނެރެވުނީ އެވެ. އަޅުގަނޑުމެން އުއްމީދުކުރަނީ މި ޔޫނިއަންގެ ތެރެއިން ޝަފީޢު އަށް ޝަފީޢުގެ އަމިއްލަ ނަފްސު ތަރައްޤީކުރުމަށް ކޮންމެވެސް މިންވަރެއްގެ އެހީތެރިކަމެއް ވެދެވުނުކަމަށެވެ. ޝަފީޢު އަށް ދަރިވަރުންގެ ޔޫނިއަން އިން އެދެނީ އަބަދުވެސް ކާމިޔާބީއަށެވެ. ޝަފީޢުގެ މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލައްވާށިއެވެ. އާމީން.


ލިޔުނީ: މުޙައްމަދު އަޙްނަފް،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ
އަދި
ޢަބްދުﷲ އަތޫފް އާތިފް،
އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ފިރިހެން ޑިވިޝަން ގްރޫޕް ބީ: ޕޮލިޓެކްނިކާއި އެފް.އީ މޮޅުވެ، ގްރޫޕްގެ ފޯރިގަދަވެއްޖެ!

ފިރިހެން ޑިވިޝަން ގްރޫޕް ބީ: ޕޮލިޓެކްނިކާއި އެފް.އީ މޮޅުވެ، ގްރޫޕްގެ ފޯރިގަދަވެއްޖެ!

2023-09-24
ފިރިހެން ޑިވިޝަން ގްރޫޕް އޭ: ސީ.އެފް.އެސް ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި، އައި.ޔޫ.އެމް އަށް ރަނގަޅު ފެށުމެއް!

ފިރިހެން ޑިވިޝަން ގްރޫޕް އޭ: ސީ.އެފް.އެސް ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި، އައި.ޔޫ.އެމް އަށް ރަނގަޅު ފެށުމެއް!

2023-09-24
އަންހެން ޑިވިޝަން ގްރޫޕް އޭ: އެމް.އެން.ޔޫ.ބީ.އެސްގެ ދެވަނަ މޮޅު، އެމް.އައި އިން ސައިރިކްސް ބަލިކޮށްފި

އަންހެން ޑިވިޝަން ގްރޫޕް އޭ: އެމް.އެން.ޔޫ.ބީ.އެސްގެ ދެވަނަ މޮޅު، އެމް.އައި އިން ސައިރިކްސް ބަލިކޮށްފި

2023-09-24
ފުޓްސަލް ފިއެސްޓާ: ޗެމްޕިއަން މެޕްސް ކޮލެޖު މޮޅުވިއިރު، އެފް.އެޗް.އެސް އަދި ސައިރިކްސް އެއްވަރުވެއްޖެ!

ފުޓްސަލް ފިއެސްޓާ: ޗެމްޕިއަން މެޕްސް ކޮލެޖު މޮޅުވިއިރު، އެފް.އެޗް.އެސް އަދި ސައިރިކްސް އެއްވަރުވެއްޖެ!

2023-09-23
ފުޓްސަލް ފިއެސްޓާ: އެމް.އައި އަދި އެފް.އޭގެ ވެސް ފެށުން ރަނގަޅުކޮށްފި!

ފުޓްސަލް ފިއެސްޓާ: އެމް.އައި އަދި އެފް.އޭގެ ވެސް ފެށުން ރަނގަޅުކޮށްފި!

2023-09-23
ފިރިހެން ޑިވިޝަން ގްރޫޕް ބީ: އެމް.އެން.ޔޫ.ބީ.އެސް އާއި ވިލާ ކޮލެޖު އެއްވަރު، އެފް.އީ އަށް މޮޅެއް!

ފިރިހެން ޑިވިޝަން ގްރޫޕް ބީ: އެމް.އެން.ޔޫ.ބީ.އެސް އާއި ވިލާ ކޮލެޖު އެއްވަރު، އެފް.އީ އަށް މޮޅެއް!

2023-09-23
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab