ކެމްޕަސްތަކުގެ ސެމިސްޓަރ ބަންދަށްފަހު އެމް.އެން.ޔޫ ލ.ގަން ކެމްޕަސްގެ އެންމެފުރަތަމަ ހަރަކާތެއްގެ ގޮތުން 2018ވަނަ އަހަރުގެ ”އަހުރަ ހޭންޑްބޯލް ޓޯނަމެންޓް“ ބޭއްވުމަށް ހަމަޖައްސައިފިއެވެ. ހޭންޑްބޯލް ޓޯނަމެންޓް ދުރާލާ ބޮޑެތި ތައްޔާރީ ތަކެެއް ވެފައިވާއިރު 15 ޖުލައި 2018 ވަނަ ދުވަހު މެންދުރު 12:00 ގައި ބޭއްވި ބައްދަލުވުމުގައި ވަނީ ވަރައްގިނަ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައެެވެ.


އެގޮތުން ހޭންޑްބޯލް ޓޯނަމެންޓް ބޭއްވުމަށް ލ.ގަން ޕޮލިސް ސްޓޭޝަންގެ ދަނޑު ހަމަޖައްސަވައި ދެއްވާ އަދި އެދަނޑު އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ލ.ގަން ޕޮލިސް ސްޓޭޝަން ކުރަމުންދާކަމަށް އެބޭފުޅުން ވިދާޅުވިއެވެ. އަދި މި ބައްދަލުވުމުގައި ވަނީ އަހުރައިގެ ފަރާތުން މުބާރާތުގައި އިސްކޮށް ހަރަކާތްތެރިވާނެ އޮފިޝަލުން ކަނޑައަޅާފައެވެ.


3 އޮގަސްޓް 2018ގައި ބޭއްވުމަށް ނިންމާފައިވާ މި މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނައިރު މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތުވަނީ 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އަށް ވަނީ ހަމަވެފައެވެ.


މުބާރާތުގެ ފޯރި އިތުރުކުރުމުގެ ގޮތުން ވޭތުވެ ދިޔަ އަހަރާ ހިލާފަށް މި އަހަރު މި މުބާރާތް ކުރިޔައްގެންދަން ނިންމާފައިވަނީ ދެޖިންސުގެ ބޭފުޅުންނަށްވެސް ހުޅުވާލައިގެންނެވެ. އަދި މުބާރާތައް ސްޕޮންސަރ ހުށައެޅުމުގެ ފުރުސަތުވެސް ވަނީ ހުރިހާ ފަރާތްތަކަށް ހުޅުވާލައިފައެވެ.