ލ.ގަން ކެމްޕަސްގެ އަހުރަ ގޮފިން އަދި ނާރސިން ސްކޫލްގެ ދަރިވަރުން ގުޅިގެން ފިނިހަށް ނައްތާލުމުގެ ހަރަކާތެއްކުރިޔަށް ގެންގޮސްފިއެވެ.އެފްރިކަން ޖަޔަންޓް ސްނެއިލް ގެ ނަމުން މަޝްހޫރުވެފައިވާ މި ފިނިހަށްތަކުގެ ސަބަބުން ލ.ގަމުގައި ދަނޑު ހައްދަމުންދާ ފަރާތްތަކަށް ދަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.އެހެންކަމުން ދަނޑުވެރިންނަށާއި ލ.ގަމުގެ ރައްޔަތުންނަށް އެހީތެރިވުމުގެ ގޮތުން ލ.ގަން ކެމްޕަސްގެ އަހުރަ ގޮފީން އިންތިޒާމްކޮށްގެން މިއަދު (8 ސެޕްޓެމްބަރ 2018/ހެނދުނު 5:30) ވަނީ ފިނިހަށް ނައްތާލުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.


މި ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ ލ.ގަމުގެ މަޝްހޫރު ގެސްޓް ހައުސްއެއް ކަމަށްވާ އަމްރާ ޕެލެސް ކައިރީގައެވެ.ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ހަރަކާތް ވަނީ ވަރަށް ފުރިހަމަ ކަމާއެކު ނިންމާލެވިފައެވެ.
ލ.ގަމުގެ މަގުތަކަށް އަދި ދަނޑު ތަކަށް ފެތުރިފައިވާ މި ފިނިހަށްތައް ނެގުމަށް ފަހު ނައްތާލުމުގެ ގޮތުން ވަނީ މޫދަށް އަޅާފައެވެ.މިކަން މިގޮތަށް ކުރުމުގެ ސަބަބުން ފިނިހަށްތައް މަރުވާކަމަށް ކަމުގެ މާހިރުން ވަނީ އިރުޝާދު ދެއްވާފައެވެ. މިޕުރަގުރާމްގެ ސަބަބުން ފިނިހަށް އެއްކޮށް ނައްތާނުލެވުނު ނަމަވެސް މިއީ އެކަމަށް އެޅުނު ބިންގަލެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. ފިނިހަށް އެއްކޮށް ނައަތާލުމަށް އަދި ކުރިޔަށްއޮތް ދުވަސްތަކުގައި ގަމުގެ ސަރުކާރު މުއައްސަސާތަކާއި އާންމުން ގުޅިގެން ޕްރޮގުރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.


ަހުރަ ގޮފިން އިންތިޒާމް ކޮށްގެން ހިންގި މިހަރަކާތް ވެގެން ގޮސްފައިވަނީ ލ.ގަމުގެ ގިނަ އަދަދެއްގެ ރައްޔަތުންގެ ފަރާތުން ވަރަށް ތަރުހީބު ލިބެނިވި ކަމަކަށެވެ.