ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އެމް.އެން.ޔޫ ގަން ކެމްޕަހުގައި ޤާއިމުކޮށްފައިވާ ގޮފި، އަހުރައިގެ އައު ހިންގާ ކޮމިޓީ އިފްތިތާހުކޮށްފިއެވެ.
މިކަމަށް ޚާއްސަކޮށް ގަން ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހިންގާ ކޮމިޓީ އިފްތިތާހުކުރީ މާރިޗު 12 ވީ އާދިއްތަދުވަހެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ގަން ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ މުޙައްމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަހުރައިގެ އައު ރައީސް ފާހަގަކުރެއްވި ގޮތުގައި މިފަހަރު އަހުރައިގެ އަމާޒަކީ 2018 ވަނަ އަހަރެކޭ އެއްފަދައިން ކެމްޕަސް ގޮފިތަކުގެ އެންމެ ހަރަކާތްތެރި ގޮފީގެ އިނާމު ހާސިލުކުރުމެވެ.
މިފަހަރު މި އިފްތިތާހު ކުރެވުނީ އަހުރައިގެ 6 ވަނަ ދައުރެވެ. އަހުރަ އުފެދިފައިވަނީ 2017 ވަނަ އަހަރެވެ.